މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން، މެއި 27ން ޖޫން 9ށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މިޓްރެފިކް އޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ  އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި،  އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  ބަލައިފައިވާ މިއޮޕަރޭޝަންގައި، 409 އުޅަނދު ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވެގެން 20 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު