(ހއ. އިހަވަންދޫ) އިހަވަންދޫގެ ބަނދަރު މަތިން ފެންނަނީ އެމްޑީޕީގެ ރަން ރީނދޫ ދިދަތަކެވެ. ޕީޕީއެމްގެ ދިދަތައް ފެންނަން ފަށަނީ ރަށުގެ އެތެރެއަށް ކޮންމެ ވެސް ވަރަކަށް ޖެހިލުމުންނެވެ. މިދިޔަ ތިން އިންތިޚާބުގައި ވެސް އިހަވަންދޫއިން ނަތީޖާ ނެރެދިނީ ވެސް އެމްޑީޕީއަށެވެ. އެމްޑީޕީއަށް އިހަވަންދޫގެ މަސްވެރި އަދި މަސައްކަތްތެރި ރައްޔިތުން އުއްމީދު ކުރީ ވަރަށް ވެސް ބޮޑަށެވެ. މިއީ އެ ޕާޓީއަށް ތާއީދު ބޮޑު ރަށެކޭ ބުނާ އަޑު ވެސް އިވުނެވެ.

އިހަވަންދޫގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އިހަވަންދޫއިން ބޮޑު ތާއީދެއް ލިބިގެން އައިސް އޮތް އެމްޑީޕީ ހިމެނޭ ސަރުކާރެކެވެ. އެކަމަކު ވޭތުވެޔަ އަހަރުތަކުގައި ނަތީޖާއެއް ނުފެނުނެވެ. "ވަގުތު ހޭރިޔާ" އިން އިހަވަންދޫއަށް ކުރި ދަތުރުގައި ރަށުގެ ރައްޔިތުންގެ ޝުއޫރުތަކަށް ބަދަލެއް އައިސްފައިވާ ކަން ފާހަގަކޮށްލެވުނެވެ. ގިނަ ބަޔަކު ތިބީ އެމްޑީޕީއާ މެދު މާޔޫސްވެފައެވެ.

"އަޅުގަނޑުމެން މަސްވެރިން މިއީ، އަޅުގަނޑުމެން ވިއްކާ މަހަށް އަގު ކަނޑައެޅިއިރު މި އޮތީ ބާޒާރުގެ އާންމު އަގަށް ވުރެ ތިރިވެފަ، އެ އަގު ވިއްކަން ފެށީ، މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދޭ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މި ސަރުކާރަށް އާނ ބަސް ބުނީ ވެސް ހެޔޮ ބަދަލަކަށް، ދެން އެމްޑީޕީއަކަށް މިއިން މަދު މަސްވެރިޔަކު ނޫނީ ވޯޓެއް ނުދޭނެ،" ރަށުން ދިމާވި މަސްވެރި މީހަކު ބުންޏެވެ.

"ވަގުތު ހޭރިޔާ" އިން އިހަވަންދޫގައި ކުރިއަށް ގެންދިޔަ "ކައުންސިލް އިންތިޚާބުގެ ދިރާސާ" ގައި 653 މީހުން ބައިވެރިވިއެވެ. އިހަވަންދޫގެ 2،305 ރަށްވެއްސަކަށް މާދަމާ ބާއްވާ ކައުންސިލް އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާއިރު އެ އާބާދީގެ 28 އިންސައްތަ މީހުން ވަނީ މި ދިރާސާގައި ބައިވެރިވެފައެވެ. މީގެ ތެރެއިން 1،740 މީހަކު ރަށުގައި ހުރި ފޮށިތަކަށް ރަޖިސްޓްރީވެފައިވާއިރު އޭގެ 37 އިންސައްތަ މީހުން ވަނީ ބައިވެރިވެފައެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދުގައި ސިޔާސީ ޕާޓީތަކުގެ ދިދަތައް ޖަހަނީ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކޮންމެ އުމުރުފުރާއެއްގެ ވެސް ގިނަ ބަޔެއްގެ ތާއީދު ޕީޕީއެމްއަށް

އަލަށް ވޯޓްލާ އާބާދީގެ ތެރެއިން އިހަވަންދޫގެ ދިރާސާގައި ބައިވެރިވީ 23 ޒުވާނެކެވެ. މިއީ 17 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާގެ ޒުވާނުންނެވެ.

މި ޒުވާނުންގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި، އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ ހަ މީހެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 12 މީހަކު ބުނެފައިވެއެވެ. ވޯޓް ނުލާނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ހަތް މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 12 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ.

މި ރަށުގައި ކުރިއަށް ދިޔަ ދިރާސާގައި 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގެ 129 ޒުވާނަކު ބައިވެރިވިއެވެ.

މި އުމުރުފުރާގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 35 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 75 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ހަ މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނިންމާފައި ނުވާ ކަމަށް 11 މީހަކު ބުުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 40 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 68 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ހަ މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނިންމާފައި ނުވާ ކަމަށް 13 މީހަކު ބުުނެފައިވެއެވެ.

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގެ 445 މީހަކު ބައިވެރިވިއެވެ.

މި އުމުރުފުރާގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 160 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 230 މީހެކެވެ. ވޯޓް ނުލާނެ ކަމަށް 11 މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް 12 މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 11 މީހަކު ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 154 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 232 މީހެކެވެ. ވޯޓް ނުލާނެ ކަމަށް 11 މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ނުވަ މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 39 މީހަކު ބުނެފައިވެއެވެ.

އުމުރުން 65 އަހަރުން މަތީގެ 56 މީހަކު ބައިވެރިވިއެވެ.

މި އުމުރުފުރާގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 20 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 31 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެކަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 20 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 31 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެކަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ.

ރަށު ކައުންސިލްގައި ދެ ޕާޓީއަށް ވޯޓް ދޭނެ މީހުން ގިނަ

އިހަވަންދޫ ރަށު ކައުންސިލަށް ހަތް މެންބަރަކު އިންތިޚާބު ކުރާނެއެވެ. ކައުންސިލްގެ ރައީސް އިންތިޚާބު ކުރާނީ މުޅި ރަށު ރައްޔިތުން ލާ ވޯޓަކުންނެވެ. އޭގެ އިތުރަށް ކައުންސިލަށް ހަ މެންބަރަކު އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ތިން ގޮނޑި ހިމެނެއެވެ. މި ހަ ގޮނޑިއަށް ވޯޓް ދޭއިރުގައި އެއް ޕާޓީއަށް ވުރެ ގިނައިން ވެސް ވޯޓު ދިނުމުގެ އިޚްތިޔާރު ވޯޓްލާ ފަރާތަށް ލިބޭނެއެވެ.

މި ގޮތުން އިހަވަންދޫއިން "ވަގުތު ހޭރިޔާ" ދިރާސާގައި ބައިވެރިވި 653 މީހުންގެ ތެރެއިން 68 މީހަކު ބުނެފައިވަނީ ރަށު ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވެސް ވޯޓް ދޭނެ ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ ގާތްގަނޑަކަށް 10.4 އިންސައްތައެވެ. ވޯޓްލާ އާބާދީގެ ތެރެއިން ވޯޓްލާން ނުކުންނަ މީހުންގެ ތެރޭގައި މި އިންސައްތަ މިއަށް ވުރެ ވެސް އިތުރު ވެދާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވެސް ވޯޓް ދޭނެ ކަމަށް ބުނެފައިވާ މީހުންގެ ތެރޭގައި ގިނައީ 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރު ފުރާގެ މީހުނެވެ. މި އުމުރު ފުރާގެ 48 މީހަކު ވަނީ ދެ ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. 65 އަހަރުން މަތީގެ ފަސް މީހަކު ވެސް ވަނީ ދެ ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގެ 12 މީހަކު މި ގޮތަށް ވޯޓް ދޭނެ ކަމަށް ބުންޏެވެ. އަލަށް ވޯޓްލާ އުމުރުފުރާގެ އެއްވެސް ދެ ޒުވާނަކު ވެސް ދެ ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވެއެވެ.

އިހަވަންދޫގައި ވަގުތު ހޭރިޔާއިން ދިރާސާ ކުރަމުން ދަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހޭރިޔާ ދިރާސާގެ ޖުމުލަ ނަތީޖާ

ރަށު ކައުންސިލްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 270 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 37 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 385 މީހުންނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 53 އިންސައްތައެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އަދި އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ހަ މީހަކު ބުންޏެވެ. އެއީ އެއް އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް 18 މީހަކު ބުންޏެވެ. އެއީ ދެ އިންސައްތައެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 42 މީހަކު ބުނެފައިވާއިރު އެއީ ހަ އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ 11 މީހަކު ތިބިއިރު، އެއީ އެއް އިންސައްތައެވެ.

ރަށު ކައުންސިލްގެ ރައީސްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 221 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 34 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 349 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 53 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ 47 މީހަކު ތިބިއިރު އެއީ ހަތް އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް 21 މީހަކު ބުނެފައިވާއިރު އެއީ ތިން އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ 15 މީހަކު ތިއްބެވެ. އެއީ ދެ އިންސައްތައެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 222 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 33 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 343 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 53 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ 55 މީހަކު ތިބިއިރު އެއީ އަށް އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް 21 މީހަކު ބުނެފައިވާއިރު އެއީ ތިން އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ 12 މީހަކު ތިއްބެވެ. އެއީ ދެ އިންސައްތައެވެ.

އެއްވެސް ސަރުކާރެއް ކަމުދޭ ތަ؟

އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ބެލި ނަމަވެސް މާ ގިނަ އިޚްތިޔާރުތަކެއް އޮތް ކަމަކަށް ނުބެލެވެއެވެ. އަމިއްލަ އަދި އެހެން ޕާޓީއެއްގެ މަދު ކެންޑިޑޭޓުން ތިއްބަސް ގިނައީ އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. ސަޕޯޓް ވެސް އޮތީ އެމްޑީޕީއާއި ޕީޕީއެމްއާ ދެމެދު އެކަނި ކަމަށް ވުމުން ވެފައިވާ ގޮތަކަށް ވެސް ބެލެވެއެވެ. އެހެންކަމުން "ވަގުތު ހޭރިޔާ" ގެ އިންތިޚާބީ މި ދިރާސާގައި ސަރުކާރުތަކާ މެދު ދެކޭ ގޮތެއް ވެސް ބަލާލީމެވެ.

ދިރާސާގައި ބައިވެރިވި 653 މީހުންގެ ތެރެއިން 198 މީހަކު ވަނީ މި ސަރުކާރު ކަމުދާ ކަމަށް ބުނެފައެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 30 އިންސައްތައެވެ. ކުރީގެ ސަރުކާރު ކަމުދާ ކަމަށް 310 މީހަކު ބުނެފައިވާއިރު އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 47 އިންސައްތައެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 72 މީހަކު ބުނިއިރު އެއީ 11 އިންސައްތައެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް 73 މީހަކު ބުނިއިރު އެއީ 11 އިންސައްތައެވެ.

މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މި ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

މި ދިރާސާގައި ބައިވެރިވި 229 މީހަކު މި ސަރުކާރަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. އެއީ 35 އިންސައްތައެވެ. ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ބުނެފައިވަނީ 369 މީހެކެވެ. އެއީ 57 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް ނިންމާނީ އެ ވަގުތެއް އައިސް ޖެހުމުން ކަމަށް 55 މީހަކު ބުނެފައިވެއެވެ. އެއީ އަށް އިންސައްތައެވެ.

ވަގުތު ހޭރިޔާ" އިން ކުރި ދިރާސާގައި ބައިވެރިވީ ވޯޓްލާ އާބާދީގެ ގާތްގަނޑަކަށް 28 އިންސައްތަ މީހުން ކަމުގައިވީއިރު، ދިރާސާގައި ބައިވެރިނުވާ މި އާބާދީގެ 72 އިންސައްތަ މީހުންގެ ވޯޓް އަންނަ ގޮތުން މި ނަތީޖާއަށް ބަދަލެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މާލޭގައި ހުންނަ އިހަަވަންދޫ ރައްޔިތުން ވޯޓް ލާ ފޮށީީގެ ނަތީޖާއިން ވެސް މި ނަތީޖާ ހަމަ ބަދަލުވެދާނެއެވެ. މި އިންތިޚާބުގައި އެކި ރަށްރަށުގެ ފޮށިތަކުގައި ވެސް އިހަވަންދޫ ރައްޔިތުން ވޯޓް ލާނެ ކަމަށް ބެލެވެއެވެ. އެހެން ވިޔަސް މި ވާދަވެރި ރޭހުގައި އިހަވަންދޫގެ މަލަމަތިން ފެންނަނީ އެމްޑީޕީއާ މެދު މާޔޫސްވެ ޕީޕީއެމްއަށް ފުރުސަތެއް ދޭން ތިބި މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢައްޑު

    ނަޝީދު އަަށް ފެންނަނީ މާލެއިން އައްޑޫމި ހުން އައްޑަ މީ ހުން ކޮޅު އައްޑުއަށްގޮސް ބޯކާލާ ކހުޅުދުއްފުށްޓަށް ރައީސް ޔާމީން އެޅި އެއަރޕޯޓުން އަޜާ ނާޗަރަންގީ ޖަ ހާލާފަ މާލެ ދެތިންރައްޔިތަކު ސިޓީކައުންސިލުގެ ނުފޫޒުން ވާވައްދާގެން ވޯޓު ހޯދާނެ. ޢޭރުން ޤައުމު އަތުލެވުނީ. ޢެ ހެން ރައްޔިތުން އެއީ ބައެއްނޫން.. އި ހަވަންދޫ ކުދންަނަށް މިނަޝީދު ދަ ހެއްނުވާނެ.

    6
    1
  2. ބަލަގަ

    ކުރިން އަސުރުމާއިން އެއްވެސްކަމެއް ކޮއްދިންތަ. ތިހުރިހާ ޕާޓީތައްވެސް ހަމައެއްގޮތް.

    3
    8
  3. އިހަވަންދޫ ކުއްޖެއް

    ވަގުތު މީހުން ހެދި ސާވޭ އެއް ދުވަހަކުވެސް ދިމާވިބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    3
    1
  4. ގިމަތަ އަލީ

    ލޮލް... ހުސް ސަޓަންޓް ޕްރޮޖެކްޓްތައް ގެންނަން. ތީ ހަމަ އެމް.ޑީ.ޕީ ރަށެއް. މަސްފެކްޓްރީ އާ އަިސްޕްލާންޓާ އަވަހަށްދީ. ކުރިން މުޒާހަރާވެސް ކުރި ސަމާލުކަން ހޯދަން.