"ޒުވާން މަސްވެރިޔާ" ނަމުގައި މީސް މީޑިއާގައި ހަރަކާތްތެރިވާ ދިވެހި ޒުވާން މަސްވެރިއެއް ކަމަށްވާ ހަސަން ސާޖިންގެ ވީޑިއޯއަކަށް 39 މިލިއަން ވިއުސް ލިބުމުން އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ބީ ޓެޕްލިޓްޒް ތައުރީފު ކުރައްވައިފިއެވެ.
ސާޖިންގެ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ސަފީރު ޓެޕްލިޓްޒް ވިދާޅުވީ ދެމެހެއްޓެނިވި މަސްވެރިކަން ދިވެހި މަސްވެރިން ކުރާ މަންޒަރު ފެންނަ ވީޑިއޯ 39 މިލިއަން ވިއުސް ލިބުމުން ސާޖިންއަށް މަރުހަބާ ކިޔާ ކަމަށެވެ. ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުން އެއީ ރާއްޖެ އާއި އެމެރިކާ އިން ވެސް އެންމެ އިސްކަންދޭ ކަންތައް ކަމަށް ސަފީރު ޓެޕްލިޓްޒް ވިދާޅުވިއެވެ.
ސާޖިންގެ ވީޑިއޯ އަށް 39 މިލިއަން ވިއުސް ލިބުނީ ފެބްރުއަރީ މަހުއެވެ. ނަމަވެސް ސަފީރު އެކަން ފާހަގަކޮށް ޓްވީޓެއް ކުރެއްވީ މިއަދު ހެނދުނުއެވެ.
Congratulations to @ZuvaanMasveriya for reaching 39 million viewers with his video about #sustainable fishing techniques practiced by Maldivian #fishermen. The responsible management of our oceans’ precious resources is a top priority for both #Maldives and the U.S. https://t.co/q0HDxOk3Zh
— Ambassador Julie Chung (@USAmbSL) April 9, 2021
ސާޖިންގެ ވީޑިއޯތަކާއި ފޮޓޯތަކަށް ދިވެހިންނާއި، ރާއްޖެ އިން ބޭރުގެ ގިނަ ބައެއްގެ ސަމާލުކަން ވެސް ވަރަށް ގިނައިން ލިބެއެވެ. އޭނާގެ ބައެއް ވީޑިއޯތައް ދުނިޔޭގެ ނަން މަޝްހޫރު ބައެއް މީޑިއާތަކުން ވެސް މީގެ ކުރިން ގެނެސްދީފައި ވެއެވެ.
ސާޖިން އަކީ ޒުވާނުން މަސްވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރުދީ މަސްވެރިކަން ޕްރޮމޯޓް ކުރަމުން އަންނަ ޒުވާނެކެވެ. މަސްވެރިކަމަކީ ކަޓު މަސައްކަތެއް ކަމަށް ދިވެހިން ދެކޭދެކުން ބަދަލު ކުރުމަށް އޭނާ ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ތިޔައީ ބަތަލުންނަކީ!!!
ދެއްކުންތެރިކަން ނޫން އެހެން ކަމެއް އެބައޮތްތަ "ޒުވާން މަސްވެރިޔާގެ"!
ޝުކުރިއްޔާ ސަފީރު