2050 ވަނަ އަހަރު އަންނައިރު ކަނޑުގެ ލޮނުގަނޑު އުފުލިފައި އޮންނަ މިންވަރަށް ބަލާއިރު ރާއްޖޭގެ ގިނަ ރަށްތަކުގައި ފެން ބޮޑުވުމުގެ ހާދިސާ ހިނގުން އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއް ފަޅުވެގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ޖައްސީ އިދާރާ ނާސާ އިން ބުނެފިއެވެ.

ނާސާގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ކަނޑުގެ ލޮނުގަނޑު އަހަރަކު ތިނެއް ނުވަތަ ހަތަރެއް މިލިމީޓަރަށް އުފުލެމުންދާ ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްތަކަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެއްމީޓަރު ވެސް އުސް ނޫން ރަށްތައް ކަން ފާހަގަކޮށް ނާސާ އިން ބުނީ 2050 ވަނަ އަހަރު އަންނައިރު އުދަ އެރުމުގެ ހާދިސާތައް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ކުރިމަތިވާނެ ކަމަށެވެ.

ނާސާގެ ރިޕޯޓްގައި ވަނީ 1997 ވަނަ އަހަރު މާލޭ ސަރަހައްދު އޮތް ގޮތާއި 2020 ވަނަ އަހަރު މާލެ ސަރަހައްދު އޮތް ގޮތާއި އަޅައި ކިޔާފައެވެ.

"އުދައެރުމުގެ ހާދިސާތައް ރާއްޖޭގައި ގިނައިން ހިނގުމުގެ އިތުރުން ރަށްރަށުގެ މީރު ފެން ފަށަލަ ހަލާކުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ." ނާސާ އިން ބުންޏެވެ.

ނާސާ އިން ބުނީ 2100 ވަނަ އަހަރު އަންނައިރު މިހާރު ކަނޑުގެ ލޮނުގަނޑު ހުރިވަރަށްވުރެ އިތުރަށް ދޮޅުފޫޓް ވަރު އުފުލޭނެ ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރަށް ބަލައިގެން ރާއްޖެ އިން އެކަމަށް ތައްޔާރުވަމުންދާކަން ވެސް ނާސާ އިން ފާހަގަ ކޮށްފައި ވެއެވެ. ނާސާ އިން ވަނީ ހުޅުމާލެ ތަރައްގީ ކުރިއިރު ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދީފައިވާކަން ވެސް ފަހަގަ ކޮށްފައެވެ.

"ހުޅުމާލެ ހިއްކާފައި ވަނީ ގާތްގަނޑަކަށް ކަނޑުގެ ލޮނުގަނޑަށްވުރެ ދެމީޓަރު އުސްވާނެ ގޮތަކަށެވެ. މިއީ ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅެކެވެ." ނާސާގެ ލިޔުމުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދުންމަރި

  ކަލޭމެން ތިހެން ކިޔާތާ އެތައް އަހަރެއްވީ ކަނޑުގެ ލޮނުގަނޑު އުަފުލޭވަރަށް ފަސްގނޑުވެސް ދަނީ އުފުލެމުން ގިނަ ރަށްތަކުގެ ފަސްގަނޑު އުފުލޭ.

  16
  3
 2. ޢަލިބެ

  ﷲ ނެތިކުރައްވަންވީމަ ލޮނުގަނޑު އުފުލުން ފެންހިނދުން ކޮންމެހެން ބޭނުމެއްނުވާނެ. ލޮނުގަނޑު އުފުލިގެން ގެއްލުން ނުލިބޭތަންތަނަށް ކުރިމަތިވާނީ އެހެން ކޮންމެވެސްކަމެއް.

  22
 3. މާމިގިލީ މީހާ

  ބޯގޮވި ނާސާތީ.

  14
  2
 4. ......

  ހަލާކުވެދާނެ ގައުމެއްގެ ބޭނުމުގަ އެމެރިކާއިން މާ ވަރަކަށް ދެން އުޅެނީ ކީއްވެޔޯ....

  17
  2
 5. ހުސޭނުބޭ

  ކަލޯމެން މި ސުވާލަށް ޖަވާބުދީބަލަ! އެމެރިކާ މީހުންނަށް އޭލިއަނުން ފެނިފައި ރާއްޖޭ މީހުންނަށް އޭލިއަނުން މި ނުފެންނަނީ ކީއްވެ؟

  14
  1
  • ހުސޭނުބެއަށް

   އެމެރިކާގަވެސް އޭލިއަނުން ފެންނަކަމަށް އެމީހުން ރަސްމީކޮށް ނުބަލާ. އެހެންވީމަ އެހެން ގައުމަކުންވެސް ނުފެންނާނެ. އެގައުމުގެ އެހެން މީހުން ބުނަނީ އޭލިއަނުން ފެންނަ ވާހަކަ. ސަރުކާރުން އަބަދުވެސް އެކަން ދޮގުކުރަނީ.

   2
   1
 6. ފަތުހުﷲ 11-7

  ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަގާ ނުވަތަ މުރަކަ އަހަރަކު 8މި ލިމީޓަރަށް ބޮނޑު ވެއެވެ.އދި ފރުތަކުގައި ހުނަނަ ގުރަވިޓީ ފޯސްގެސަވަބުން ބިޔަރާޅު ކޮންޓުރޯ ލް ކޮށް އޭގެ ބާރު ކަނޑުވާކަން ނާސާއަށް ނޭގޭކަމަށްޓަކާ ހިތާމަކުރަން

  3
  1
 7. ކަނޑާބެހޭ އިދާރާ

  ޖައްވީ ދިރާސާތައްކުރާތަނަކުން ކަނޑުގެ ލޮނުގަނޑާބެހޭ ދިރާސާއެއްކުރީމަ އެހާ ހަމަޖެހޭކަމަކަށްނުވެ, ތިމީހުންގެ އިންޓެންޝަނަކީ ރާއްޖެޔާމެދު މީހުނަށް ބިރުވެރިކަން އުފެއްދުންކަމަށް ބެލެވޭ

  1
  1
 8. އޭބީ

  ރަށްރަށުގެ ވަށައިގެން އޮންނަ ފަރުތައް އުފެދޭ އުސްމިން ބިނާވެފައި އޮންނަނީ ލޮނުގަނޑުގެ އުސްމިނުގެ މައްޗަށެވެ. އެހެންކަމުން ލޮނުގަނޑު އުސްވަމުންދާވަރަކަށް ފަރުތަށްވެސް އިތުރަށް ނުހެދޭންވީ ސަބަބެއް އެބައޮތްހެއްޔެވެ. ފަރުތައް މައްޗަށް އުފުލޭނަމަ ބިންގަނޑުވެސް އުސްވަމުންދިއުމަކީ ވެދާނެ ކަމެކެވެ