ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިފަހަރުގެ އިންތިހާބުގައި އެމްޑީޕީ ބޮޑު ތަނުން ބަލި ކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އަދުރޭ އެގޮތަށް ވިދާޅުވީ، އެމްޑީޕީން ހަތަރު ސިޓީގެ މޭޔަރު ކަމުގެ އިތުރުން 1،000 ގޮނޑި އަންނަ ލޯކަލް ކައުންސިލް އިންތިހާުގައި ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ނަޝީދަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅަކީ ބިރު ދެއްކުމުގެ ގޮތުންނާއި އިދިކޮޅު މެންބަރުން މާޔޫސްކޮށްލުމުގެ ގޮތުން ދައްްކާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިންތިހާބުގައި އެމްޑީޕީ ބަލިކޮށް ބޮޑު ތަފާތަކުން ކުރި ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންސާފުވެރި އިންތިހާބެއް މި ގައުމުގައި ބޭއްވިއްޖެ ނަމަ، ބޮޑު ތަނުން އެމްޑީޕީ ބަލިކުރާނަން. ދިވެހި ރައްޔިތުންނަށް އެބަ އެނގޭ ދިވެހި ރައްޔިތުން އުޅޭ ހާލު. ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނޭނގުނަސް ރައްޔިތުންނަށް އެބަ އެނގޭ ރައްޔިތުންގެ ހާލު. ރައްޔިތުންނަށް މިއަދު އެބަ އެނގޭ ތިބީ ކިހާ ނިކަމެތި ހާލެއްގައިކަން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދެއްްވި ތަރައްގީ ހުއްޓިއްޖެކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭ ކަމަށާއި، އެކަން ނޭނގިގެން އުޅެނީ އެމްޑީޕީއަށް ކަމަށެވެ. އަދުރޭ ވިދާޅުވީ އެމްޑީޕީ މީހުންނަކީ ގޮތެއް ފޮތެއް އަހުލާގެ އަދި ސުލޫކެއް ނެތް ބައެއް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ފޯރިއާއެކު ކެމްޕެއިން ކުރަމުން އަންނަ އިރު މިއަދު އިރުއޮއްސި ހައެއްގެ ފަހުން ކެމްޕޭނާ ގުޅުންހުރި އެއްވެސް ހަަރަކާތެެއް ހިންގުން މަނާވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސައްތާރުބޭ

    އަދުރޭ ދޮނުވާލަންވީ ޖޭޕީ އަށް ނޫނީ ކޮންމެސް އެހެން ޕާޓީއަކައް، އަދުރޭގެ ސަބަބުން އޮންނަ ތާއީދުވެސް ގެއްލޭތަން އާދޭ

    18
    10
  2. އަލްޖިބްރާ

    ކަލޭ ޤަބޫލު ކުރާ އިންސާފުވެރި އިންތިޚާބެއް މިޤައުމުގައި ނުބޭއްވޭނެ ! އެގޮތަކީ 20ގުނަ5ވީމަ ދެލައްކަ ޖަވާބަކަށް އަންނާތީ !

    13
    12
  3. ގަގކތާ

    1000ވަގުންގެ ގޮޑި

    3
    5
  4. ޕީޕީއެމް ވެކްސިން

    އަދުރޭ މަސްތު ފިލާ ހަމަ ބުއްދިވެހުރެ ތިޖަހާ ހިސާބު ޖަހަލަބަލަ !

    4
    8
  5. ދޮންކެޔޮ ބުރޯ

    ނަސީބެއްނުން މެތުސް ޓީޗާރ ބޮޑުތަނުން ވައްކަންކުރާނަމޭ ނުބުނިކަން، މިފަދަ އަޙުލާޤް ފެންވަރުދައް މީހުންގެފަހަތުގަވެސް މަދުބަޔަކު އުލޭކަމީ ހައިރާންވާކަމެއް، މަންމާފުޅު އަދުރޭއަކީ ލައިވް ޓީވީގަ އަވަގުރާނަ ގޮވާފަ މަޖިލިސްތެރޭގަވެސް ރޯއަވަގުރާނަގޮވާފަހުރި މީހެއް، މިފަދަމީހުން ޕާޓީތަކުގެ އިސްސަފުގަ ހުރުމަކީ ޕާޓީތަކަށް ތާއީދުކުރާ ތައުލީމީ، ދީނީ، އަހުލާޣްތަނގަޅު ބޭފުޅުން ޕާޓީއާދުރައްދާ ސަބަބެއް

    6
    10
  6. ނަޝީދު

    ސާބަހޭ އަދުރޭ އިންޝާﷲ މި އިންތިހާބް ބޮޑުތަނުން އިދިކޮޅު ކޯލިޝަން އިން ނަގާނެ...

    16
    8
  7. ސލ

    އަދުރޭ އެވިދާޅުވި ބަސްފުޅަށް ދާއީދު ކުރަމެވެ
    ސައްކެއްނެތް ގޮތުގައި ޕޕމ ލޯކަލް ކައުންސިލްތައް
    އަތުލާނެއެވެ. ކަށަވަރު!

    16
    5
  8. ޖ

    ހެޔޮނުވާނެ ގަދަބަސްނުބުނެބަލަ ކޮންނެ ފަހަރަކުވެސް ބުނެބަލަ ﷲ އިރާދަ ކުރެއްވިއްޔާއޭ. ތިކަހަލަ ފީކަޅާ މީހުންގެ ސބަބުން ޕޕމ ބަލިވަނީ

    2
    1
  9. އަލާ

    މިގައުމުގަހުރި އެންމެ ހަޔާކުޑަ މީހާގެފަހަތގަވެސް ބަޔަކު އެބަތިބި ދެން އަދުރޭގެ ފަހަތުގަ މީހުން ނުތިބޭންވީ ކީއްވެ

    3
    1