ރަށްރަށަށް ދަތުރު ކުރާ ދަތުރުވެރިން އުފުލާ ތަކުލީފުތަކާއި އުނދަގޫތައް އިހުސާސް ކުރެވުނު ހަމަ އެކަނި ރައީސަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ސައްލެމިހެންް ވިދާޅުވެފައިވަނީ ހޯރަފުށީގައި ހައި-ސްޕީޑް ފެރީ ހިދުމަތް ފެށުމަށް ޓަރމިނަލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ބައިވެރިވެފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ، ރަށްތަކަށް އަރައިފާބާ އަދަދު އެއްވެސް މީހަކަށް ދަންނަވަން ނޭނގޭނެ ކަމަށާއި މިހާތަނަށް ދަތުރުވެރިން އުފުލި ބުރަތައް ނުފެންނަ އެއްވެސް ސަރުކާރެއް އައިސްފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އެކަމަށް މިއަދާއި ހަމައަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ރައީސް އަށް އެކަން ފެނި އެކަމަށް ހައްލު ގެންނަވާ ކަމަށް ސައްލެވަނީ ވިދާޅުވެފައެވެ.

އެގޮތުން ބޮޑުތިލަދުންމަތިން ފެނިގެންދާ ބޮޑު މަޝްރުއުގައި 40 ރަށެއްގައި ފެރީ ޓާމިނަލް އެޅިގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން އެއަތޮޅުގައި ދަތުރު ކުރާ ފަރާތްތަކަށް ހިޔާވަހިކަން ލިބިގެންދާނެ ކަމަށް ސައްލެ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދިގު މުއްދަތުގައި އުފުލި ދަތިތަކާއި އުނދަގޫތައް މުޅިން ފިލައިގެން ގޮސް ހިިތްގައިމު ދަތުރަކަށް އެ ދަތުރުތައް ވެގެންދާނެ'' ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ، މި ސަރުކާރަކީ އެއީ ހަމަ އެކަނި މަޝްރޫއެއްގެ ބިންގާ އަޅާ ބައެއް ނޫންކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފެންނަން އެބަ ހުރި ކަމަށެވެ. އަދި އެ ރައްޔިތުންގެ ބޭނުންތަކަށް ރައީސް ދެއްވާ ސަމާލު ކަމަށާއި ސަރުކާރުން ބަހައްޓަވާ އަހައްމިއްޔަތު ކަމަށް ސައްލެ ވަނީ ސަރުކާރަށާއި ރައީސްއަށް ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސާ

    ޖޯކެއް.

  2. ސައްލި

    އަމައްޔާއި..

  3. މައު

    ހިޔަނިސޯލިހު އޮތީ ނިދިފަ ނުހޭލާ 5 އަހަރުފަހުން ޢޭނަ ހޭލާނީ. މަހީހީހަލާކު

  4. ކުރިސް

    ސިވިލް ސާވެންޓުުންވެސް ދެއްތޯ؟ އަދި އަނގައިން ނުބުންނަންޔާ، ކީކޭ؟

  5. ޖުއްލަ

    ވަކިން ހާއްސަކޮށް ދަތުރުވެރިންގެ ތެރެއިން ސިވިލް ސާވެންޓުން