ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ ސަސްޕެންޝަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އުވާލައިފިއެވެ.

މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އަލީ ހުސެއިން ސަސްޕެންޑްކުރީ ކޯޓުގެ ނިންމުންތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވައި، އެކަމަށް ހިތްވަރު ދޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލައާ ގުޅިގެންނެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އަލީ ހުސެއިންގެ ސަސްޕެންޝަން އުވާލީ ބަލަމުންދިޔަ މައްސަލަ ބަލައި ނިމުމުން ކަމަށެވެ. އަދި މިއަދުން ފެށިގެން އަލީ ހުސެއިން އަކީ ރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތެއް ނޫން ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށްވެސް ޑީޖޭއޭ އިން ވިދާޅުވިއެވެ.

މިއީ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑްކުރި ދެވަނަ ފަހަރެވެ. އޭނާގެ ވަކީލު ކަމުގެ ހުއްދަ ދޮޅު އަހަރެއްހާ ދުވަސް ވަންދެން ކުރިން ހިފެހެއްޓިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައިލު

    ހޫން ކީއްވެ ހިމޭނުން ތިހުރީ ދޭ އެއްގޭ ދުމަށިމަތީން އަނެއްގޭ ފުރާޅުމަތިން ނުވަތަ ގޮނޑު ތޭރެއިން ގައިގަ ދެލި ހާކައިގެން. މޮޔަވޭ.