މާލޭ އަހުލުވެރި މަރުކަޒަކީ ޖަލެއް ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅައިފިއެވެ.

އެކަން އެ މިނިސްޓްރީ އިން އަންގާފައި ވަނީ މިއަދު ކުރި އިއުލާނެއްގައެވެ.

ހޯމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ވިދާޅުވީ މާލޭގައި ޤާއިމްކުރެވިފައިވާ "މާލެ އަހުލުވެރި މަރުކަޒު" އަކީ ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަލެއް ކަމަށް 06 ޖޫން 2018 ވަނަ ދުވަހު މިނިސްޓަރ އޮފް ހޯމްއެފެއާޒު ކަނޑައަޅުއްވާފައިވާތީ، އެކަން އާންމުކޮށް އަންގާާ އިއުލާނު ކުރާ ކަމަށެވެ.

'މާލެ އަހުލުވެރި މަރުކަޒު" ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރީޒަން

    މަގު ހަދާ ގައިދީންގެ ޖަލަކަށް ކުރީގެ ކުނިކޮށި ހަމަޖައްސައިފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މި ގައިދީން ނަކީ ބުރަ ކޮށް މަސައްކަތް ކޮށްގެން މަސައްކަތް ދަސް ކޮށްގެން މިގައިދީން ނަކީ ޖަލުން ނިކުންނައިރު އަމިއްލަ އަތުން ފައިން މަސައްކަތް ކުރަން ދަންނަ ބަޔަކަށް ވާނެ ކަން. އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިން ދެއަރ،....