މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދައި ދެއްވާނެ ކަމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ އެގޮތަށް ވިދާޅުވީ ހއ. ހޯރަފުށީގައި "ރަން ޒަމާނެއްގެ ރަށްވެހި ފަތިހަކަށް" ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ވަނީ ވާހާކަ ދައްކަވައިފައެވެ.
ސައްލެ ވިދާޅުވީ، ދަތި ދަނޑިވަޅުގައި އެ ރަށުގެ އެއާޕޯޓް ހަގީގަތަކަށް ހައްދަވައި ދެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮންނަ އިތުބާރު އެތަށް ގުނައެއް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
"އެ ހާލަތުގައި އެއާޕޯޓެއް އަޅައިދެއްވި ރައީސަކަށް ކީއްވެތޯ އައިސް ޕްލާންޓް އަޅައި ނުދެވެންވީ. ކީއްވެގެންތޯ ޒަމާނީ ފެރީ ޓާމިނަލް އެއް އަޅުއްވައި ނުދެއްވެންވީ. ކީއްވެގެންތޯ އަޅުގަނޑުމެންގެ ޓޫރިޒަމް ޒޯން ތަރައްގީ ނުކުރެވެންވީ. އަޅުގަނޑުމެން މި ކުރީ އުނދަގޫ ދަތި ދަނޑިވަޅެއްގައި ބުރަ މަސައްކަތެއް" ސައްލެ ވިދާޅުވިއެވެ.
މިކަމުން ޔަގީންކަން ލިބެނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ ހާލަތު ބަލައި ކަންކަން ރަނުން ރަނަށް ކޮށްދެއްވާނެ ކަން ކަމަށް ސައްލެ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ސައްލެ ވަނީ ރައީސް އަށާއި މި ސަރުކާރަށް އެކި ގޮތްގޮތުން ތައުރީފް ކުރައްވައިފައެވެ.
ފޭސް ލެސް މޭން.ނޯ ވޯޓު ފޮ ޔޫ.
ސައްލެ ދޮގުނުހާދާ! ކޮބާ އުފަންވާ ކުދިންނަށް ދޭންބުނި ހަދިޔާ ފޮށި، ކޮބާ މަސްފެކުޓަރީ،ކޮބާ މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރާލުން، ކޮބާ ދެއަހަރުގެ ބަޖެޓް 65 ބިލިޔަން ރުފިޔާ، 35 ރަށުގެ ނަރުދަމާއާއި،މީރުފެން ކޮބާ ޖުޑިސަރީއަށް ސިޔާސީ ނުފޫޒު ނުވައްދާނަމޭ ބުނެ ވީ ވަޢުދު އެންޑީޕީއަކީ ރައްޔިތުން ހައލައިގެން ރައްޔިތުންނަށް ދެރަދޭންއުޅޭބައެއް! ސައްލެއަށް މިވަރުން ފުދޭނެ ކަމަށް ހީކުރަން!
ސަލްލެ ދޮގުނަހަދާ
މޮޔަވާން ފެށީދޯ މިހާރު؟ ތީ ގޮއްރީންދޫ ހުމުގެ ވައްތަރެކޭ!!!!
ސިވިލް ސާރވިސް މުއައްޒަފުން ހަދަންވީގޮތުގެ ވާހަކަވެސް؟
ރަނަށް ކަންތައް ކުރަންޏާ ފުރަތަމަ ތިނަގާ ބޮޑުމުސާރައިން 20،000 ރުފިޔާ ނަގާފައި ބާކީބައި ރައްޔިތުންނަށް ދޫކޮށްލަންވީ. މާސްޓާރސް ޑިގްރީ ނެގީމަ މުސާރަ އާއި ޢިނާޔަތާއި އެއްކޮށް ގިނަ މީހުނަށް ލިބެނީ 20،000 އަށްވުރެ ދަށުން. ޑިގްރީއެއް އޮތުމުން 12،000 - 15،000 ވަރުލިބެނީ. ޕޯޑިއަމެއްގައި ކުޑަކޮށް އަޑުގަދަކޮށްލާއިރަށް 85،000 . ތަންކޮޅެއްބޮޑުވަރު!
ކަލޭމެންގެ ބިރަކާނުލާ މަޖާކުރާ ލީދަރު ބުނީ ވެރިކަމާ މަޖިލުސް ދިނީމަވެސް ނުވިޔޭ ވައްކަމޭ ކުރަނީ ކައުންސިލް ވެސް ދޭށޭ މީވައްކަން ކުރާ ވަގުންގެ ސަރުކާރޭ ކޮންކަމެއް ބޭނުންވެގެން ތިތިބަ ތެޅި ބާލަނީ ނުވިޔެއްނު ގައުމު އިނދަޖެހުނު އިރުވެސް ލާދީނީ ޕޮރޮޕެގެންޑާ ހިންގަން އޑޕ އަށް ވޯޓެއްނުދޭނެ ފުރިހަމަ މުސްލމަކު މިބުނީ އިލްޔާސް ބުނި އެއްޗެސް މަވެސް އެކަމަށް އެއްބަސް
ޢަޅެ މެމްބަރ ސައްލަމީ ހަމަހޭގަ ހުރިމީހެއްތަ ނޫނީ ލޯއަދިރިމީހެއްތަ
ބަލަގަ ރައިތުން އަދިރިކަމއްތަ ކަލޭމެން ހީކުރީ ތިބައިގަޑު ވައުދުވީ އިންޑިޔާމީހުންނައް އެވައުދުތައް ފުދަނީ. އަހަރުމެން މުސްލިމުންނައް އެވެސް ކަމެއްނުކޮއްދޭ ކޮވިޑް ގަވެސް ކޮނަކަމެއްކޮއްދިނީ ކަރަންޓްބިލްވެސްވީ ބޮޑު، މުސާރަތައްވިކުޑަ، ވަޒީފާތައްގެލުނީ. ރައިތުންހޭލާށޭ އެމްޑީޕީއައްވޯޓްނުދޭށޭ
ހޯރަފުއްޓަ ކޮއްދެއްވާފި، މާލެއަކަށް ނުކޮއްދެއްވާ.
ހަރާމްކޯރު ސަރުކާރެއް
އަހަރެމެން ފޭސް ލެސް މީހުންނަށް މި ބޭފުޅުން ދައްކާވާހަކައަށް ކޮމެންޓެއް ނުކުރެވޭނެ.
އައި އޭމް ފޭސްލެސް ސިވިލް ސާވެންޓު. އައި ބިގް ހައްޕުން ހައްޕު.
އަޅެ ކަލޭގެ ލޮލާއި ކަންފަތް ސަލަަމަތުން އެބަހުރިތަ؟ ލަދުވެސް ކުޑަ މީހެއް މީ.
ކަލޯ ތިޔައީ މާކަލޯ ވާހަކަ. ދައު ނިމޭނީ.
ކޮބާ،ކީއްވެބާ ތިކެމްޕެއިނަށް ނަހުލާ ނުލާގޮސް ތިއުޅެނީ؟ އެނާގާބިލު ކަމަނާ ގޮވައިގެނެއްނު ދާންވީ.
ސައްލޭ އެއަރޕޯޓްއެޅީ ޔާމީންސަރުކާރުން ހޯދާފައޮތްކޮންނަބޯޓު ބޭނުންކޮށްގެން އެމްޓީސީސީން އެކުންފުންޏަކަށް އަދިވެސް ސަރުކާރުންލާރިއެއްނުދޭ މިސަރުކާރުން ޕްރޮޖެކްޓްތައް ހިންގަންލާރިހޯދާނެގޮތެއްނޭނގުނު ދެންކިހިނެއް ތިޔަބުނާ ކަންކަން މިސަރުކާރުންކުރާނީ މުސާރަދޭންވެސް މިޖެހެނީ ލޯނުނަގައިގެން ދެންވިސްނާ މިސަރުކާރުގެހާލަތު
މީ ވަރައް މޮޅައް ދިވެހި ބަހުން ވާހަކަދައްކާ މީހެކޯ އަޅެ އެހެންވީއިރު ބުނެބަލަ ދިވެހިބަހުގަ ރަނުންރަނައް ކަންތައް ކޮއްދިނުމަކީ ކޮބާ އެކަން އެނގިހުރެގެން ރައްޔިތުންނައް އޮޅުވާލުމަކީ ރައްޔިތުންނައް ހަރާމްކޯރުވުން ދިވެހިބަހުގަ ރަނުންރަނައް މާނަކިރަނީ ކިރިޔަ ކިރިޔާ ފުދޭވަރައް ކަމެއް ކުރުން އެއީ އެފަށާކަމެއް އެއްފަހަރާ ނުނިމޭގޮތައް ކުރުން
ސައްލެ އަށް ކިތައް މިލިއަން ބާ ދިނީ