ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަކީ ބާރު ސްޕީޑްގައި ތަރައްގީ ރާއްޖެއަށް ގެނެސްދޭ "ތަރައްގީގެ ބާނީ" ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީގައި ހައި-ސްޕީޑް ފެރީ ހިދުމަތް ފެށުމަށް ޓަރމިނަލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެބޭފުޅުންނަށް ފެންނަމުން އަންނަނީ ތަރައްގީގެ އާ ދުވަސްތަކެއް ކަމަށާއި ބާރު ސްޕީޑުގައި ތަރައްގީ ވަމުން އަންނަ ރާއްޖެއެއް ކަމަށެވެ.

އެކަން އެގޮތަށް ކުރެވިގެން ދަނީ ރައީސް ސޯލިހްގެ ބުރަ މަސައްކަތުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައީސް އަޅުގަނޑުމެންނަށް އަންގާފަ މިއޮންނަނީ، އަޅުގަނޑުމެންނަށް ނަސޭހަތް ދީފައި މިއޮންނަނީ، ރައްޔިތުންގެ ފައިސާއިން ކުރާ މަސައްކަތް އަވަސްކޮށް، އެ ފައިސާއިން އެބޭފުޅުންނަށް އަވަސް ނަފާ ލިބޭނެ އިންތިޒާމު ހަމަ ޖައްސައި ދޭށޭ"

އާޒިމް ވިދާޅުވީ، ގައުމު އޮތީ އެތައް ދުވަހެއް ފަހަތަށް ޖެހިފައި ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ނުލިބިފައިވާކަން ކޮންމެ ރަށަކަށް އަރާލިއަސް ފެންނަ ކަމަށެވެ. އެހެން ނަމަވެސް މިއަދު އެބޭފުޅުން މަސައްކަތް ކުރަމުން ދަނީ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ބާރު ސްޕީޑުގައި ކަންކަން ކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތަށް މަޝްހޫރުތައް ކުރިއަށް ގެންދިޔަ ވާހަކަ ހާމަ ކުރުމުން ބައެއް ފަރާތްތަކުން އެކަމާއި ދެކޮޅު ހަދާނެކަން އެނގޭތީ އާޒިމް ވަނީ މިދިޔަ އަހަރު އެމްޓީސީސީން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކޮށްފައެވެ. އެގޮތުން އާޒިމް ވިދާޅުވީ، މިދިޔަ އަހަރު 38 ޕްރޮޖެކްޓް އެކުންފުނިން ނިންމާފައިވާކަން ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިޔަވަޅު

    ހީޙީ ހަލާކު .
    މީ ކަނޑައެޅިގެން ރަޢިސަޢް ޖެހި ޖޯކެއް .

    13
  2. ސޭޙް

    ދެން މަ ހީ ހީ

  3. އަލީ

    ޔަގީން ގަސްތުގަ ރައީސް ސްލޯލިހައް ކުރި މަލާމާތެއްތީ.. ހެހެހެ