ރައްޔިތުން ގެދޮރުވެރިކުރުމަށް ރައްޔިތުންނާއި އެކު ނިކުތުމަށް ހުންނެވީ ތައްޔާރަށް ކަމަށް ކުރިގެ ހައުސިން މިނިސްޓަރ އަދި މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލެސޓީ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ދެއްވާ ފަހުގެ ހިތާބުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، މާދަމާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ރައްޔިތުން ނިންމާނީ އެ ރައްޔިތުންގެ މުސްތަގުބަލަށްޓަކާ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. މާލެ ސިޓީ ރައްޔިތުންގެ އަމާޒުތަކެއް އެބަހުރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، މި ކަންކަމަކީ އެކަށީގެންވާ ޕްލޭނަކާއި ތަސައްވަރެއް އޮވެއްޖެ ނަމަ ހާސިލް ކުރެވޭނެ ކަންކަން ކަމަށެެވެ.

"އަޅުގަނޑު މިހުރީ ތިޔަ ލޮބުވެތި ރައްޔިތުންނާއި އެކު ތި ރައްޔިތުންގެ އަޑު އަހައިގެން މި ތަސައްވަރަށް ޕްލޭން އެކުލަވާލައިގެން ކަންކަން ކުރުމަށް އަޒުމު ކަނޑައަޅައިގެން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިގޮތަށް ބަލާއިރު އެންމެެ މުހިންމު ކަމަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން ކަމަށާއި، ގަބޫލުކުރައްވާ ގޮތުގައި ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް ކަމަށެވެ. މިއީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލަ ކަމަށާއި، ވަރަށް ނިކަމެތި ހާލަތުގައި އެތައް ހާސް ރައްޔިތުންނެއް މާލޭގައި ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި މިއީ މިއަދާއި ހަމައަށް މައްސަލައިގެ ބޮޑުކަމާ އަޅާކިޔާއިރު ހައްލެއް ގެނެވިފައި ނުވާ މައްސަލައެއް ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައްޔިތުންނާއި އެކު ކުރަން ޖެހުނު ކޮންމެެ ކަމެއް ކުރުމަށް ހުރީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެންމެ ބޮޑު ވާދަވެރިކަމެއް އޮތް އެއް ދާއިރާއަކީ މާލެ ސިޓީއެވެ. މާލޭގެ މޭޔަރު ކަމަށް މުއިއްޒުގެ އިތުރުން ދެން ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.

ބެލެވޭ ގޮތުގައި މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މުއިއްޒާއި އަނަސްއާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާ

    އމޑޕ އަށް ދޭ ވޯޓަކީ އަލިފާނަށް ދޭ ވޯޓެއްކަން ހަނދާން ކުރާތި އމޑޕ ގެ ފިކުރަކީ ފަނާކުރުވާ މަގު ފުރެދުން ކަން ހަނދާން ކުރާތި ތިމާގެ މީހާ އެއްބަޑުމީހާ ނާންނާނެ ގިޔާމަތް ދުވަހަކު އެމީހާ ހެވެއް އެދިގެން އަމިއްލަޔށް ނުބާ ކަމުގެ ރަހަ އެމީހާ އަމިއްލަޔަށް ލިބި ގަންނާނީ އެމްޑީޕި އަކީ ކެހިވެރި ލާދީނީ ޖަމާއަތެއް

    3
    1
  2. އިނގޭތޭ

    މާލެ ސަރަހައްދުގައި ފްލެޓްސް ތައ ފީނި ފީންނަށް އެޅޭނީ ކާކަށްތޭ މުއިއްޒަށޭ ދެން މާލެ ސަރަހައްދުގައި ބްރިޖް އެޅޭނީ ކާކަށްތޭ މުއިއްޒަށޭ ދެން މާލެ ސަރަހައްދުން މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަ ފަޅު ހިއްކާ ގޯތި ދެވޭނީ ކާކަށްތޭ މުއިއްޒަށޭ އެހެންތޭ ދެން ދައްކަގަ ގެންނަގަ ވޯޓް ކަރުދާސް ކޮޅު މިހާރު މަމެންނަށް އެނގިއްޖެއޭ މަމެން ނިންމަންވާ ގޮތް ދިސް އިޒް ދަ ފީލިންގް އިނގޭތޭ...

    2
    1