ދިވެހި ރާއްޖޭގެ ސިޔާސީ ނިޒާމު އޮތީ ފާލުން ނެއްޓިފައި ކަމަށާއި އެހެން ކަމުން ޑިމޮކްރެޓިކް ސިސްޓަމް ރިސެޓް ކުރަން ޖެހޭ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ވިދާޅުވީ، ޑީމޮކްރެޓިކް ސިސްޓެމް ރިސެޓް ކުރަން ޖެހިފައިވަނީ ނުބައިކޮށް އެ ސިސްޓެމްގެ ތެރެއަށް ބަޔަކު ވަދެގެން އެ ސިސްޓެމް ހައިޖެކް ކޮށްގެން އުޅޭތީ ކަމަށެވެ.

"ސިސްޓެމް ހައިޖެކް ކުރުމުން ރައްޔިތުންނަށް ލިބެން ޖެހޭ ފައިދާ ނުލިބި، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ވެރިކަން ހުށަ ނުދިން" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ޕާޓީތައް ބޭނުން ކުރަނީ ވަކި ބައެއްގެ އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތް ކުރަން ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުން ކަމަށާއި އެކަން ބަދަލު ކުރުމަށް ރައްޔިތުން ނުކުމެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑިމޮކްރަސީ ހަމަ މަގަށް އެޅުވޭނީ ސިޔާސީ އަޅުވެތިކަމުން ވިސްނުން މިނިވަން ވެގެން ކަމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބަށް ކެމްޕެއިން ކުރުން މިއަދު ހަވީރު 6:00 އަށް ނިމޭއިރު، ގިނަ ކެނޑިޑޭޓުން އަންނަނީ އަވަދިނެތި ކެމްޕޭނުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    އެންމެން މާދަމާ ފޯރީގާ ނުކުމެ އިންޑިޔާގެ އަޅުވެތިކަމާއި ދެކޮޅަށް ވޯޓްދެއްވާ. މިއީ ޤައުމީވޯޓެއް. މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ތިބެންޖެހޭ މައްސަލައެއް ނުވިސްނޭ. އަދި ރާއްޖޭގެ ސިފައިންނަށް ޙައްލު ނުކުރެވޭވަރު ބޮޑު މައްސަލައެއްވެސް ރާއްޖޭގައި ނެތް

    11
    1
  2. މަނަވަރު

    މިސޮރު ކިޔާ އެއްޗެއް ލިޔާތީ ވެސް މަ ހައިރާންވަން ހަމަ ! 😂

    10
    1