ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، "ޕޮލިސް ބޯޑު" އެކުލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވާލައްވާފައި ވަނީ މިއަދު ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ބޯޑުގެ އެކުލަވާލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ.
1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ފުލުހުންގެ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ފުލުހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމަށް ޤާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ، ހާމަކަންބޮޑު، އަދި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ބައްޓަންކުރެވިފައިވާ އުސޫލުތަކެ އްކަން ކަށަވަރުކުރުމާއި، އެ އުސޫލުތައް ގަވާއިދުން މުރާޖަޢާކޮށް، އެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލާމެދު ލަފާ ދިނުން ހިމެނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އެއިރަކަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު ބަލައި، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޯޑަށް ފެންނަ ލަފާދިނުމާއި ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ކުރިމަތިލާ ފަރާތްތަކާއި އެބޭފުޅުން މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޕޮލިސް ބޯޑުން ކުރުމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުމަކީ ވެސް ބޯޑުގެ މަސްއޫލިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. .....

    ޥަރަށް ނާތަހުޒީބު ކަމެއް....ދަންނަ ބައެއްގެ ވެރިންނަށް ނުދަންނަބަޔަކު ލީމާ ދެން ވެގެންދާނެ ގޮތެއް ބަލަން މިތިބީ

    14
  2. ނާޅި

    ޕޮލިހުންނަށް ވަޒީފާ ދީ ވަޒީފާއިން ވަކި ކުރުމުގެ ޕޮލިސް ސާވިސްގެ ކޮމިޝަން ކިޔަސް ބޯޑް ކިޔަސް ވަކި ނަމެއް ކިއުން މުހިންމެއްނޫން އަމަލުން ކަންކަން ވުން މުހިންމީ

  3. ޚަބްރު

    ރައްޔިތުންގެ ކަންކަމަށް ހޮވަންވާނީ ރައްޔިތުންނަށް ހަމަހަމަކޮށް ކަންކަންކޮށްދެވޭނެ ހެޔޮލަފާބައެއް ހަމައެކަނި ރީނދޫކުލައިން ތަތްތެޅިފައިވާ ބައެއްނޫން

  4. ހާދަހާ

    އަސްތާ ތިޔަ ފުލުހުން ބުނެގެން ކުޑަކަމުދާ އެއްޗެހި ނުދިން މީހަކުވެސް ތިޔަ ބޯޑަށް ތިޔަ ތިޔަ ދަނީ ލާމަރުކަޒީ ވެެގެން ހެ ހެ ހޭ.

  5. ހަކީމް ދިދީ

    ފުލުހުންގެ ވަޒީފާގައި އުޅުނުއިރު އަހުލާގީ މައްސަލައެއްގައި ވަކިކޮށްފައިހުރި މީހަކުވެސް ވަނީ މިއަދު ތިޔާ ބޯޑަށް ހޮވާފަ. ޝުކުރިއްޔާ ރައީސް ސޯލިހު.

  6. ފާތުމާފުޅު- ހިރިލަންދޫ

    ހާމިދު ތީ ޕޮލިސް ބޯޑަށް ވަރަށް ޤާބިލް ބޭފުޅެއް ، ރާ ބޮއެގެން ފުލުހުން ގޮސް ހައްޔަރުކުރީމަވެސް ހަރާމުން ވީ ކަމެއް ނެތް ، ހާމިދޫ މިއަދު އުޅެވިދާނެ ތިހެން ސުވާލުކުރާނެ އަދި ބުއި ރަލަށް އަޒާބު ދޭނެ ދުވަސް ވަރަށް ކައިރީގައި އޮތީ

  7. އަލީ

    މި ގައުމުގަ ހެދޭ ކޮންމެ ގާނޫނަކީ ގަވާއިދަކީ ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނޭނގޭ. ޕާޓީ މީހުންނަށް ލާރި ބަހަން ހަދާ ގާނޫނުތޯ މިގައުމުގަ މިހަދަނީ؟

  8. ގިއުޅު

    މީގެކުރީގަ އެންމެބާރައްގޮވި އެއްޗަކީ ހެލްތުމިނިސްޓްރީ ގެ މިނިސްޓަރަކައްވެސލާންޖެހޭނީ އެދާއިރާއިން ކިޔަވާފަހުރިމީހެކޭ މިއަދު ޕޮލިހައް އައްޔައްކޮއްފައެތިބީ އެދާއިރާގެ ތަޖްރިބާހުރިމީހުންބާ