00:06

ހއ. އުތީމު މީހުންނަށް ހާއްސަކޮށް މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 45 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 70 ވޯޓު.

އުތީމު ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓު 61 ވޯޓު، އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ރަމީޒަށް ތިން ވޯޓު އަދި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 56 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ ފާތުމަތު ނުޒުހާ އަށް 56 ވޯޓު، ފާތުމަތު ރަހްސާ އަށް 71 ވޯޓު، އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އައިޝަތު ނަސްމާ އަށް 41 ވޯޓު އަދި ފާތުމަތު އަޒްމީރާ އަށް 48 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު އާދަމަށް 65 ވޯޓު، ހުސެއިން ނަސީރަށް 58 ވޯޓު، އެމްޑީޕީގެ ކެންޑިޑޭޓު ކަމަށްވާ މުހައްމަދު ހަމްދޫނަށް 52 ވޯޓު އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް ސުނާނަށް ލިބިވަޑައިގަތީ 19 ވޯޓު.

23:58

ހއ. ކެލަ އަށް ހާއްސަކޮށް މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 103 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 150 ވޯޓު.

ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ އިންފާޒަށް 172 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ހަމީދަށް ލިބިވަޑައިގަތީ 98 ވޯޓު.

ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު ފަޒީހާ އަލިމަނިކަށް 105 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު ހައްވާ އަބްދުﷲ އަށް 144 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު މަރިޔަމް ރިސްވާ އަށް 135 ވޯޓު، އައިޝަތު މިޒްނާ އަށް 118 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ ބަދީއުއްސަލާމަށް 101 ވޯޓު، އާދަމް ޣުފްރާނަށް 100 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ މުއައްވަޒް އަބްދުﷲ އަށް 149 ވޯޓު އަދި އަބްދުﷲ ސާޖިދަށް 144 ވޯޓު ލިބިވަޑައިގެންނެވި.

23:49

ހއ. ހޯރަފުށީގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 147 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 124 ވޯޓު.

ހޯރަފުށި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަލީ އާރިފަށް 135 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދަށް 140 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ވަކީލާ އަށް 134 ވޯޓު ލިބިވަޑައިގެންނެވި އިރު، އައިމިނަތު ވިސާމާ އަށް 149 ވޯޓު، އައިމިނަތު ނާސިހާ އަށް 156 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު ޖުލީސާ އަށް 80 ވޯޓު، ސަލާމާ ޝަކީބަށް 80 ވޯޓު އަދި ފާތުމަތު ފަޒުނާ އަށް 111 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ޒަކީ އަށް 116 ވޯޓު، ނަސްމާ ނޫރައްދީނަށް 82 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރައޫފަށް 158 ވޯޓު، އިބްރާހިމް ޝާކިރަށް 157 ވޯޓު، އަހުމަދު އިމްދާހު އަށް 154 ވޯޓު ލިބިވަޑައިގެންނެވި.

23:41

މާލޭގައި ބެހެއްޓި ހއ. ހޯރަފުށީ މީހުންނަށް ހާއްސަ ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 175 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 185 ވޯޓު.

ހޯރަފުށި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަލީ އާރިފަށް 198 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދަށް 170 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ވަކީލާ އަށް 181 ވޯޓު ލިބިވަޑައިގެންނެވި އިރު، އައިމިނަތު ވިސާމާ އަށް 163 ވޯޓު، އައިމިނަތު ނާސިހާ އަށް 187 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު ޖުލީސާ އަށް 135 ވޯޓު، ސަލާމާ ޝަކީބަށް 148 ވޯޓު އަދި ފާތުމަތު ފަޒުނާ އަށް 183 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ޒަކީ އަށް 187 ވޯޓު، ނަސްމާ ނޫރައްދީނަށް 132 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރައޫފަށް 199 ވޯޓު، އިބްރާހިމް ޝާކިރަށް 208 ވޯޓު، އަހުމަދު އިމްދާހު އަށް 195 ވޯޓު ލިބިވަޑައިގެންނެވި.

23:41

ގއ.އަތޮޅުގެ ވެރިޔަކަށް ޕީޕީއެމްގެ ޝިހާން.

23:34

ހއ. ހޯރަފުށީގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 146 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 126 ވޯޓު.

ހޯރަފުށި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަލީ އާރިފަށް 136 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދަށް 139 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ވަކީލާ އަށް 138 ވޯޓު ލިބިވަޑައިގެންނެވި އިރު، އައިމިނަތު ވިސާމާ އަށް 150 ވޯޓު، އައިމިނަތު ނާސިހާ އަށް 152 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު ޖުލީސާ އަށް 79 ވޯޓު، ސަލާމާ ޝަކީބަށް 92 ވޯޓު އަދި ފާތުމަތު ފަޒުނާ އަށް 102 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ޒަކީ އަށް 114 ވޯޓު، ނަސްމާ ނޫރައްދީނަށް 81 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރައޫފަށް 158 ވޯޓު، އިބްރާހިމް ޝާކިރަށް 157 ވޯޓު، އަހުމަދު އިމްދާހު އަށް 153 ވޯޓު ލިބިވަޑައިގެންނެވި.

23:31

ގދ.އަތޮޅުވެރިޔަކަށް ޕީޕީއެމްގެ ފައިހަތު.

23:23

ހއ. ދިއްދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 127 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 265 ވޯޓު.

ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 261 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސިރާޖަށް ލިބިވަޑައިގެންނެވީ 119 ވޯޓު.

ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ވަހީދަށް 128 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ މާހިރަށް 115 ވޯޓު ލިބިވަޑައިގެންނެވި. އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 147 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު އަބްދުލްގައްޔޫމަށް 219 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ލަތީފަށް 234 ވޯޓު އަދި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 240 ވޯޓު ލިބިވަޑައިގެންނެވި.

 

23:16

އައްޑޫ ފޭދޫ މާދެލަ ގޮނޑި ވެސް ޕީޕީއެމް އިން ކާމިޔާބުކޮށްފި.

23:05

މުހިއްމު ގިނަ ގޮނޑިތަކެއް ވެރިކަންކުރާ އެމްޑީޕީއަށް ގެއްލޭނެ ކަމަށް މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައެވެ.

22:31

ހެންވޭރު ހުޅަނގު ގޮނޑި ވެސް ޕީޕީއެމް އިން ކާމިޔާބުކޮށްފި.

22:30

437/AT-6 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ޝަފީގަށް 104 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގެންނެވީ 108 ވޯޓު.

ހއ. ދިއްދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 115 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ސިރާޖަށް 95 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލަށް ކުރިމަތިލެއްވި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ވަހީދަށް 98 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓަށް އަބްދުﷲ މާހިދަށް 98 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު އަބްދުލްގައްޔޫމަށް 92 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ލަތީފަށް 105 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 107 ވޯޓު ލިބިވަޑައިގެންނެވި.

 

22:12

ސަރުކާރު ސައިޒުކޮށް ވަށަފަރު މުއިއްޒު މާލޭގެ ވެރިކަމަށް.

21:57

މިހާތަނަށް ލިބުނު ޖުމްލަ ވޯޓަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވަނީ 9203 ވޯޓް ލިބިފައި. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 5611 ވޯޓް. އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހްމީ އަށް ލިބިފައި ވަނީ 262 ވޯޓް.

21:54

އެމްޑީޕީގެ ހަމްނާ ބަލިކޮށް ވިލިމާލޭ ގޮނޑި ޕީޕީއެމްގެ ނަހުލާ ކާމިޔާބުކޮށްފި.

21:46

މާފަންނު ދެކުނު ދާއިރާގެ ގޮނޑި ޕީޕީއެމް އިން ކާމިޔާބުކޮށްފި.

21:41

ޕީއެންސީގެ ކައުންސިލް މެންބަރު ނަރީޝް މާލޭގެ ގޮނޑިއެއް ކާމިޔާބުކޮށްފި.

21:40

ލ. އަތޮޅު މީހުން ވޯޓުލުމަށް މާލޭގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އަތޮޅު ކައުންސިލް ރައީސް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް އަލީ އަށް 99 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ޝާހީން އިސްމާއިލަށް ލިބިވަޑައިގަތީ 38 ވޯޓު.

ލ. ގަމު ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޒަކީ އަށް 112 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުލް ރައޫފް އަބްދުލްޣަފޫރަށް 55 ވޯޓު ލިބިވަޑައިގެންނެވި. އެމްއާރުއެމްގެ ކެންޑިޑޭޓު އަހުމަދު ޝަރީފާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓު ހަސަން އާޒިމަށް އެއްވެސް ވޯޓެއް ލިބިވަޑައެއް ނުގަންނަވާ.

21:39

އައްޑޫ ހިތަދޫ މާމެންދޫ ދާއިރާ ގޮނޑިވެސް އެމްޑީޕީއަށް ގެއްލިއްޖެ.

21:34

އައްޑޫ ސިޓީ ފޭދޫ މަގޫދޫ އެސްޓީ.3 ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރަށް 138 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ލަތީފަށް ލިބިވަޑައިގަތީ 109 ވޯޓު. އަދި އަމިއްލަ ކެންޑިޑޭޓު އިބްރާހިމް ތޯހިރަށް ލިބިވަޑައިގަތީ 10 ވޯޓު.

ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓު އައިމިނަތު ސަލްމާ އަށް 150 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޖުނައިދަށް ލިބިވަޑައިގަތީ 121 ވޯޓު.

 

21:31

މާލެ ސިޓީގައި ބެހެއްޓި އައްޑޫގެ 13 ނަންބަރު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރަށް ލިބިވަޑައިގެންނެވީ 97 ވޯޓު. މުހައްމަދު ލަތީފަށް ލިބިވަޑައިގަތީ 37 ވޯޓު. އަމިއްލަ ކެންޑިޑޭޓު އިބްރާހިމް ތޯހިރަށް ލިބިވަޑައިގަތީ ހަތަރު ވޯޓު.

 

 

21:23

މިހާތަނަށް ލިބުނު ޖުމްލަ ވޯޓަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވަނީ 7000 ވޯޓް ލިބިފައި. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 4217 ވޯޓް. އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހްމީ އަށް ލިބިފައި ވަނީ 210 ވޯޓް.

21:17

މާލޭގައި ބެހެއްޓި ފުވައްމުލަކުގެ ހަ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގަށް 93 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ތޯރިގް އަހުމަދަށް ލިބިވަޑައިގަތީ 77 ވޯޓު. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ޒިޔާދު ޒަކަރިއްޔާ ހުސެއިނަށް އެއްވެސް ވޯޓެއް ލިބިވަޑައެއް ނުގަންނަވާ.

 

21:15

ވިލިމާލެ ދާއިރާގައި ބެހެއްޓި ޓީ 18.6 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް 139 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ 53 ވޯޓު. އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހުމީ އަށް ލިބިވަޑައިގަތީ ދެ ވޯޓު.

ކައުންސިލް ގޮނޑި އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓު ނަހުލާ އަލީ. އޭނާ އަށް 109 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު ހަމްނާ އަލީ އަށް ލިބިވަޑައިގެންނެވީ 56 ވޯޓު. އަމިއްލަ ކެންޑިޑޭޓު އައިމިނަތު ރިޔާޝާ އަށް 16 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު ފާތުމަތު ނިޝާމާ އަށް ލިބިވަޑައިގަތީ 3 ވޯޓު.

21:12

ވިލިމާލެ ދާއިރާގައި ބެހެއްޓި ޓީ1 8.4 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް 169 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ 63 ވޯޓު. އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހުމީ އަށް ލިބިވަޑައިގަތީ ތިން ވޯޓު.

ކައުންސިލް ގޮނޑި އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓު ނަހުލާ އަލީ. އޭނާ އަށް 127 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު ހަމްނާ އަލީ އަށް ލިބިވަޑައިގެންނެވީ 48 ވޯޓު. އަމިއްލަ ކެންޑިޑޭޓު އައިމިނަތު ރިޔާޝާ އަށް 48 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު ފާތުމަތު ނިޝާމާ އަށް ލިބިވަޑައިގަތީ 20 ވޯޓު.

21:12

ދިހަ އަހަރުތެރޭގައި އައްޑޫއިން ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގޮނޑިއެއް ގެއްލިއްޖެ.

21:00

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް މާލެ އިން ހަތަރު ގޮނޑު ޕީޕީއެމްއަށް ކަށަވަރު ވެފައިވާ ކަމަށް.

20:58

ފުވައްމުލަކު އިރު ދެކުނު އެއް ނަންބަރު ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދަށް ލިބިވަޑައިގަތީ 217 ވޯޓު. ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ އިބްރާހިމަށް ލިބިވަޑައިގަތީ 143 ވޯޓު.

 

20:53

މިހާތަނަށް ލިބުނު ޖުމްލަ ވޯޓަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވަނީ 4200 ވޯޓް ލިބިފައި. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 2656 ވޯޓް. އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހްމީ އަށް ލިބިފައި ވަނީ 96 ވޯޓް.

20:52

ހއ. މޮޅަދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުގައި އަތޮޅު ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ޝަފީގަށް 117 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 32 ވޯޓު.

 

20:49

އައްޑޫ މިދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ތެރެއިން މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރަށް 178 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ލަތީފަށް ލިބިވަޑައިގަތީ 97 ވޯޓު. އަމިއްލަ ކެންޑިޑޭޓު އިްރާހިމް ތޯހިރަށް ހަތަރު ވޯޓު ލިބިވަޑައިގެންނެވިއެވެ.

މީދޫ ކައުންސިލް ގޮނޑިއަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެންޑިޑޭޓު އައިމިނަތު ސޯލިހާ އަށް 142 ވޯޓު ލިބިވަޑައިގެންނެވި އިރު އަމިއްލަ ކެންޑިޑޭޓު ރަޝީދާ އިބްރާހިމަށް ލިބިވަޑައިގަތީ 153 ވޯޓު.

 

20:48

މިހާތަނަށް ލިބުނު ޖުމްލަ ވޯޓަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވަނީ 3120 ވޯޓް ލިބިފައި. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 2019 ވޯޓް. އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހްމީ އަށް ލިބިފައި ވަނީ 81 ވޯޓް.

20:45

ފުވައްމުލަކު އިރު ދެކުނު 1 ގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގަށް 200 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ތޯރިގް އަހުމަދަށް ލިބިވަޑައިގަތީ 163 ވޯޓު. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ޒިޔާދު ޒަކަރިއްޔާ ހުސެއިނަށް އެއްވެސް ވޯޓެއް ލިބިވަޑައެއް ނުގަންނަވާ.

 

20:39

މިހާތަނަށް ލިބުނު ޖުމްލަ ވޯޓަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވަނީ 2005 ވޯޓް ލިބިފައި. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 1345 ވޯޓް. އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހްމީ އަށް ލިބިފައި ވަނީ 39 ވޯޓް.

20:30

ހުރަވަޅި ރިސޯޓުގައި ބެހެއްޓި ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުލް ރަހްމާން ހުސެއިނަށް ހަތް ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު ޔާސީން އަބްދުﷲ އަށް ލިބިވަޑައިގަތީ ތިން ވޯޓު. އަމިއްލަ ކެންޑިޑޭޓު މުހައްމަދު ހުސެއިނަށް ވޯޓެއް ލިބިވަޑައިނުގަންނަވާ.

 

20:27

މިހާތަނަށް ލިބުނު ޖުމްލަ ވޯޓަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވަނީ 858 ވޯޓް ލިބިފައި. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 542 ވޯޓް. އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހްމީ އަށް ލިބިފައި ވަނީ 18 ވޯޓް.

20:22

ގަލޮޅު ދެކުނު ޓީ-4.8 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަޑރ.މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 144 ވޯޓު. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގަތީ 72 ވޯޓު. އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހްމީއަށް ލިބިވަޑައިގަތީ 04 ވޯޓު.

20:17

މާފަންނު އުތުރު ޓީ-14 03

މުއިއްޒު - 83
އަނަސް - 52
އަލްހާން - 03

20:15

މައްޗަންގޯޅީ މެދު - 3

މުއިއްޒު - 124
އަނަސް - 60
އަލްހާން - 02

20:13

ހިތަދޫގައި ބޭރުމަތި ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރަށް ލިބިވަޑައިގަތީ 136 ވޯޓު. މުހައްމަދު ލަތީފަށް ލިބިވަޑައިގަތީ 102 ވޯޓު. އަމިއްލަ ކެންޑިޑޭޓު އިބްރާހިމް ތޯހިރަށް ލިބިވަޑައިގަތީ ތިން ވޯޓު.

 

20:11

މަރަދޫ ފޭދޫ، މާލެ ފޮށީގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު. އޭނާ އަށް 94 ވޯޓު ލިބިވަޑައިގެންނެވި. އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ލަތީފަށް ލިބިވަޑައިގަތީ 82 ވޯޓު. އަމިއްލަ ކެންޑިޑޭޓު އިބްރާހިމް ތޯހިރަށް ލިބިވަޑައިގަތީ ހަތަރު ވޯޓު. ބާތިލް 11 ވޯޓު ހިމެނޭ.

މަރަދޫ ފޭދޫ ސިޓީ ކައުންސިލް މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު ހާލިދާ މުހައްމަދަށް ލިބިވަޑައިގަތީ 58 ވޯޓު. ޕީޕީއެމްގެ ކެންޑިޑޭޓު ފާތުމަތު އަމީނާ އަށް ލިބިވަޑައިގަތީ 58 ވޯޓު. އަމިއްލަ ކެންޑިޑޭޓު އައިޝަތު ޝީޒާ އަށް ލިބިވަޑައިގަތީ 18 ވޯޓު. ބާތިލް 17 ވޯޓު ހިމެނޭ.

20:11

މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން މުއިއްޒަށް ވަނީ 219 ވޯޓް ލިބިފައި. އަނަސް އަށް ލިބިފައި ވަނީ 117 ވޯޓް.

20:10

މައްޗަން ގޯޅި އުތުރު T10 ކައުންސިލް މެމްބަރު: ޟިރުޣާން އެމްޑީޕީ 59 މުހައްމަދު ފަޒީން އަމިއްލަ 21 ސައީދާ ރަޝާދު ޕީޕީއެމް 63

20:03

ފުރަތަމަ ނަތީޖާ ލިބުނު ހުޅުމާލޭ ވޯޓް ފޮށިން ޕީޕީއެމްގެ ކެންޑިޑޭޓް ސުޖާއު ބޮޑު ތަފާތަކުން ކުރި ހޯދައިފި. ހުޅުމާލޭ 5 T1.5 ފޮށިން ސުޖާ ވަނީ 174 ވޯޓް ހޯދާފައި. އެމްޑީޕީގެ ރިޒްނާ އަށް ލިބުނީ އެފޮށިން 80 ވޯޓް.

20:01

މައްޗަންގޯޅީ އުތުރު ދާއިރާގެ ނަތީޖާ އަށް ބަލާއިރު މުއިއްޒަށް 95 ވޯޓް، އަލްހާން އަށް 01 ވޯޓް އަދި އަނަސް އަށް 57 ވޯޓް ލިބިފައިވޭ.

19:59

ހއ. އަތޮޅު ކައުންސިލުން މިހާތަނަށް ނަތީޖާ ލިބުނީ އެންމެ ފޮއްޓެއްގެ. އެއީ ބަރޮސް މޯލްޑިވްސްގައި ބަހައްޓާފައި ހުރި ފޮއްޓަށް. އެ ފޮށިން އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ޝަފީގަށް ލިބިވަޑައިގަތީ ދެ ވޯޓު. އަދި ޕީޕީއެމް ކެންޑިޑޭޓު ހުސެއިން ރަޝީދަށް ވެސް ލިބިވަޑައިގަތީ ދެ ވޯޓު.

 

19:58

ގަލޮޅު އުތުރު ދާއިރާގެ ނަތީޖާ އަށް ބަލާއިރު މުއިއްޒަށް 62 ވޯޓް، އަލްހާން އަށް 03 ވޯޓް އަދި އަނަސް އަށް 99 ވޯޓް ލިބިފައިވޭ.

19:55

19:41

ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --- ވަގުތު އިމޭޖަސް
ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --- ވަގުތު އިމޭޖަސް

19:38

ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --- ވަގުތު އިމޭޖަސް
ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --- ވަގުތު އިމޭޖަސް

19:32

ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --- ވަގުތު އިމޭޖަސް

19:27

ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --- ވަގުތު އިމޭޖަސް

19:18

ލ.މާބައިދޫގައި އިލެކްޝަންސް އޮފިޝަލުން - ވަގުތު އިމޭޖްސް: މޯޑް
ލ.މާބައިދޫގައި އިލެކްޝަންސް އޮފިޝަލުން - ވަގުތު އިމޭޖްސް: މޯޑް

19:17

713 ވޯޓް ފޮށީގެ ތެރެއިން 523 ވޯޓު ފޮއްޓެއް ބަންދުކޮށް 53 ވޯޓު ފޮއްޓެއް މިހާރު ވަނީ ގުނަން ފަށާފައި.

19:06

އިލެކްޝަނުން ލަފާކުރިވަރަށްވުރެ ގިނަ މީހުން ވޯޓް ލާން ނިކުތް.

18:15

ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވެފައިވާތީ، މި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ވަގުތު އިތުރު ކުރަން ނިންމައިފި.

18:12

6:00 ޖެހުމާއެކު ބައެއް ރަށްތަކުގެ ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި.

 

18:09

ވޯޓުފޮށިތައް ބަންދު ކުރަން ފަށައިފި

17:45

ކަރަންޓީންގައި ތިބި މީހުންނަށް ވޯޓުލުމަށް ހަމަޖެއްސި 5:00 އާއި 6:00 އާ ދެމެދު އަާއްމުންނަށްވެސް ވޯޓު ލެވޭނެ ކަމަށް އީސީން އިއުލާނުކޮށްފި.

17:06

ބައެއް ވޯޓު ފޮށިތަކުގެ ކިއު ބަންދު ކުރަން ފަށައިފި. ވޯޓު ފޮށިތަކުގެ ކިއު ބަންދު ކުރަން ފަށާފައި ވަނީ ކަރަންޓީނާއި އެކަހެރިކޮށްފައ ތިބި މީހުންނަށް ވޯޓުލުމަށް ހާއްސަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00 އަށް ކަމުން، އެފަދަ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ދިނުމަށް.

17:03

ދައުލަތުގެ ވެރިން ނުސީދާކޮށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި

16:45

މިއަދު 16:40 ހާ ހަމައަށް 155،192 މީހަކު ވޯޓު ލައިފި. މީގެ ތެރޭގައި ހިމެނެނީ 76،185 އަންހެނަކާއި، 79،007 ފިރިހެނެއް.

16:30

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ވިލިމާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއް ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައިފި

16:26

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ވޯޓުލާފާއިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި.

16:15

މާފަރުން ޖުމްލަ 437 މީހަކު ވޯޓު ލައިފި.

16:02

ހޯރަފުށި އޭ4-1 ވޯޓު ފޮށި: އެ ފޮއްޓަށް ވޯޓުލީ މީހުންގެ އަދަަދު 296އަށް އަރައިފި. އޭގެ ތެރޭގައި 156 އަންހެނުންނާއި، 140 ފިރިހެނުން ހިމެނޭ.

16:00

ހަނިމާދޫ (ބީ1.2) 15:00 އާ ހަމައަށް އެ ފޮއްޓަށް 377 މީހަކު ވޯޓު ލައިފި. އެއީ 209 އަންހެނުންނާއި 168 ފިރިހެނުން

15:58

ށ. ގޮއިދޫ-1 ވޯޓު ފޮށި ނަމްބަރު 55: 15:00 އާ ހަމައަށް އެ ފޮއްޓަށް 308 މީހަކު ވޯޓު ލައިފި. އެއީ 181 އަންހެނުންނާއި، 127 ފިރިހެނުން

15:57

ރ.ވާދޫ-1: މިއަދު 15:00 އާ ހަމައަށް ވޯޓުލީ މީހުންގެ އަދަދަކީ 228 މީހުން، އޭގެ ތެރޭގައި، 129 އަންހެނުންނާއި 99 ފިރިހެނުން ހިމެނޭ

15:46

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އައްޑޫ ސިޓީން މެންދުރު ކުރިން ވޯޓުލީ އެންމެ ހާހަކަށް ވުރެ ގިނަ މީހުން ކަން ތަފާސް ހިސާބުތަކުން ދައްކައިފި.

14:07

14:02

އިލެކްޝަންސް ކޮމިޝަނުން ބުނީ 13:50 އާ ހަމައަށް 100،829 މީހަކު ވޯޓު ލާފައިވާ ކަމަށް. އޭގެ ތެރޭގައި ހިމެނެނީ 53،689 ފިރިހެނުންނާއި، 47،140 އަންހެނުން. މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ.

 

14:00

ވޯޓުލީ މީހުންގެ އަދަދު 36.9 އިންސައްތަ އަށް ވަނީ އަރާފައި. އެއީ އެއް ލައްކައަށް ވުރެ ގިނަ މީހުން.

13:59

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު ލައްކައަކަށް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި.

13:49

ނައިބު ރައީސް: އާންމު ހާލަތެއްގައި ނޫން ގައުމުގެ ހާލަތު އޮތީ. އެކަމަކު މިއީ ކުރަން ޖެހޭ ކަމެއް. އަވަހަށް ވަޑައިގެން ވޯޓުގެ ކަންކަން ކުރާށޭ. ވޯޓު އަޅާށޭ. ރައްޔިތުން ބޭނުންވާ ބަޔަކު ހޮވާށޭ. ރާއްޖެ ކުރިނާރާނެ ވަކިބަޔަކު ބާކީކޮށްލައިގެން. އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެކި ސިޔާސަތުގެ މީހުންނާއެކީގައި ވެސް ރާއްޖެ ކުރިއަރައިގެން ދާނެ ކަމަށް.

13:46

ނައިބު ރައީސް ފައިސަލް ނަސީމް: އީސީން ވަރަށް ދަތި އުނދަގޫ ހާލަތެއްގައި އިންތިހާބު ބާއްވަނީ ކޮވިޑްގެ ހާލަތުގައި. އެކަމަކު ގާނޫނުއަސާސީން ކުރަން ޖެހޭ ކަމެއް މިއީ. މި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ރާއްޖެ ދަތުރު ކުރަނީ ލާމަރުކަޒީ ނިޒާމަކަށް. ކުރީގައި އޮންނަ ގޮތަށް ބޮޑު މީހެއް، ކުޑަ މީހެއް ނޯންނާނެ. ރަށްރަށުގައި ހުރި ކަންކަން އިންތިޒާމު ވާން ޖެހޭނީ ރައްޔިތުންނަށް ގޮތަށް. އެތައް ހައްގުތަކަކަކާއި ބާރުތައް ދޫކޮށްލުމަކީ ރައީސްގެ ވައުދެއް. ފެނިގެން ދާނީ އިގްތިސާދު ފުޅާވެގެން ދާތަން. ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވާނެ. ތައުލީމީ ބަޔަކަށް ވާނެ. އަޅުގަނޑުމެން ބޭނުންވާ ބަޔަކު ނެރުމަށް ވޯޓުލާން ނުކުންނަންވީ.

13:43

ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވައިފި.

13:32

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އެއްވެސް ދަތިކަމެއް ނެތި އެމްޑީޕީ އަށް ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ.

13:24

އީސީން އެންމެ ފަހުން ހާމަކުރި ގޮތުގައި 86،000 މީހުން ވަނީ ވޯޓުލާފައި.

13:21

ނަޝީދު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި ވޯޓު ދިނުމަކީ މުހިންމު ކަމެއް. ވޯޓު ނުދިނުމުން ހައްލެއް ނެތް ކަމަށް ވިދާޅުވި. ވޯޓުލާން ވަޑައިގެން ކޮންމެވެސް އެއް މީހަކަށް ވޯޓުލުން މުހިންމު ކަމަށާއި ގައުމު ބިނާ ކުރުމުގައި ހިއްސާއެއް ވާން ޖެހޭނެ ކަމަށް ވިދާޅުވި. ވޯޓުލުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތަކަށްވާ އިރު، ރާއްޖެ އިން ބޭރުގެ ގައުމުތަކުގައި ވޯޓު ނުދީފިނަ ޖޫރިމަނާކޮށްފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

 

13:20

ރައީސް ނަޝީދު ވިދާޅުވީ މިފަހަރު ވޯޓުލާ މީހުންގެ އަދަދު ރަނގަޅު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް. މިހާރުގެ އަންދާޒާ ނަތީޖާ ފެންނަ ގޮތުގައި ކޮންމެ ފޮއްޓަކަށް 400 އެއްހާ ވޯޓުލާފައިވާ ކަމަށް ނަޝީދު ވިދާޅުވި. އަދި ވޯޓުލާން ނުކުތުމަކީ ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

 

13:18

ރައީސް ނަޝީދު ވިދާޅުވީ މީގެކުރިން ލޯކަލް ކައުންސިލް އިންތިހާބުތަކުގައި 60-70 އިންސައްތަ މީހުން ވޯޓުލާ ކަމަށް. އަދި މިފަހަރުގެ އިންތިހާބުގައި ވެސް 60 އިންސައްތަ އަށް ވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

13:16

ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ހުރިހާ ކައުންސިލްތަކުން ވެސް ފުރިހަމަ އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބޭނެ ކަމަށް. އެގޮތުން މާލެ ސިޓީ ހިމަނައިގެން ހަތަރު ސިޓީ ކައުންސިލް އެއްވެސް ދަތިކަމެއް ނެތި އެމްޑީޕީން ނަގާނެ ކަމަށް ވިދާޅުވި. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެގްޒިޓް ޕޯލަށް ބަލާއިރު، މެންދުރު ކުރީގައި އެމްޑީޕީ އަށް ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށް.

 

13:09

ރައީސް ނަޝީދު ވޯޓުލައްވައިފި.

13:07

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް މިހާތަނަށް އައިިއިރު، 32 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި.

13:05

13:04

13:03

ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވޯޓުލައްވައިފި.

12:59

މާލޭގެ މޭޔަރު ޝިފާ މުހައްމަދު: މާލެ ސިޓީއަށާއި މުޅި ރާއްޖެއަށް މިހާރު މުހިންމު ވޯޓެއްގެ ބޭނުން ރައްޔިތުން ހިފުން ނުހަނު މުހިންމު. ހޮވިވަޑައިގަންނަވާ ކައުންސިލަރުންނާ މޭޔަރުންގެ އިހްލާސްތެރިކަން ފެނިގެންދާނެ ކަމުގެ އުންމީދުގައި ރައްޔިތުން ތިބި އެންމެހާ ރައްޔިތުން ވޯޓުލުމަށް ފުރުސަތުގެ ބޭނުން ހިއްޕަވާ.

12:54

ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ވޯޓުލުމުގެ ފޯރި ކުޑަ. ބެލެވޭ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން ވޯޓުލާން މީހުން ނުނިކުންނަނީ. އެކަމަކު މެންދުރު ފަހުން އަދި ފިނި ޖެހިލީމަ އެ ރަށްރަށުގައި ތިބި މީހުން ވެސް ވޯޓުލާން ނުކުތް ގާތް.

12:52

އިންޑިއާ އާއި ލަންކާގައި ވޯޓުލުން މިހާރު ފެށިގެން ކުރިއަށް އެބަދޭ.

12:50

ވޯޓުލާ މީހުންގެ އަދަދު ކުރިއަށް ވުރެ އިތުރުވާން ފަށައިފި. ބެލެވޭ ގޮތުގައި މެންދުރު ފަހުން މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވޭ. އެކަމަކު ކުރީ އިންތިހާބުތަކުގައި އެ އޮންނަ ވޯޓުލުމުގެ ފޯރި އަދިވެސް ފެންނާކަށް ނެތް.

12:44

ތ. ވިލުފުށީގައި ވޯޓުލާން ފަށައިފި. އީސީން ބުނި ގޮތުގައި އެއް ފޮށީގެ ވޯޓުލުން 11:48 ގައި އަނެއް ފޮށީގެ ވޯޓުލުން 12:15 ވަނީ ވޯޓުލާން ފަށާފައި.

12:43

ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ލިބުމަކީ މުހިންމު ކަމެއް ކަމަށާއި އިލްތިމާސްއަކީ ރިހާ ރައްޔިތުން ލަސް ނުކުރައްވައި ވޯޓުލެއްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ދެންމެ ކުރެއްވި ޓުވީޓެއްގައި.

 

12:33

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވޯޓުލައްވައިފި.

12:32

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވޯޓު ދެއްވައިފި. ޝާހިދު ވަނީ ހުރިހާ ރައްޔިތުން ވެސް ވޯޓުލާން ނުކުތުމަށް އެދިވަޑައިގެންފައި.

12:30

ދިއްފުށީގައި ވޯޓުލާން ޖެހޭ 710 މީހުންގެ ތެރެއިން 510 މީހުން ކަރަންޓީނުގައި.

12:10

ވޯޓުލާ މަރުކަޒުތަކުގައި 18:00 ޖަހާއިރު ކިއުގައި ވޯޓު ލުމަށް މީހަކު ނެތް ނަމަ، ވޯޓުލާ މަރުކަޒު ބަންދު ކުރުމަށް ކޮމިޝަނުން ނިންމައިފި.

 

12:00

ނ. ވެލިދޫގައި، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ވޯޓު ލާން، ފޮއްޓާ ހަވާލުވެ ހުރި މީހާ އެހީވެ ވަކި ގޮތަކަށް ވޯޓު ދިން ކަމަށް ބުނެ ޝަކުވާ ބޮޑުވުމުން އެ ފޮށީގެ ވޯޓުލުން މިހާރު ވަނީ ހުއްޓާލާފައި. އެމްޑީޕީ އާއި ޕީޕީއެމްގެ އޮފިޝަލުން ވެސް ވަނީ ވޯޓު ދިން ގޮތާ މެދު މައްސަލަ ޖައްސާފައި.

11:47

11:21

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ 10:45 ވީއިރު ވޯޓު ލީ އެންމެ 17 އިންސައްތަ މީހުން ކަމަށް. އެއީ 44،026 ވޯޓު. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 26،000 ފިރިހެނުންނާއި 17،000 އަންހެނުން. މި ނިސްބަތުން ބަލާއިރު އަންދާޒާކުރެވެނީ ވޯޓު ލާނީ 38-40 އިންސައްތަ ކަމަށް ކޮމިޝަނުން ބުނޭ.

11:16

މާފަރުގައި ވޯޓް ލުން ކުރިއަށް ދަނީ
މާފަރުގައި ވޯޓް ލުން ކުރިއަށް ދަނީ

11:06

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވިދާޅުވެއްޖެ.

10:59

ރައީސް ޔާމީނަށް މިއަދުގެ އިންތިހާބުގައި ވޯޓެއް ނުލެއްވޭނެ!

10:41

10:37

ށ.ގޮއިދޫގައި ވޯޓް ލުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: އަބުޅޯ

10:34

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވެސް ވޯޓް ލައްވައިފި.

10:17

އެންމެން މާލެ ދޫކޮށް ވޯޓް ލާން ކޮވިޑާއިއެކު ރަށަށް.

09:56

09:42

ވޯޓްލާން ދާންޖެހޭ މަރުކަޒު ކަށަވަރު ކުރާނީ ކިހިނެއް؟

09:18

09:13

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވޯޓް ލައްވައިފި. ޖަމީލް ވަނީ ހުރިހާ ބޭފުޅުން ވެސް ވޯޓް ލުމުގެ ހައްގުގެ ބޭނުން ކުރެއްވުމަށް އެދިވަޑައިގެންފައި.

09:09

08:51

ކައުންސިލް އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް
ކައުންސިލް އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް

08:48

ކައުންސިލް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ގެންދާ އިންޑިއާގެ ޓްރެވަންޑްރަމްގައި ވޯޓް ލުން ފަށައިފި.

08:45

މިހާތަނަށް އެންމެ މީހަކު ވޯޓް ނުލާ މަރުކަޒުތައް ވެސް އެބަހުރި.

08:44

ވޯޓް ލާން ނިކުންނަ މީހުންގެ އަދަދު ހުރިހާ ސަރަހައްދެއްގައި ވެސް ވަރަށް މަދު. އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ހުރި "ވަގުތު"ގެ މޮނިޓަރ މައުލޫމާތުދޭ ގޮތުގައި ހިތަދޫ ސްކޫލްގައި ހުރި ވޯޓް ފޮއްޓަށް ވޯޓް ލުން 07:00 ގައި ފެށި ނަމަވެސް ވޯޓް ލުމަށް އައިސްފައި ވަނީ މަދުބައެއް. އެފޮއްޓަށް ވޯޓް ލާން ގޮސް މިހާރު ކިއުގައި ބަޔަކު ނެތް.

08:29

08:26

އެންމެ ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންދިޔަ މާލޭ މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒާއި އަނަސް އަބްދުއްސައްތާރު ވޯޓްލައްވައިފި.

08:25

ރައީސް އިބްރާހިމް މިުހައްމަދު ސޯލިހު ވޯޓުލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:30 ގައި. ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވަން ވަޑައިގަންނަވާނީ މެންދުރު 13:30 އަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަން ވަޑައިގަންނަވާނީ ހެނދުނު 11:00 ގައި.

08:05

07:59

ވިލިމާލޭގައި ވޯޓް ލުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް
ވިލިމާލޭގައި ވޯޓް ލުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް

ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓް ލުން ފަށައިފިއެވެ. ސިޓީތަކާއި އަތޮޅުތައް އަދި ރަށްތަކުގެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދަނީ ކޮވިޑް-19 އާއި ގުޅިގެން ބައެއް ފިޔަވަޅުތަށް އަޅައިގެންނެވެ.

މިއަދު ހެނދުނު 07:00 ގައި ވޯޓް ލާން ފަށަން ތާވަލް ކޮށްފައި އޮތް ނަމަވެސް އަދި ގިނަ ސްޓޭޝަންތަކުގައި ވޯޓް ލާން ފަށާފައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ރަތްމަންދޫ އަދި ތިނަދޫގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން އަންނަން ޖެހިފައިވާތީ އެ ދެރަށުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:30ން ހަވީރު 5:00ށް ކަމަށެވެ.

ތ.ވިލުފުށީގައި ބަހައްޓާ ދެ ވޯޓު ފޮށީގެ ގިނަ އޮފިޝަލުންތަކެއް ކަރަންޓީނުވާން ޖެހުމާއި ގުޅިގެން، މާލެއިން އޮފިޝަލުން ފޮނުވާ ގޮތަށް އީސީން ކުރިން ނިންމި ނަމަވެސް މާލެއިން އޮފިޝަލުން ފޮނުވަން ނުޖެހި އެކަން ހަމަޖެހިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކަހެރި ކޮށްފައިވާ ފަރާތްތަކަށް ވެސް ހަވީރު 17:00 އިން 18:00 އަށް ވޯޓް ލެވޭނެއެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 273،128 (ދެލައްކަ ހަތްދިހަ ތިން ހާސް ސަތޭކަ އަށާވީސް) މީހުންނަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފުވައްމޮލޮކެ ދަށިއަޑި

    އެމްޑީޕީއަށް ނާކާމިޔާބީއަށްއެދެން!!

    31
    2
  2. ދީދީ

    މުއިއްޒު ކާމިޔާބީ އަކީ 2023 ޔަގީން ވުން

    13
  3. މިސްކިތްމަގިކޫދުން

    އެމްޑީޕީހާ ވޭ ލިކަންނަދެންނޭނީ !!

  4. ޖަޒީރާ ބޯއީ

    ރައްޔިތުންވީސްނަންވީ ވަގުތުމީ، މާތްﷲ އެއްވެސް ބައެއްގެ ހާލަތު އެބަޔަކު ބަދަލް ނުކުރަނީސް ބަދަލް ނުކުރަށްވަތެވެ.