ކައުންސިލް އިންތިޚާބުގެ ވޯޓް ލުން މިއަދު ފެށިގެން ކުރިއަށް ދާއިރު ހާއްސަކޮށް މާލޭ ސަރަހައްދުގައި ވޯޓްލާ މީހުން ވޯޓްލާން ދިއުމުގެ ކުރިން ވޯޓްލާން ދާން ޖެހޭ މަރުކަޒު ކަށަވަރު ކުރަން ޖެހެއެވެ. ވޯޓްލާން ދާން ޖެހޭނެ މަރުކަޒު ކަށަވަރު ކުރާނީ ކިހިނެއް ހެއްޔެވެ؟

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ވޯޓްލާ މަރުކަޒު ކަށަވަރު ކުރުމަށް VR ޖެއްސެވުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި އައިޑީކާޑް ނަމްބަރު ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓްލާން ދާން ޖެހޭނެ މަރުކަޒު އެސްއެމްއެސް އަކުން ލިބޭނެއެވެ.

ކުރީގެ އިންތިޚާބުތަކުގައި އަތޮޅުތެރޭގެ ވޯޓް ފޮށިތައް އާއްމުކޮށް ބަހައްޓާ މަރުކަޒުތައް މިފަހަރުގެ އިންތިޚާބުގައި ވަނީ ބަދަލުވެފައެވެ.

މާލޭގައި ވަނީ ވޯޓްލާ މަރުކަޒުތަކެއްގެ ގޮތުގައި ތިން ސަރަހައްދެއްގައި ފަސް ޓެންޓެއް ވެސް ބަހައްޓާފައެވެ. ނަމަވެސް އޭގެ އިތުރުން ސްކޫލްތަކުގައި ވެސް ވޯޓް ލުން ކުރިއަށް ގެންދާނެއެވެ.

މިއީ މިކަހަލަ ޓެންޓްތަކެއް ހަދައިގެން ވޯޓު ލާ ފުރަތަމަ ފަހަރެވެ. މި ޓެންޓްތައް ބަހައްޓަނީ އިންތިހާބު ބާއްވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އުސޫލުގައި، ވޯޓު ފޮށިތަކަށް ވޯޓު ލާ މީހުންގެ އަދަދު މަދުކުރަން އަންގާފައި އޮތުމުންނެވެ.

މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ ކޮމިޓީގެ އިންތިހާބު، މި އަހަރުގެ އޭޕްރިލް މަހަށް ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެނެވެ.

މިއަދު ހެނދުނު 07:00 ގައި ވޯޓްލުން ފަށަން ތާވަލް ކޮށްފައި އޮތްނަމަވެސް މީހުން ވޯޓްލާން ނުނިކުތުމުން އެގަޑީގައި ގިނަ ސަރަހައްދުތަކުގައި ވޯޓް ލުން ނުފެށެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    ތި އިސްތިހާރު ކުރާނެކަމެއް ނެތް. ތި ވެސް ލާރި އަށް ކުރެވޭ ކަމެއް އެސް އެމް އެސް ކުރީމަ ރފ ކަނޑަނީ . އެކަމް ރައްޔަތުންނާ ދޭ ހިދުމަތް.

  2. ހާދަހާ

    އަދި ހަމަ ތިޔަ ނަންބަރަކަށް ނުދޭ ޝަރީފޫ.

  3. ހައްގު

    ވޯޓުލުމަކީ ކޮންމެ ރައްޔިތެއްގެ ހައްގެކޭކިޔާފަ، ވޯޓްލާން ދާންޖެހޭތަންވެސް ބަލަން މިޖެހެނީ އަތުން -/1ރ ހަރަދުކޮށްގެން. އީސީގެ ދައުރެއްނޫންތަ އެމީހަކުދާންޖެހޭތަން އެމީހަކަށް އެންގުމަކީ