މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ލުމުގެ ފުރުސަތު މިއަދު ލިބިވަޑައެއް ނުގަންނަވާނެއެވެ. ސަބަބަކީ ރައީސް ޔާމީން މާފުށީ ޖަލުގައި ވޯޓް ލެއްވުމަށް ރަޖިސްޓްރީ ވެވަޑައިގެންފައި ނުވާތީއެވެ.

މައްޗަންގޮޅި މެދު-1 ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރޭގައި ޔާމީންގެ ނަންފުޅު އެބައޮތެވެ. އެހެންކަމުން އެމަނިކުފާނަށް މިއަދު ވޯޓް ލެއްވޭނީ މައްޗަންގޮޅި މެދު-1 ވޯޓް ފޮއްޓަށެވެ. ޔާމީން މާފުށީ ޖަލުގައި ވޯޓް ލެއްވުމަށް ރަޖިސްޓްރީވެ ވަޑައިނުގެންނެވީ ކަމެއް ނުވަތަ ރަޖިސްޓްރީ ވުމަށް އެކަށީގެންވާ ފުރުސަތެއް ލިބިވަޑައިނުގެންނެވީ ކަމެއް ސާފެއް ނުވެއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ޔާމީން ވޯޓެއް ނުލައްވައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލަން ތައްޔާރުވެފައި ވަނިކޮށް ބުރާސްފަތި ދުވަހު ޔާމީން ވަނީ ދަރިކަލުން ޒޭން މެދުވެރިކުރައްވާ ހާއްސަ މެސެޖެއް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ފޮނުއްވާފައެވެ. އެމެސެޖްގައި ޔާމީން ވިދާޅުވީ މިހާރަށްވުރެ ވަރުގަދަކޮށް އެމަނިކުފާނު އަދި އެނބުރި ވަޑައިގަންނަވާނެއެވެ.

އެމެސެޖްގައި އެމަނިކުފާނު ވިދާޅުވީ ބޭއިންސާފުގެ ކުރިމަތީގައި އެމަނިކުފާނު ކުޑަކަކޫ ޖަހާނެ ގޮތެއް ނޯންނާނެއެވެ. ޔާމީން ވިދާޅުވީ ނުހައްގުން ޖަލުގައި އިންސާފު ނުދީ އެމަނިކުފާނު ބަހައްޓައިގެން މި އުޅެނީ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެ ކަން އެނގޭތީއެވެ. "އަޅުގަނޑަށް އަނިޔާކޮށް، ކުޑަގޮޅިއަށް ލައިގެން މި އުޅެނީ ކުށެއްކޮށްގެން ނޫނެވެ. ނުހައްގުން ޖަލުގައި އިންސާފު ނުދީ އަޅުގަނޑު ބަހައްޓައިގެން މި އުޅެނީ ތިޔަލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެ ކަން އެނގޭތީ އެވެ."

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މާވަޑި ފަލާހް

    އަމިއްލަފުޅު އެކައުންޓައް 1މިލިޔަން ޑޮލަރު ޖަމާކޮށް އޭގެއިން ވިޔަފާރިކޮށް މަންފާހޯދުމަކީ ކުށެއްނޫނޭތޯ ތިވިދާޅުވަނީ، އަޅުގަނޑުމެންނަށް މަނިކުފާނުދައްކާވަހަކަ ތަކަކީ އާވާހަކަތަކެއްނޫން، މަނިކުފާނު ނޫންތޯ ވިދާޅުވީ ބެންކޮކުން ހޯދާ އަންހެންކުދިންނަކީ ހިލޭ އަންހެނުންނެއްނޫނޭ، މަނިކުފާނު ނޫންތޯ ވިދާޅުވީ ގެއަށްވަންނަ ފައިސާ އެއީ ހަލާލުފައިސާތޯ ހުދު އަނބިމީހާވެސް ނާހާނޭ، މަނިކުފާނު ނޫންތޯ ވިދާޅުވީ ނޫހުގެ ފާނުގެ ނައުކޮޅުދުއްވަނީ ޕިންކު ކުލައިގެ ކުދިންކޮޅޭ، މަނިކުފާނު ނޫންތޯ ވިދާޅުވީ ވައްކަމާ ޑުރަގު ބޭނުންކުރުން ޤާނޫނުގައި ކުށެއްނޫންކަމައް ލިޔާށޭ ތިމަންމަނިކުފާނު އެގޮތައް ތަންފީޒްކުރާނަމޭ، މަނިކުފާނު ނޫންތޯ ވިދާޅުވީ ތިމަންމެންނަކީ ﷲގެ ދެވަނަ ދަރިންނެއްނޫނޭ، އަދިވެސް މިފަދަ އެތަކެއްވާހަކައެއް މިނިކުފާނުހުރީ ދައްކާފަ

    14
    61
    • ޖަޒީރާ ބޯއީ

      ތަނެއްދޮރެެއް އެގެނީކީނޫން ހިތަށް އަރާހާއެއްޗެއް ކިޔެލުމަކުން އަދި ހަގީގަތް ފޮރުވުނީކީނޫން، ހުދު ކަލޭގެ އަންހެނުންވެސް އަހާނުލާގެ ކަލޭ ގެއަށްވައްދާ ފައިސާ ހަލާލުތޯ ނޫންތޯ، ބެންކޮކަށް ލައްކަ ގޮސްފަތާތިހުރީ އެކުދީން ހަލާލުކުރަން، ތިވާނީ މިއުޅޭ އަބަދު ހަމައިގައި ހުންނަން ނުޖެހޭ ބައިގަޑުގެ އެއްޗަކަށް.

      4
      2
  2. އެމީހާ

    ޢެހެން މީހުންނަށް ވޯޓްލާން ރަށަަ އްދެވޭ
    މަޖާކަމެ އްތާދޯ

    39
    7
  3. ފާތުމަ އެޅި މިސްކިތް ހުޅުމާލެ

    ތިސޮރު ބާ އްވާ އަނދަ ގޮޑީ ގަ އި

    13
    51
  4. ޔާނު

    ރަޖިސްޓަރ ނުކޮށް އޮވެފަ އަދި މެސެޖްތައް އެބަ ފޮނުވައެއްނު

    14
    37
  5. ދިވެހިސޮރު

    ސާބަހޭ ައީސް

    26
    12
  6. ބޮޑާބެ

    ނުލެއްވޭނޭ؟ ކިބުރުވެރިކަމުން ހައްދު ފަހަނައެޅީމަ ވާނެ ހުރިހާ ގޮތެއްވެސް

    9
    38
  7. ޖޯރޭ

    "ނުހައްގުން ޖަލުގައި އިންސާފު ނުދީ އަޅުގަނޑު ބަހައްޓައިގެން މި އުޅެނީ ތިޔަލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެ ކަން އެނގޭތީ" -- ހޯހޯ އަޅުގަނޑުގެ ހައްގު ހޯދާނީ މަނިކުފާނު ތި ގޮޅީގައި އޮވެގެން.

    12
    36
  8. މަލިކާ

    meemagey raahje!

    9
    7
  9. ގަޓޭ

    ތި ވާނީ މަބޮޑޭ އަމިއްކައަށް ރަޖިސްޓަރީ ނުވީކަމަށް.

    9
    26
  10. އަލްޖިބްރާ

    ހިސާބަށްވުރެ ކިބުރުވެރި ބޮޑާ މީހުންނަކީ އެހެންމީހުން ކުރާ އެއްވެސްކަމެއްގައި ބައިވެރިވާނެ ބައެއްނޫން !މިދިޔަ ފަހަރުވެސް ވޯޓް ނުލީ ކަލޭގެ ކިބުރުވެރިކަމުން ! ކަލެއަށް ކަންތަށް ކުރަން އެގެނީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ! އެކަމަކު އަދިވެސް " މިއީ މަގޭ ރާއްޖެ" އޭ ގޮވަންވީނު ؟ މީ ކަލޭގެ ރާއްޖެއެއް ނޫން ! މީ ދިވެހިންގެ ރާއްޖެ !

  11. އެމަންޖެ

    ސާބަހޭ ޔާމީން އަޅުގަނޑުގެ ހުރިހާ ވޯޓެއްވެސް މޑޕއާ އިދިކޮޅައް ލެއްވީ.