ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީން ސްކޫލްގައި ހުރި ޅ. އަތޮޅު ދާއިރާގެ ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަކީ އްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މުހިންމު އިންތިހާބެއް ކަމަށެވެ. އެހެންވެ، ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނުކުމެ، ވޯޓުލުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް މިހާރު އޮތީ ލިބިފައި ކަމަށާއި އެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން މިއަދު ވޯޓު ދިނުން މުހިންމު ކަން ފާހަގަކުރެއްވިއެވެ.

ވޯޓުލާން އަންނަ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ އެހާ ގިނަ ބަޔަކު ވޯޓުލާން ނުނިކުންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހެދި ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު، މެންދުރު ފަހުން ވޯޓުލާން އަންނަ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ހަތެއް ޖެހި އިރު، ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަށައިފައެވެ.

ރައީސް ވިދާޅުވީ މާލޭގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރު 60 އިންސައްތަ އިން ނަންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް މި އިންތިހާބުގައި ވެސް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މަސްއޫދު

  ވޯޓޫން ވައްކަން ކޮށްގެން ލިބިދާނެ! އެހެންގޮތަކުން ނުލިބޭނެ ކަން ކަށަވަރު! ރައްޔިތުން އެމްޑީޕީއަށް ކައުންސިލްތައް ދޭންޖެހޭވަރުގެ ޚިދުމަތެއް ނުކިޔަވައިހުރި ޖާހިލު މީހާ ކޮށްފައެއްނެތް!

  70
  8
 2. ސސ

  ކެމްޕޭން ކުރުން މަނާ ގަޑީގައިވެސް ރައީސް މަނިކިފާން ހަމަ ކެމްޕޭން ކުރައްވަނީތޯ ؟

  68
  5
 3. ކަނަމަނަ

  ވަގުވޯޓުން ލިބޭކަމައް ވައްޏާ ލިބޭނެ

  58
  5
 4. ސަކީ

  އެބުނުއްވާ ވާހަކަ ގަބޫލު ކުރެވޭ. އެއީ މޑޕ މީހުން އާންމުކޮށް ވޯޓުލާން ގޮސްތިބީ، އެހެން މީހުންނަކަށް ނުކެރުނު ވޯޓުލާން ދާކަށް. އެހެންވެ މިފަހަރު މޑޕ ކެންޑިޑޭޓުން ހޮވޭނީ..

  15
  41
 5. އިސްތިއުފާއޭ

  ރައީސް އިބޫގެ ސަރުކާރު ވަނީ ފެއިލް ވެފައި ލޯކަލް ކައުންސިލް އިންތިޚާބަށް ރައްޔިތުންނަށް ވޯޓް ފޮއްޓާއި ހަމައަށް ދެވޭނެ ގޮތް ހެދުމުގައި އެޗްޕީއޭ ކިޔާ ތަނެއްގައި ތިބި ކޮރަޕްޓް ޑޮކްޓަރުން ތަކެއް އެމެން ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަން ވެގެން ކޮވިޑޭ ކިޔައިގެން މުޅި ރާއްޖެ ބަންދުކޮށްގެން ތިބެން ފުރުސަތު ދިނީ އެއީ ރައީސް އިބޫގެ ނާގާބިލް ކަމުންނޭ ގަޓް ރައީސެއް ހުރި ނަމަ ރިސްކް ނަގައިގެން އަމިއްލަ އަށް ޑިސިޝަން މޭކް ކޮށްގެން ރާއްޖޭން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެއޭ ރައީސް އިބޫގެ ސަރުކާރުގެ ކަމަކީ ކޮވިޑް އިން ވައްކަން ކުރުމޭ ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ ރައީސް އިބޫ އިސްތިއުފާ...

  44
  2
 6. ކޮވިޑް

  ވޯޓުން ވައްކަން ކޮށްގެން ނޫން ގޮަތަކުން އިންޝާﷲ ލާހިކު ކުޅަދާނަ ނުވާނެ ތިކަމެއް ކުރާކަށް . އެމް.ޑީ.ޕީ އަކީ މިފަހަކަށް އައިސް ވޯޓުން ވައްކަން ކޮށް ގެން ގޮޑި ހޯދާ ޕާޓީ އެއް. ޝަރީފް އާ އިންޑިޔާގެ އެހީގަ.

  49
  5
 7. ފެއިލްޑް

  ވޯޓު ލާނެ ބަޔަކު ނެތް، ފޯރިއެއް ވެސް ނެތް ނަމަ މިއިން އަންގާދެނީ އެއީ ސަރުކާރު އޮތީ ފެއިލް ވެފައި ކަމަށޭ ރައީސް އިބޫގެ ސަރުކާރު ވަނީ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ ފެއިލް ވެފައޭ

  42
  4
 8. ހުސެއިން

  ވަރަށް ތެދުވާހަކައެއް އަސްލު ވޯޓުލަނީވެސް މޮޔަކަމުން. އަހަރުމެން އެމްޑީޕީން ނަގާނެ މީތި.
  މިހާލަކަށް ކާޅަކަށް ބިސް ނޭޅޭނެ. މިއަހަރުމެން ގެ ހާލި. މިކަން އޮތީ ނިމިފަ. ހަޅޭލަވާފަ ވޯޓްލިޔަސް މީ ހަމަ އެމްޑީޕީގެ ވޯޓެއް. ދުވަހަކުވެސް ދެނެއް މިހާޔަކަށް ކާޅަކަށް ބިހެއް ނޭޅޭނެ.

  6
  10
 9. އަލީމޫސާ

  ވޯޓް ކަރުދާހުގެ މޮޅުކަން އަސްލު. ކަރުދާސް ހަދާމީހުންގެ މޮޅުކަން. އަސްލު ދެއްކުމަސް ލާއެއްޗެއް މީ.

  4
  2
 10. މިއަދު

  މިފަހަރު ނަގާނެ އިދިކޮޅަށް ވޯޓުލާންތިބި އެތައް ބައެއްގެ ފުރުސަތުވަނީ ނަގާލާފައި މިރަށުންވެސް އިދިކޮޅަށް ވޯޓުލާނެކަން އެނގޭތީ އަލަށް 18 އަހަރުފުރު މީހެއްވެސް އޮތީ އެހެންރަށަކަށް ބަދަލުކޮށްފައި މިއީ އިންތިޚާު ކާމިޔާބުކުރުމަށް ހީލަތުން މަކަރިއްޔާގެ 3 ވަނަ ބާބުގެ 255ގެ ހ ގެދަށުންހީލަތުންއޮޅުވާލުމުގެދަށުން ހިންގި ބޮޑު ޖަރީމާއެއް

  10
  2
 11. ހުސެއިން

  މިހާ ޔަގީން ކޮއް ބުނެލަން އެކެރެނީ މިވޯޓް އެމްޑީޕީ އަށް ލިބިފައި ވާކަމުގެ ހެކި. މިރާއްޖޭގައި ދުވަހަކުވެސް އެހެން ބަޔަކަށް ވޯޓެއްނުލިބޭނެ. އޭ އެމްޑީޕީގެ މިލްކެއް. 100 އަހަރުވަންދެން މިަކން މިގޮތަށް އޮންނާނީ. ސަލާމް.

  8
  5
 12. ކޔ

  އިންޝާﷲ

  4
  6
 13. އަނިލް

  ބަލަ ވޯޓުލާ ސަރަހައައްދުގައިވެސް ކެމްޕޭނު މަނިކުފާނަށް ކުރެވޭތޯ ކޮބާތޯ އިލެކްސަން ކޮބާތޯ މީޑިއާތައް ތިގޮތަށް އިދިކޮޅުން ވޯޓުލާމަރުކަޒުގައި އެއްޗެކޭބުނެފިނަމަ މީޑިއާތަކާއި އިލެކްސަނުން އަނގަތައްފަޅާއިގެން ދާނެ ވަގުތުން

  11
  3
 14. އޮޅުވާލި

  ހީނުކުރާތި ކޮންމެފަހަރަކު ވޯޓުއޮޅުވާލައިގެން ކާމިޔާބުވާނެކަމައް އިންޝާﷲ އެކަމެއްނުކުރެވޭނެ މިފަހަރަކު

  14
  4
 15. ގަރާރު

  ވޯޓްފޮށިކައިރީގައި ބައިމީހުން ނުފޫޒުފޯރުވަނީ މަކަރުން ކާމިޔާބު ހޯދަންވެގެން

 16. އެމަންޖެ

  ތިހާ ޔަގީން ކަމާއެކު ތިޔަހެން ބުނަން ކެރޭނީ ވޯޓުގެ އަޑީގަ އޮޅުވާލުން ތަކެއް އޮޅުވާލާފަ އޮތީމަ.