އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެން އެ ތަންތަނުގައި ވޯޓުލުން ކުރިއަށްދާ ގޮތް އޮޅުން ފިލުވާ މައްސަލަ ހޫނުވެ، ބައެއް އާންމުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ނަޝީދު ވަޑައިގަތުމުން އެތަނުގައި ތިިބި ބައެއް އާންމުން ރުޅިގަދަވެ އެމަނިކުފާނަށް ރައްދު ދޭ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އަރިހުގައި ރައީސް ނަޝީދު ކަލާފާނު ސުކޫލު ބޭރުގައި ހުންނެވި ތަނެވެ.

އެތަނުން އެކަކު "ތިބޭފުޅާ ކެންޑިޑޭޓުން އަތުގައި ހިފައިގެން ވަޑައިގަތުން ހަޑި" ކަމަށް ބުނާ އަޑު އިވިއެވެ. އަދި ނަޝީދާއެކު ފަސް މީހުންނަށް ވުރެ ގިނަ މީހުން ތިއްބެވި އިރު، ކޮވިޑް-19 ނުފެތުރެނީތޯ ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ތިބި ބައެއް އާންމުން ތުހުމަތު ކުރަމުން ދިޔައީ ނަޝީދު ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާ ކަމަށެވެ.

އާންމުންގެ ނުރުހުން އަމާޒުވުން ނަޝީދު ވަނީ ޒުވާބް ނުކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް ނަޝީދު ވިދާޅުވުމުން އާންމުން ބުނަމުން ދިޔައީ ރައީސް ނަޝީދަށްވެސް ބޭނުންފުޅުވާ ގޮތަކަށް ކަންކަން ނުކުރެއްވޭނެ ކަމަށް ބުނެ އާންމުން ނަޝީދަށް ރައްދު ދިނެވެ.

ނަޝީދު ގެންދަވަނީ އެމްޑީޕީގެ ކުލަ ރަމްޒުކޮށްދޭ ރީނދޫ ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން، މިއަދު ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ކަމަށް ވިދާޅުވެ މަރުކަޒުތަކަށް ވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކުޅިރީހާނު

    އަސަރެއް ކުރާނި

    2
    43
    • ކެހިވެރިން

      އިންޑިޔާއިން ދިން ކަޅުފައިސާ ބަހަނީ ލާދީނީ ބޮޑުވަރުތީ ވެރިކަމާހެދި 2ފަޔަށް ހިނިއަރާގެން ތެޅިބާލަނީ މޑޕ އަށް ދޭވޯޓަކީ ނަރަކާގެ އަލިފާން ސީދާ އިސްލާމްދީނާ ރސއވ ފުރައްސާރަ ކުރާ ބައިގަނޑެއް ދިފާއުކުރާ ކެހިވެރި މުނާފިގުންގެ ޕާޓީ

      11
    • ޒަކް

      އެހެން ދިވެހި ރައްތިޔުންނަށް ދެވޭވގޮތަށް ނަޝީދަށް ވެސް ދެވޭނެ ހަމައެކަނި މަނާ ސަރަހަށްދަށް ނުވަދެވޭނީ.. ޒަކް

      2
      4
  2. ހުސެން ޝަފީޢު

    ގޮށް ރީނދޫ ޤައުމިއްޔަތުގެ ބާނީ އަށް ކެތެއް ނުކުރެވޭނެ. ރަދީފް ބައްލަވާ އެމްޑީޕީގެ މާނަ. އަޅުގަނޑު ރޭގައި ބެލިއިރު އިނީ މިހެން

    އެމްޑީޕީ ؛. ގޮށްރީނދޫ
    2. ގއ. ޏ. ގޮޓެރީނދެލަ
    3. ޙަޤީޤަތާއި ޚިޔާލީފޮލާ އާއި ދެމެދު 24 ގަޑިއިރު ހަމަހޭގައި ނުތިބެ ކެނެރީގޭ ނަޝީދުގެ އޯބިޓުގައި އެނބުރޭ ގޮށްރީނދޫ ބައިގަނޑެއް

    37
    2
  3. އެޖެންޑާ 10

    ރީދޫ ބު އްޅަބެ ލާރި ބާހާ ނުފޫޒު ފޯރުވަނީ

    40
    5
  4. ޒާ

    އީސީ ސަރީފު އޮތީ ވަގަށް ބަލަން. މީ ރޭވިގެން ހިންގާ ޖަރީމާ. ކީއްވެ ނުހުއްޓުވެނީ؟

    43
    3
    • ކޮވިޑް

      ނުހުއްޓުވާނެ އިންތިހާބު ކާމިޔާބު ނުވާނެކަން ޔަޤީން ވީމަ ހަޑިހާވަނީ އޭރަށް ދޯ އަންނި ބުނާނީ އިންސާފް ވެރި އެއް ނޫނޭ، އަލުން އިންތިހާބު ބާއްވާށޭ، މިކަހަލަ ހުރިހާ ނުލަފާ ޖައްބާރު ކަން ކަން މި ނަޝީދު ކުރަމުން އެ ދުވަނީ.

      9
      1
  5. ކިނބޫ

    މީ ދެން ތަންކޮޅެ އް ބޮޑުވަރު ރީދުލުން ޖަރީމާ ވެގެން ވޯޓްލާ މަރުކަޒު ތަކަށް ލާރި ގޯނިހިފާން

    35
    2
  6. ލޮލް

    މާތްކަލާކޯ، 1000 ގޮނޑިޔާއި 4 ސިޓީގެ މޭޔަރުން އެމްޑީޕީއަށް ލިބޭނެކަމަށް ބުނެފައި ދެފަޔަށް ހިނިއަރައިގެން މިއުޅެނީ ކީއްވެބާ؟ ތިހާ ޔަގީނަކަން އޮތްކަމެއްގައި މަގުމަތީ ލާހޫރެން ނުގޮސް ގޭގައިއޮވެބަލަ.

    41
    1
  7. ޓިނު ދޮންބެ

    މީދެން ގައުމަށް ޖެހިފައިހުރި މުޞީބާތެއް ކަހަލަ ކަމެެއް..ކޮބަ ފުލުހުން އެމީހު8ން ފެއިލްވީ

    38
    1
  8. ޒުވާބު

    ލަދުކުޑަ މީިހެއް

    44
    2
  9. އިލްޔާސް

    އިއްލަޓޭ ! ކަލެއާޢި އަންނި މިއަދު ތިއުޅުނިގޮތް ހަޑި. އިގޭތޯ؟؟؟؟؟؟
    ހާދަ ކަޑަބައެކޭ.
    ބަލަގަ އަންނި މާފުއްޕާލާފައި ހުރިހާތަނަކަށް ތިވަންނަނީ ހެެޔޮބުއަދީގައިތަ؟

    32
    1
  10. ދޮންދީނާ

    ދިވެހި އަންހެންވެރިންނާއި ނުކުޅެވޭނެ.!
    އެމީހުން ރުޅިއައިސިއްޔާ ނަޝީދު ހުރިތަނަށް އޮރިޔާން ވެސް ކޮށްލަފާނެ. ޙައްހްއް

    41
    1
  11. އުގުރި

    މިއީ މިގައުމަށް ޖެހިފައި ހުރި ހަލާކު އަދި ބޮޑު ބަލާ..

    46
    2
  12. އަލީމޫސާ

    ފިަލްންވެގެން ވަޅަށް ފައިބާ މީހުން މިގައުމުގަ ވަރަށް މަދުވާނެ. އަސްލު ބޭނުމަކީ ދެއްކުން މި ވޯޓް ލާން ދާނެކަމެއްވެސް ނެތް. ދިޔަސް މިކަން ކާމިޔާބު ނުވާނެ.ސަބަބު ވަރަށް ގިނަ.

  13. އެމަންޖެ

    މިގައުމައް ޖެހިފަހުރި އެއްމެ ނުރައްކާ ބަލިމަޑުކަން ކެނެރީގެ ނަޝީދު.