ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އެއްވެސް ދަތިކަމެއް ނެތި އެމްޑީޕީ އަށް ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާތަނަށް ލިބުނު އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުން، ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެގްޒިޓް ޕޯލަށް ބަލާއިރު، މެންދުރު ކުރީގައި އެމްޑީޕީ އަށް ވަރަށް ބޮޑު ތާއީދެއް ވަނީ ލިބިފައެވެ.

ނަޝީދު ވިދާޅުވީ މީގެކުރިން ލޯކަލް ކައުންސިލް އިންތިހާބުތަކުގައި 60-70 އިންސައްތަ މީހުން ވޯޓުލާ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވިޔަސް، މިފަހަރުގެ އިންތިހާބުގައި ވެސް 60 އިންސައްތަ އަށް ވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރުގެ އަންދާޒާ ނަތީޖާ ފެންނަ ގޮތުގައި ކޮންމެ ފޮއްޓަކަށް 400 އެއްހާ ވޯޓުލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވޯޓުލާން ނުކުތުމަކީ ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިފަހަރުގެ އިންތިހާބުގައި ވޯޓު ދިނުމަކީ މުހިންމު ކަމެއް. ވޯޓު ނުދިނުމުން ހައްލެއް ނެތް، ކޮންމެވެސް އެއް ފަރާތަކަށް ވޯޓު ދޭން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމު ބިނާ ކުރުމުގައި ހިއްސާއެއް ވާން ޖެހޭނެއެވެ. ވޯޓުލުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތަކަށްވާ އިރު، ރާއްޖެ އިން ބޭރުގެ ގައުމުތަކުގައި ވޯޓު ނުދީފިނަ ޖޫރިމަނާކޮށްފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފުސް

    މަހެއް ލިބޭނީ

    30
    1
  2. ގައުމު ދެކެ ލޯބިވާ

    ތެދެއް ތިވިދާޅުވީ
    އެމްޑީޕީ އަށް ވޯޓުނުދީ އެހެން އެއްވެސް ޕާޓީއަކަށް ވޯޓްދޭން ހެޔޮވެސް ނުވާނެ.ރައްޔިތުންނައްޓަކައި ހާދަ ފައިސާއެކޭ ރައްޓެހިންނަށް ދީ ހުސްކޮށްލީ

    37
    6
  3. ހާލުފޮޅި

    މަކަރާއި ހީލަތުން އެއްޗެއް ލިބެންޏާ ލިބޭނެ...

    10
  4. ބަޝީރު

    ހުރިހާ ވޯޓެއް ނަގަނީ މިހެން. މީ އަހަރުމެންގެ ވޯޓް. އެމްޑީޕީ އަށް ވޯޓުދިނުމަކީ މަޖްބޫރުކަމެއް. ޑިމަކުރަސީގެ ރަަސްގެފާނު. މިވޯޓް އެމްޑީޕީ ކަހާނުލާނެ ގޮތެއް ނޯއްނާނެ.
    މި ހާއްޔަކަށް އެހެން އެއްވެސް ބަަޔަކަށް ބިހެއްނޭޅޭނެ.

    2
    5
  5. ރީންދޫ މަކުނު

    ތީ ތަނެއްގަ ހުރި ބުރާންޗެއް މީނަ ހީކުރަނީ މީނަގެ އަވާގައި އެއްމެންޖެހޭނެކަމަށް ، ހޭ ބަލިވެގެ ނުތެޅޭ ރައްޔިތުން މިފަހަރު ދައްކާނެ ތިއޮތް ތާއީދު ،

  6. ނިޝާން

    އަސްލުވެސް ތީހަމަތެދެ ްްއއއ އޑޕ އަށް ވޯޓުދޭމީހުން ގިނަވާނެ އަދި ލިބޭ ގޮނޑިތަ އެވެސް ގިނަވާނެ މަގޭ ދުޢާ އަކީ އެ އެންމެން ނަ އއް ހެޔޮވިސްނުން ދެ އްވާށި. އާމީން

    5
    1
  7. އެމަންޖެ

    ތިކަމުގަ ނަޝީދުމެން އޮޅުވާލުންތަކެއް އޮޅުވާލާފަ އޮވެގެން ތިޔަހެން ބުނަން ކެރޭނީވެސް.

  8. ހުސެން

    ދަތި ނޫން ކަމެއް ނޭގޭ.ކަލޭ ފައި އެއްތާކު މަޑެއް ނުޖެހޭ.ހީވަނީ އަހެއްގެ ނިގުލަށް މިރުސް ދުން އެޅިގެން އުޅޭހެން.ނާ މީނާ ގެ ޕާޓީ އާއި މީނާ ގެ ބާރުގައި މުޅީ ދައުލަތުގައި އޮވެފަ ދަނޑުގައި ބޯޅަ ކުޅެ އަނެއް ޓީމެއް ރަތް ކާޑޫ ދައްކާފައި މުޅި ދަނޑުގައި މީނާ ބޯޅަ ކުޅެ ގޯލްޖަހާނެ ވަރަކަށް ޖަހަންވީ .ބައިކޮޅަށް ވެސް ޖަހަންވީ.މުއިއްޒު އެކަނި ޕީޕީއެމުން ވާދަ ކުރީ.ދެން ތިބަ ޕީޕީއެމް ކެންޑިޑޭޓުން ކެމްޕޭނުކުރާނެ ފާއިސާކޮޅެއް ނެތްތާ ކެމްޕެއިނަށް މަގުމައްޗަށް ނިކުމެނުދީ ހިފައްހައްޓައި ދަޢުލަތުގެ ހުރިހާ ވަސީލައްތަށް ބޭނުންކޮށްގެން އެމްޑީޕީ ތެޅޭ ފާޑޫ ދޯ ދެން.ކަލޭ ނިކަން ފަސޭހަ ކޮށް ބަލިކޮށްފަ ގެއަށް ދިވެހިން ފޮނުވާނީ 2023 ގައި.އެއަށް އަހުރަމެން މި ތައްޔާރުވަނީ.3 އެތި ދީފާ ބަލިކުރާނީ 2023 ގައި ހެޔޮ ބަރުލަމާނީ އަށް ވިޔަސް ރަސްކަމެއް ވިޔަސް ނޫނީ ކޮމިއުނިޒަމް ގެނެޔަސް .ފޮށާގަނޑެއް ތަޅާހެން ބަލިކޮށްފަ ގެއަށް ފޮނުވާނީ.ކާކު ލޯކަލް އިންތިހާބުގައި ކަލޭމެނާ ވާދަކުރަނީ.މިޔަކީ މާ މުހިންމު އިންތިހާބެއް ނުން ޕީޕީއެމް އަކަށް .ވޯޓުގެ އަދަދު ބަލާތި ބުއްޅަބޭ.ދިވެހިން ކަލޭ ސައިޒުކުރާނެ.އިންޑިއާއައުޓްވެސް ކުރާނެ

  9. ހުސޭނު

    ލިބިގެންވެސް ރައްޔިތުންށް ވާނެ އެވެސް ފައިދާއެއްނެތް ކަން ޔަގީން.