މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު ލައްކައަކަށް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އައިިއިރު، ވޯޓުލާފައި ވަނީ 100،529 މީހުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު، މިފަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ދެމެދުގައެވެ. އެ ދެ ޕާޓީގެ ކެންޑިޑޭޓުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ފޯރިއާ އެކުގައި ވަނީ ކެމްޕެއިން ކުރައްވއަިފައެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.