މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒެެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ގިޔާސުއްދީން ސްކޫލްގައި ހުރި ދޮންކެޔޮގަނޑެއް ފުލުހުން ގެންގޮސްފިއެވެ.

މިހާރު މީސް މީޑިއާގައި ދަނީ ފުލުހުން އެ ދޮންކެޔޮގަނޑު ގެންދާ މަންޒަރު ފެންނަ ފޮޓޯއެއް ދައުރުވަމުންނެވެ.

ފުލުހުން ވިދާޅުވީ، އެ ސްކޫލްގެ ގޯތިތެރޭގައި ހުރި ދޮންކެޔޮ ގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު 14:52 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ދޮންކެޔޮ ގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނި ވޯޓާއި ގުޅުވައިގެން ކަމަށް ބެލެވޭ ގޮތަށް އެއްޗެހި ބެހެއްޓުމަކީ މަނާކަމެއް ކަމަށް ވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    ޖޯކް އޮފް ދަ ޑޭ. ބަލަ ރީންދޫ ގަނީސް ލައިގެން އަންނި މަގުމަތީ އަންހެނުން ނާ މައްލަ ކުރި އިރު ނުގެންގޮސް ކެޔޮގަނޑު ގެންދިޔާޢީ ދަޅަ ދައްކަން ވެގެން.

  2. އަނިޔާ

    ރީދޫވީމަ ކާންނުވާނެތީ

  3. ހުސޭނުބޭ

    އެޗްޕީއޭ ގެ އަމުރުގެ ދަށުން ދޮންކެޔޮގަނޑު 1000 ރުފިޔާއިން ޖޫރިމަނާކުރޭ!

  4. އަލީ

    ބިސްކޯދު މޮޑެންތޯޗެ؟؟؟

  5. ޢަދުރޭ

    ފުލުހުން ބުނީ ކޮވިޑްޖެހިފަ އި އޮތް ކެޔޮގަނޑެކޯ އެއީ

  6. އެމަންޖެ

    ދެދުވަހު ކެއުން ލިބުނީދޯ.

  7. މިއަދު

    ތިކެޔޮގަނޑު އުފުލި ފުލުުސްމީހާގެ ވަޒީ އަށް އޮތީ ކިތަށްދުވަސްބާ؟