ދައުލަތުގެ ވެރިން ނުސީދާކޮށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލު މެމްބަރު އަަހުމަދު ސިއްދީގު ވިދާޅުވީ، މި އިންތިހާބުގައި ދައުލަތުގެ މީިޑިއާ އާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން، ދައުލަތުގެ ވެރިން ނުސީދާކޮށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ކަމަށެވެ. އަދި މިއީ ސީރިއަސް މައްސަލައެއް ކަމަށް ސިއްދީގު ވިދާޅުވިއެވެ.

"މި މައްސަލާގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން ލިބިފައިހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް، މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނަން". ސިއްދީގު ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ، މިހާތަނަށް އަދި މިފަދަ މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން ދަނީ ހެކިތައް ހޯދުމުގެ މަސައްކަތް ކަމަށެވެ.

އީސީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދަައްކާގޮތުނ މެންދުރު ފަހު 16:40 އާއި ހަމައަށް ޖުމްލަ 155،192 މީހުން ވަނީ ވޯޓުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިލްހާމަ

    ރައްޔިތުން ވޯޓްލައިގެން ހޮވަންޖެހޭ މަޤާމުތަކަށް އޮޅުވައިލައިގެން މީހުންވައްދައި އެމީހުންބޭނުން ބަޔަކުނަގަން އުޅުނީމަ އިންސާފަކަށް ވެއިތަ ސަރުކާރު އިސްތިއުފާދޭކަށްނުވެއިތަ

  2. ވަގުންނޭ

    ޕީޖީގެ އާ ހުށަހެޅުންތަކާއެކު ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީން އަލުން ބަލަނީ ކަމަށް ތަމެން ބުނި ނަމަވެސް ތިޔާއީ ދެއުއިޅި އެއް ނުވާ ވާހަކަ ތަކޭ މަޖްލީހުގެ ރައީސް ޕީޖީ ޝަމީން ނަގާ އެއްލާލަން ބުނުމުން މިހާރު ރައީސް އޮފީހުގެ ބޮޑުންނާއި އެމްޑީޕީ ތެރޭގައި ތިބި ބްރޯ ފެކްޝަންގެ ވަގުންނާއި ގުޅިގެން ކޮވިޑް ވެންޓިލޭޓަރުން ކުރި ވައްކަން ފޮރުވަން ވެގެން މަސައްކަތް ކުރަނީ މަމެންނަށް މައުލޫމާތު ލިބޭ ގޮތުގަިއ ފޮރިނޭ އަށް ވެސް 10 މިލިއަން ރުފިޔާ ލިބުނު ކަޓްގެ ގޮތުގައި މިސަރުކާރު އެއީ ވައްކަން ކުރާ ސަރުކާރު މިސަރުކާރު އެއީ ކޮވިޑް ވަގު ސަރުކާރު ވަގުންނޭ ވަގުންނޭ ވަގުންނޭ ކޮވިޑް ވަގުންނޭ...

  3. ޖުނުބު މިއާ

    ތީ ވަރަށް ރަނގަޅު ވާހަކައެއް.ޔަގީނުންވެސް ގދ.އަތޮޅު ކައުންސިލް ރައީސްކަމަށް ވާދަކުރި މުހައްމަދު ހަސަން ބާރާއި ނުފޫޒު ބޭނުންކުރި.ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްފެއިނަށް މަގުފަހިވާގޮތަށް މަސައްކަތް ކޮށްފައިވޭ.