ޕާކިސްތާނު މިލިޓަރީ އެކަޑަމީން ބޭއްވި ތަމްރީން ޕްރޮގްރާމެެއްގެ އެންމެ މޮޅު ފޮރިން އޮފިސަރުގެ މަޤާމު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިސްމާއީލް ހިޒްވަތު އަށް ލިބިއްޖެއެވެ.

މިކަން ހާމަކޮށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ މި ކާމިޔާބީ ލިބުމުން ހިޒްވަތު އަށޤ މަރުހަބާ ދަންނަވާފައެވެ. އަދި އެ ހޯދި ކާމިޔާބަށް ފަހުރުވެރިވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ މީގެކުރިންވެސް ބޭރުގެ ތަމްރީން އެކަޑަމީތަކުގައި ބައިވެރިވެފައެވެ. އަދި ގިނަ ފަހަރުތަކެއްގައި ދިވެހިން ވަނީ މި އެކަޑަމީތަކުގެ އެކި ޕްރޮގްރާމްތަކުން ރަން ވަނަ ހާސިލްކޮށްފައެވެ.
އެގޮތުން އިނގިރޭސި ވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހެއްގެ އެންމެ މޮޅު ފޮރިން ސްޓޫޑެންޑްފެ އެވޯޑު އެމްއެންޑީއެފްގެ އޮފިސަ ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީގު ވަނީ ހާސިލުކޮށްފައެވެ. ފިރުޝާނާއަކީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ފުރަތަމަ ދިވެހި އަންހެން އޮފިސަރެވެ.

ޔޫކޭގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް އަކީ އޮފިސަރުން ތަމްރީންކުރުމުގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެކެޑަމީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި ރައްޔިތުން

    މަރުހަބާ

  2. ޙހހހ

    މާރިޔާ މެންނަށް ތީ އާކަންކަ މަށްވިޔަސް ތީ އާކަ މެއްނޫން ، އަބަދުވެސް ދިވެހި ސިފައިންނަކީ ކުރާކަންކަ މުގައި ޤާބިލްބައެއް ، މާރިއާ މެން ފިނދަނަތަކެކޭ ބުންޏަސް

  3. މަރުހަބާ

    މަރުހަބާ ކިޔަން، އަދި ވިސްނޭ ކަމެއް ހާމަ ކޮށްލާނަން. ފުރަތަމަ ކުރެވެނީ ސުވާލުތަކެއް. ފޮރިންއޮފިސަރސް ކިތައް ފޮރިނަރސް ބައިވެރިވިތޯ؟ އެއީ ކޮން ގައުމު ތަކަކުންތޯ؟ މިހެން މި ދަންނަވާލެނީ މި ސަރަހައްދުގެ ފުންނާބު އުސް މިލިޓަރީ ތަމްރީނުދޭ ޤައުމު ތަކަށް ބަލާއިރު ލަންކާ އިންޑިއާ ފަދަ ޤައުމުތަކުން ޕާކިސްތާނުން ހިންގާ މިފަދަ ކަމެއްގަ ބައިވެރި ވެދާނެއޭ ހިތް ނުބުނާތީ... އެހެނަސް އެންމެ ޤައުމަކުން ބައިވެރި ވެގެން އެބައިވެރިވި ޤައުމު ތަކުގެ އޮފިސަރުންގެ ތެރެއިން ވެސް 1 ވަނަ ހޯދުމަކީ ހަމަ ފާހަކުރަންޖެހޭނެ ކަމެއް. އެހެނީ ކުދިންގެ ހިތްވަރު ވަރުގަދަވާނެތީ ވަނަ ހޯދުމުގަ .......

    4
    3
  4. ކަންނެލިޖަގަހަ

    މިސަރުކާރު އައުމުގެ ކުރިން ބޭރުގެ އެއްވެސް ތަމްރީނެއްގައިވެސް ބޭރުގެ އެއްވެސްކަމެއްގައި ދިވެހިން ބައިވެރިވެގެން މަތީ ވަނައެއްހޯދާފައެއްނެތް. މާރިއްތައަށް ސާބަސް.