އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުން އެބަ ދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާރު އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު 17:50 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ހަތަރު މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. އެހަތަރު މީހުން ވެސް ވަނީ އެސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގައި މިހާރު މާލެ ގެނެސްފައެވެ. އެއިން މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވި ބޯޓުގައި 60000 ލީޓަރު ޑީސަލް ހުރި ކަމަށެވެ. އަލިފާން ރޯވީ މާލެ އިން ތެޔޮ ބަރުކޮށްގެން ލ.އަތޮޅަށް ބޯޓު ދަތުރުކުރަމުން ދަނިކޮށެވެ.