އެނބުދޫ ފިނޮޅު ކައިރިން އަލިފާން ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވި ބޯޓުގައި 60000 ލީޓަރު ޑީސަލް ހުރި ކަމަށެވެ. އަލިފާން ރޯވީ މާލެ އިން ތެޔޮ ބަރުކޮށްގެން ލ.އަތޮޅަށް ބޯޓު ދަތުރުކުރަމުން ދަނިކޮށެވެ.

ބޯޓު އަޑިއަށް ދިޔައީ 18:27 ގައެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ހަތަރު މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. އެހަތަރު މީހުން ވެސް ވަނީ އެސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގައި މިހާރު މާލެ ގެނެސްފައެވެ. އެއިން މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.