މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު އިންތިހާބުވެވަޑައިގެންފިއެވެ. އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ނިޒާރު އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އައްޑޫގެ މޭޔަރު ކަމަށް ވާދަކުރެއްވީ ނިޒާރުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ލަތީފާއި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ތޯހިރެވެ. އައްޑޫގައި ބެހެއްޓި 27 ވޯޓް ފޮށީގެ އިތުރުން މާލޭގައި އައްޑޫ ރައްޔިތުންނަށް ބެހެއްޓި ވޯޓް ފޮށިތަކުގެ ތެރެއިން މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ހުރިހާ ވޯޓު ފޮއްޓަކުން ވެސް ކުރި ހޯދާފައި ވަނީ ނިޒާރެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގެ މޭޔަރު ކަމަށް ނިޒާރު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އައްޑޫގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ މީސް މީޑިއާގައި ނިޒާރަށް މަރުހަބާ ކިޔަމުންނެވެ.

މި ފަހަރުގެ އިންތިހާބަކީ އައްޑު އަށް ސިޓީއެއްގެ ދަރަޖަ ލިބުނު ފަހުން މޭޔަރު ރައްޔިތުންގެ ވޯޓުން ހޮވި ފުރަތަމަ ފަހަރެވެ. މީގެކުރިން ނަމަ، ކައުންސިލްގެ މޭޔަރުކަމާއި ޑެޕިއުޓީ މޭޔަރު ކަން ކަނޑައަޅަނީ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފާއިތުވި ދެ އަހަރުގައި މޭޔަރުކަން ކުރެއްވީ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އައްޑޫގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިޒާރު އެމްޑީޕީގެ ޓިކެޓު ހޯއްދެވީ ވެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ސޯބެ ބަލި ކުރައްވައެވެ.

މި ފަހަރު އައްޑޫ ސިޓީ ކައުންސިލަށް 13 މެމްބަރުން އިންތިހާބު ކުރާ އިރު، ތިން ކެންޑިޑޭޓަކަށް ވަނީ އިންތިހާބަކާ ނުލައި މި ފަހަރު ގޮނޑި ކަށަވަރުވެފަ އެވެ. އެއީ ހިތަދޫ ކޮރުވަލު ދާއިރާ އަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝިނާޒް މޫސާ އާއި ހުޅުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ފައިޒުއްރަހްމާނާއި ހިތަދޫ ބޭރުމަތި ދާއިރާގެ ކެންޑިޑޭޓް މަރިޔަމް ސައީދެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ކަން ކުރެއްވި ނިޒާރަކީ އައްޑޫ ރައްޔިތުންނަށް އާ މޫނެއް ނޫނެވެ. މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ހިމެނިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް މެމްބަރަކަށް ނިޒާރު ވެވަޑައިގަންނަވާނެއެވެ. މަޖިލިހުގައި އޭރު ތިއްބެވި އެމްޑީޕީގެ މަދު މެމްބަރުންނާ އެކުގައި ވެސް ނިޒާރުގެ އަޑު މަޖިލިހުގައި ވަކި "މަޑެއް" ނޫނެވެ.

އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، ސަރުކާރަށް ހިދުމަތް ކުރެއްވުމުގެ ވިސްނުން ވެސް ނިޒާރުގެ ހުންނެވިއެވެ. ސަރުކާރުގެ ފަރާތުން ރަނގަޅު "އޮފާ" އެއް ވެސް އޭނާ އަށް ލިބިވަޑައިގަތެވެ. އެކަމަކު ކައުންސިލަށް ވަޑައިގަތުމުގެ ވިސްނުން އޭނާ ގެންގުޅުއްވަން ފެއްޓެވީ ސިޓީ ކައުންސިލަށް މޭޔަރުން ކަނޑައަޅާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެންނަން ނިންމި ހިސާބުންނެވެ.

ނިޒާރު ދާދި ފަހުން "ވަގުތަށް" ވިދާޅުވީ އައްޑޫގެ މޭޔަރު ކަން ކުރެއްވުމަށް ފުރުސަތު ދެއްވައިފި ނަމަ، ފުރަތަމަ ދުވަހުން ފެށިގެން މައްސަލަތައް ހައްލު ކުރަން ފައްޓަވާނެ ކަމަށެވެ. އައްޑޫގައި އިންތިހާ އަށް މައްސަލަތައް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫގެ ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑު މި ހުރީ އައްޑޫގެ ރައްޔިތުން އެކީގަ ކަން، އައްޑޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ދެން އޮންނަ ސިޓީ ކައުންސިލެއްގެ ފުރަތަމަ ދުވަހުން ފެށިގެންދާނެ،" ނިޒާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ގައުމީ ލޯބި

  ޕީޕީ އެމް ކޮހެއް ނެރުނީމަ ވާނީ ތިހެން.. ޕެޑް ދޭން އެގެނީ..

  ތައުލީމެއް ގާބިލުކަމެއް ނެތް މީހަކާއި މިފަދަ ބޮޑު ކަމެއް ހަވާލުކުރަން ޕޕއެމް ނިންމީތީ ދެރަވަނީ..

  18
  27
  • ކޮހުންގެކޮހުން

   ކޮހަކީ ޕީޕީއެމުން ނެރުނު ކެންޑިޑޭޓެއްނޫން؛ ކޮހަކީ ރައްޔިތުންގެ އެސެޓްތަކުގައި ހުޅުޖަހާ އަންދާލި މީހުންނަށް ވޯޓްދިން މީހުން. އިންޑިޔާ ސިފައިން އަމިއްލަ ފަސްގަނޑަށް ވެރިކުރުވައި، އިސްލާމްދީނަށް ފުރައްސާރަކޮށް ޣައިރުދީނަށް ރާއްޖޭގެ ބިމުން ޖާގަދޭން މަސައްކަތްކުރަމުންދާ ބަޔަކަށް ތިމާމެންގެ ކަންތައްތައް މެނޭޖްކުރަން ހަވާލުކުރި މީހުން. ކޮހުންނަކީ.

   28
 2. އިބްރާހިމް

  މި ސަރުކާރުން އައްޑުއަށް އެއްކަމެއް ނުކޮށްދިނަސް އޯކޭވީތާ. އައްޑުއަށް އިންޑިޔާ ސިފައިން އެޅިވަރަކަށް ލިބޭވޯޓް ގިނަވަމުންދަނީ.

  62
  5
  • އައްޑޫމީހާ

   ތިހެން ނުބުނޭ އެކުވެރިޔާ..
   އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް އައްޑޫއިން ވެސް އެއޮތީ މިހާރުވެސް 2 ގޮނޑި އަތުލާފަ ޕީޕީއެމް..
   އައްޑޫ މީހުންނަށްވެސް އެބަވިސްނޭ..
   އައްޑޫއަށްވުރެ މިޤައުމު އިސްކުރާނެކަން އެވަނީ ޢަމަލުން ދައްކައިދީފަ...

   9
   6
 3. ފުޅަށްމަތިން ފުންމާލި ބަކަރި

  ބަލަ އައްޑޫގަތިބޭނީ މޮޔައިންކަމައް ރޮޒެއިނާ ބުނިދޯ! އޭރުވެސް މަބުނީމެއްނު ރޮޒޭ ދޮގެއް ނުހަދާނެއޭ! އައްޑޫމީހުން މޮޔަވީމައޭ އެހެން އެބުނަނީ މިހާރުމިޔޮތީ އެކަން ފެންނަންތާދޯ!

  16
 4. މޮޔަ ހަސަނު

  އަނެތްކާ އަނެތް 5 އަހަރު ގެއްލުނީ! އަޅެ އައްޑޫގަ ތިބެނީ ހުސް ކަނޑުކޮހުންތަ!

  18
 5. އައްޔު

  ދެކުނު ނިޒާރަކީ އައްނިއާއި ދެކޮޅު ވިސްނުން ކަމަށްވާ ތަރައްޤީގެ ވިސްނުމުގެ ބޭފުޅެއް އެހެން ކަމުން އައްޑުއަށް ކުރިމަތިވެފައިވާ ކަންތައްތަކަށް ހައްލުހޯދައިދެވޭނެ ވަރުގެ ބޭފުޅެއް

  1
  15
 6. ކިޔާހުވާ

  ކޮހުން ތިބީ ކޮންތަނެއްގަކަން ވޯޓުން އެނގިއްޖެ ތިޔަމީހުން ކިޔާ އަޑުއިވޭ ފަތުރާ އަޑުއިވޭ ސަރުކާރުން ކަންތައް ކުރާ ގޮތެއް ކަމަކުނުދޭ އެކަމަކު ސަރުކާރު ކެންޑިނޭޓް ހޮވުނީ މީގެން ދިމާވާއެއްޗެއް ނުވާއެއްޗެއް ނޭންގުނު ވައްސަލާމް

  13
 7. އަޙްމަދު

  ރަނގަޅުމީހަކު ނިޒާރުއާއި ވާދަކުރަން ނިކުއްނަމަ މިގޮނޑިވެސް ލިބޭނެކަން ޔަޤީން! ހިލޭލިބުނު ދެގޮނޑި ލައިގެންވެސް މާގޮޑުމަކެއްނުވި! ބަލަމާ ނިޒާރުމެންގެ ފެންވަރު!

  1
  1
 8. ރަދީފް

  މަރުހަބާ ނިޒައްރޭ.