ކައުންސިލް އިންތިހާބު ބާއްވަން ފެށިތާ ދިހަ އަހަރު ވެގެން ދިޔައިރު ފުރަތަމަ ފަހަރަށް އައްޑޫ ކައުންސިލްގެ ގޮނޑިއެއް ވެރިކަން ކުރާ އެމްޑީޕީއަށް ގެއްލިއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ގެއްލިފައި ވަނީ މަރަދޫގެ ގޮނޑިއެވެ. މަރަދޫގެ ގޮނޑި ކާމިޔާބު ކުރާނެކަން ކަށަވަރުވެފައި ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ނާދިރު (ޗިޅާ) އެވެ.

ކައުންސިލް އިންތިހާބެއް ރާއްޖޭގައި ފުރަތަމަ ބޭއްވީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުއެވެ. އެއިންތިހާބުގައި ވެސް އަދި އޭގެ ފަހުން އޭގެ ފަހުން ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް އައްޑޫގެ ހުރިހާ ގޮނޑިއެއްގެ އިންތިހާބު ކާމިޔާބު ކުރަމުން އައީ އެމްޑީޕީ އިންނެވެ.

މިއަހަރު ވެސް އައްޑޫގެ މޭޔަރު ކަން އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފައެވެ. އައްޑޫގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަލީ ނިޒާރުއެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވީ ޕީޕީއެމްގެ ލަތީފްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިސްނުން

    ޗިޅާ ރަނގަޅު ގޮތަކީ

    16
  2. ނޫސް ކިޔާމީހާ

    ﷲ އަކްބަރު.އަލްހަމްްދުﷲ

    37
  3. ނަބީލާ

    ކަނޑުކޮހުންގެ ސަހަރު ކިޔާ އަޑުއިވޭތޯ

    13
    3
  4. އަޙްމަދު

    ވަރަށްވެސް އުފާވެރި!

  5. ރަނަލް

    މީ ހައުދަހައި ކުރީގެ ފޮޓޮ އަކޭ....

  6. ާސޯދު

    މަރުހަބާ