މިއަދު އޮތް ކައުންސިލް އިންތިހާބުގައި މާލޭ ކައުންސިލަރު ކަމަށް މާފަންނު ދެކުނު ދާއިރާ އިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

މާފަންނު ދެކުނު ދާއިރާއަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ނާޞިރު (ހެރިންސް އައްލޯ) އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީ އިން ވާދަކުރެއްވި ހުސައިން ޝަރީފް ބަލިކުރުމަށްފަހުއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ހެރިންސް އައްލޯ އުޅުއްވަނީ ހުސައިން ޝަރީފަށްވުރެ ގާތްގަނޑަކަށް %20 ކުރީގައެވެ. އަދި ހުރިހާ ވޯޓް ފޮށިތަކެއްގެ ނަތީޖާ ނުލިބުނު ނަމަވެސް ބާކީ ހުރި ފޮށިތަކުން ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޫސް ކިޔާމީހާ

    ﷲ އަކްބަރު.އަލްހަމްްދުﷲ

    28
  2. ޏ. ފުވައްމުލަކުން: ބެއްޔާގެ ބެއްޔާ

    އަލްޙަމްދުލިﷲ. ﷲ އަކްބަރު. ﷲ އަކްބަރު. ﷲ އަކްބަރު. ޔަހޫދީން މިޤައުމުން ނެތިކުރައްވައި ޤައުމު އަމާން މަންޒިލަކަށް ވާޞިލް ކުރައްވާނދޭވެ! އާމީން

    12
    1
  3. ނިޔާޒް

    ނާނާ ޕަޓޭކަރު މަރުހަބާ

  4. މުހައްމަދު

    ވައިސް ޕުރެޒިޑެންޓް މަރުހަބާ ދެރަވޭ ކެންޕެއިން ކުރިވަގުތު ކާރީގަ ނުހުރެވުނީމަ ވަގުތާ ހާލަތާ ހުރިގޮތުން ނުދެވުނީ ވޯޓު ހޯދަން މަސައްކައްކުރިން މަރުހަބާ

  5. ގައުމީ

    saabas ihavandhoo hurihaamasveriaailaathakah