މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 88 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 37 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 31 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި އިތުރު 20 މީހަކު ރިސޯޓްތަކުން މިއަދު ކޮވިޑަށް ފައްސިވިއެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ އެންމެ 2664 މީހުންނެވެ. އެހެންކަމުން މިއަދަކީ އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަސްތަކުގެ ތެރެއިން ދުވަހެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 3019 މީހުން އެބަތިއްބެވެ. އޭގެތެރެއިން 78 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ޙއްހއް
އިންތިހާބުނި މުނީ.
މައި މޫނާ މެންގެ ބޭނުން ކެނޑިއްޖެ. ޙައްހައް
މިއަދު މާލެގައި ޓެސްޓް ކުރިތަ. ލޮލް