ބިދޭސީން ވެއްޓުނު ލޮރީ: ލޮރީ ދުއްވާފައި ދިޔައީ ބިއްގަނޑު ނާޅުވާ ... ފޮޓޯ: ސަން

ހުޅުމާލޭގައި ދުއްވަމުން ދިޔަ ލޮރީއަކުން ވެއްޓި ބިދޭސީ ފަސް މީހަކަށް ޒަޚަމްތަކެއް ވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އައިލެންޑް އެކްސްޕާޓްސްގެ ލޮރީއެއްގައި ދިޔަ ބިދޭސީންތަކަކަށެވެެ. މެންދުރު ފަހުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ ލޮރީގެ ވަށައިގެން އިންނަ ބިއްގަނޑު ނާޅާ ދުއްވަމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ލޮރީއިން ވެއްޓުނު ބިދޭސީންނަށް މާ ސީރިޔަސް ޒަޚަމްތަކެއް ލިބިފައި ނުވި ނަމަވެސް، އެތަނުން އެކެއްގެ ބޮލަށް އަނިޔާތަކެއްވެ ހުޅުމާލޭ ހޮސްޕިޓަލްގެ އެމެޖެންސީގައިވަނީ ފަރުވާ ދެވިފައެވެ. ފަރުވާ ދިނުމަށްފަހު މިއެންމެންެވެސްވަނީ ދޫކޮށްލާފައެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންތައް ގިނަ ވަމުންދާއިރު، ހޮނިހިރު ދުވަހުގެ ރޭ ހިނގާފައިދިޔަ މީހެއްގައިގައި ބާރު ސުޕީޑެއްގައި އައި ސައިކަލެއް ކޮންޓްރޯލް ނުވެގެން އައިސް ހިނގާފައި ދިޔަ މީހާ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑުކަމަކައް ނުހަދާ ލޮރީ ޑުރައިވަރ ދޫކޮއްލާ ދެންވާގޮތް މާބޮޑު ވާނެ

  2. އައްޓަމަސް

    ދިވެއްސެއް ބިދޭސީއެއްނެތް އެމީހަކާއެމީހެއް، ގާނޫނުތަންފީޒުނުކުރެވޭ ކޮންމެތަނެއްގައި ކަންހިނގާނީ މިމަގުން، ބައިވަރުބަންގާޅީން ސައިކަލު ދުއްވާއެބަ،ހިޔެއްނުވޭ ލައިސަންސް އޮންނަހެނެއް! ޕޮލިސް ޗެކުކުރާކަމާއިމެދު ޝައްކު! ކިއްވެބާ ސިޔާސީކަންތައް ބަލާހެން ބަލާފިޔަވަޅު ނޭޅެނީ! ފުރާނަޔެއް ދިޔައިމަ ފަޔަށްހިނިއެރީމަތެޅޭހެން ތެޅިފަ މައިތިރިވާނެ! ހީވާނީ 3 ހަޅަޖަހާފައި ވައިއުތުރަށް އެރީހެން! މީހަކުގަޔަސް ވަޅިހެރީމައިވެސް އޮންނަނީ ހަމަމިއުސޫލު1 އެހެންނޫންނަމަ ޑިޔުޓީގައި އުޅުނުފުލުހެއްގަޔަށް ވަޅިނުހެރުނީސް1 ވަޅިހެރީވެސް ސައިކަލްޗެކްކުރީމައި "ކަލޭ މިރޭމަރާލާނަން ހެޔޮ ޕޮލިސް ހެޑްކުއާޓަރ ތެރޭގައި އޮތަސް" ބުނެފައި މީގަވްމުގެ ހާލަތު ގަވްމަށް "ކެންސަރުޖެހިފައި" ގަވްމަށްބޭނުންވަނީ ކެންސަރުން ސަލާމަތްކޮއްދޭނެ ޑޮކްޓަރއެއް

  3. ޤާނޫނާއި ޤަވާޢިދަށް އުޅޭނަމަ މިފަދަ ކަންކަން ނުހިގާނެ، ވިސްނާފިކުރު ކުރާކަށް ނުވޭތޯ؟