ލޯކަލް ކައުންސިލް އިންތިހާބުގައި ޏ. ފުވައްމުލަކާއި ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުވެވަޑައިގެންފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ފުވައްމުލަކު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގެވެ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ މުހައްމަދު އާތިފެވެ.

މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ފުވައްމުލަކުގެ މޭޔަރުކަން ކަށަވަރު ކުރެއްވި އިސްމާއިލް ރަފީގު ވަނީ %52 ހޯއްދަވާފައެވެ. ކުޅުދުއްފުށީ މޭޔަރުކަން ކަށަވަރު ކުރެއްވި މުހައްމަދު އާތިފް ވަނީ %55.87 ވޯޓް ހޯއްދަވާފައެވެ.

އަދި މިހާތަނަށް ހުރިހާ ވޯޓް ފޮއްޓެއްގެ ނަތީޖާ ނުލިބުނު ނަމަވެސް ގިނަ މީހުން ވޯޓް ލާފައިވާ ފޮށިތަކުގެ ނަތީޖާ ވަނީ ކަށަވަރު ކުރެވިފައެވެ. އެހެންކަމުން އިންތިހާބުގެ ނަތީޖާއަށް ދެން ބަދަލު އައުމުގެ ފުރުސަތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢައްޑު

    100ޕ100p ގެރެންޓީ އެމްޑީޕީ ކުރިޔަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އޮތް ދެއަހަރު އަފުންެރަށަށް ބަލާވެސް ނުލާނެ. ކުރިންވެސް ނުވި
    .ދެންވެސް ނުވާނެ.. ބަލަންތިބެ.