ހުޅުމާލޭގައި ދުއްވަމުން ދިޔަ ލޮރީއަކުން ވެއްޓި ބިދޭސީ ފަސް މީހަކަށް ޒަޚަމްތަކެއް ވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އައިލެންޑް އެކްސްޕާޓްސްގެ ލޮރީއެއްގައި ދިޔަ ބިދޭސީންތަކަކަށެވެެ. މެންދުރު ފަހުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ ލޮރީގެ ވަށައިގެން އިންނަ ބިއްގަނޑު ނާޅާ ދުއްވަމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ލޮރީއިން ވެއްޓުނު ބިދޭސީންނަށް މާ ސީރިޔަސް ޒަޚަމްތަކެއް ލިބިފައި ނުވި ނަމަވެސް، އެތަނުން އެކެއްގެ ބޮލަށް އަނިޔާތަކެއްވެ ހުޅުމާލޭ ހޮސްޕިޓަލްގެ އެމެޖެންސީގައިވަނީ ފަރުވާ ދެވިފައެވެ. ފަރުވާ ދިނުމަށްފަހު މިއެންމެންެވެސްވަނީ ދޫކޮށްލާފައެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންތައް ގިނަ ވަމުންދާއިރު، ހޮނިހިރު ދުވަހުގެ ރޭ ހިނގާފައިދިޔަ މީހެއްގައިގައި ބާރު ސުޕީޑެއްގައި އައި ސައިކަލެއް ކޮންޓްރޯލް ނުވެގެން އައިސް ހިނގާފައި ދިޔަ މީހާ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިނެކް

    ބޮޑުކަމަކައް ނުހަދާ ލޮރީ ޑުރައިވަރ ދޫކޮއްލާ ދެންވާގޮތް މާބޮޑު ވާނެ

  2. ދީދީ

    ޤާނޫނާއި ޤަވާޢިދަށް އުޅޭނަމަ މިފަދަ ކަންކަން ނުހިގާނެ، ވިސްނާފިކުރު ކުރާކަށް ނުވޭތޯ؟