މިއަދު ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ނެގިގެން މިދިޔައީ ސަރުކާރުގެ ނޯ ކޮންފިޑެންސް ވޯޓެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ މެޖޯރިޓީގެ ގޮތުގައި މީގެކުރިން އޮތް މާލޭ ސިޓީގެ މުހިއްމު ގިނަ ގޮނޑިތަކެއް އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ. މީގެއިތުރުން މާލެސިޓީގެ ގިނަ އަދަދެއްގެ ގޮނޑިތަކެއް ޕީޕީއެމުން ވަނީ ކާމިޔާބުކުރައްވާފައެވެ. ހާއްސަކޮށް މީގެކުރިން އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ނަގަމުން އަންނަ ދާއިރާތައް ހިމެނެއެވެ.
މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ކޯލިޝަން ރޫޅާލައި ވެރިކަން އަމިއްލަ ކުރަން ކުރި މަސައްކަތުގެ ނަތީޖާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި ބަރުލަމާނީ މަތިން ހަނދާން ނައްތާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
Negigen midhiaee misarukaaru no-confidence. Raees Ibrahim aai Raees Nasheed, Naib Raees Eva isthiufaa dhehvan jehey. Coalition roolhaalaa verikan amillakuran kuri masaiykathuge natheeja. Barulamaanee mathin hadhaan nahthaalaa.
— Mohamed Maleeh Jamal (@maleehjamal) April 10, 2021
މިހާތަނަށް ނެގި ވޯޓުތަކުގެ ނަތީޖާތަކަށް ބަލާއިރު ސަރުކާރުގެ ތާއިދު މީގެކުރިން އޮތް ގިނަ ދާއިރާތަކުން ޕީޕީއެމް ދަނީ ކުރިހޯދަމުންނެވެ. ސިޓީތަކުގެ ގިނަ ވޯޓުފޮށިތަކެއްގެ ނަތިޖާ މިހާތަނަށް ލިބިފައިވާއިރު ރަށްރަށުގެ ގިނަ ފޮށިތަކެއްގެ ނަތީޖާ މިހާރުވެސް ދަނީ ގުނަމުންނެވެ.
ކަލޭ ތިއިނީ ނޯކޮންޕިޑެންސް ނަގާ ބޭރުކޮއްފަ. ޗާޓުންވެސް ބޭރު ކޮއްފަ. .
ނެގިގެން ދިޔައީ ސަރުކާރުގެ ނޯކޮންފިޑެންސް ވޯޓެއް ނޫން. ނެގިގެން އެދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނޯކޮންފިޑެންސް ވޯޓު. ރީނދޫކުލައަކީ ފަނާކުރަނިވި ޚުދުމުޚުތާރު ކުލައެއް ކަން ރައްޔިތުން މިހާރު ދެނެގެންފި.
ހާދަ ރުޅިޔެއް އައިސްފައި ދޯ ސަރުކާރުގެ ނޯކޮންފިޑެންސް ނަގާނީ 2023ގައި އެއްވެސް ސރުކާރެއްގައި ހުރެވުނު މީހެއްނޫން ކަމެއްނުވާތީ އެއްލާލިމާ ދެންފެށީ އެއްޗެހިކިޔަން ކަމެއް ވާނަމަ ދެސަރުކާރުން އެއްލައެއް ނުލާނެ ވަރަށް ކޮތްދޫނުކުރާ މިހެއް.