މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީގެ ނަތީޖާތަކާއި ގުޅިގެން ވެރިކަންކުރާ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) އެމްޑީޕީއަށް ފާޑުކިޔައިފިއެވެ.

އިބްރާގެ ޓްވިޓާގައި އޭނާ ބުނެފައިވަނީ އެމްޑީޕީގެ "ލީޑަޝިޕަށް" މާލޭ މީހުންގެ އަޑު އިވުނުކަމަށް ހީކުރާ ކަމަށާއި އަދިވެސް ބޭނުންވަނީ އެމްޑީޕީ ކަމަށެވެ. އެކަމަކު އެއީ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ އެމްޑީޕީއެއް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ޓެގުކޮށް ސުވާލެއް ކޮށްފައެވެ.

"17 އަހަރު މަދެއް ނޫނެއްނު؟" ރައީސް ނަޝީދާއި ހަސަން ލަތީފް ޓެގުކޮށް އިބްރާ ބުންޏެވެ.

މީގެއިތުރުން މާލޭ މީހުން މިފަހަރު އަޑުގަދަކުރީ އަނގަ ލައްޕައިގެން ތިބެ ކަމަށާއި، ހަސަން ލަތީފް ޓެގުކޮށް އެދުރުންނާއި ދަރިވަރުން ހަނގާކުރަން ނުކުތުމަކީ މޮޔަކަމެއްގެ ގޮތުގައި އިބްރާ ބުނެފައިވެއެވެ.

އެމްޑީޕީގެ ރައީސްކަން މީގެކުރިން ކުރިކަމަށާއި އޭރު ބޭއްވި ހައްސަ މަޖިލީހުގެ އިންތިހާބު ބޮޑުކޮށް ކާމިޔާބު ކުރީ ގޭގައި އިނދެގެން ކަމަށް އިބްރާ ބުންޏެވެ. އަދި އެހެން އެކަން ކުރެވުނީ ޕާޓީ އެއް އޮތީމަ ކަމަށާއި މިހާރު ޕާޓީއެއް ނެތް ކަމަށާއި މިހާރު ހުރީ މީހެއް ކަމަށެވެ. އެއީ ތަފާތު ކަމަށްވެސް އިބްރާ ބުންޏެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކުރިން މެޖޯރިޓީ ހޯދަމުން އައި ގިނަ ގޮނޑިތަކެއް ވަނީ އިދިކޮޅު ޕީޕީއެމުން ހޯދާފައެވެ. މީގެތެރޭގައި މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިވެސް ހިމެނެއެވެ. މި ގޮނޑި ކާމިޔާބުކުރެއްވީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮޑުމީހާ

    މި ވެރިކަން އެރުމާއެކު މނޑފ ޕޮލިސް ޕީޖީ އަދި ކޯޓަށް ނަށީދު އަތް ގަދަކޮށް އިންޑިޔާ ސިފަެިން ގެނެއީ ތާއީދު ގެއްލިއްޖެކަން ރަނގަޅަށް އެނގިހުރެ. ޢިބުރާވެސް މާ ނުވާކަމަށް ހެދިގެން އުޅޭނެކަމެއް ނެތް. ބޭނޫންވިގޮތަށް ބައިނޭޅީމަ ތިއުޅެނީ.

    ކެނެރީގޭ ރީންދޫ މޑޕ ދެން ބޭނުމެއް ނޫން. ޢަދި ތިކަހަލަ އިރު އޮއްސިފަ ތިބި ސިޔާސީވާހަކަދައްކާ މީހުނެއްނެއްވެސް ބޭނުމެއް ނޫން.

    ދިވެހިން ބޭނުންވަނީ އާ ގައު މީ މޑޕ އެއް! ޕާޓީ އިފެއްދީ މެމްބަރުންނަށް އޮޅުވާލައިގެން ނަށީދާ ލަތީފާ ތި އިބުރާ ކަހަލަ މަދު ލީޑާރުންގެ އަމިއްލަ މަންފާއަށްކަން ހާމަވެއްޖެ!

    35
    • Anonymous

      އާ މޑޕ އެއް ބަކަތަޅާ މޑޕ އެއް ފިރުކޭ މޑޕ އެއް ކިޔައިގެން ވާހަކަ އަނބުރާނެކަމެއް ނެތް މޮޅު ގޮތްގޮތަކަށް. އަހަރެމެން މޑޕ އެއް ބޭނުމެއް ނޫން! ސާފުވެެއްޖެތަ؟

  2. އައުޓް

    އިންޑިޔާ އައުޓް. އިންޑިޔާ އައުޓް. ރައްޔިތުން ގޮވި އަޑު ނީވުނީމާ އޭގެ ނަތީޖާ މިފެނުނީ. ދެންވެސް ރައްޔިތުންގެ އަޑު އަހާ!

  3. ރަދީފް

    ސާބަހޭ އިބްރާ.ހަަސަން ލަތީްފ ކަލެއަށް ފެނޭތަ؟؟ ފެނޭ ދޯ.ހެހެހެހެހެހެ. 5 ގުނަ 5

  4. ހުސޭނުބޭ

    އިބުރާ އެބައޮތް އެމްއީއެސް އިމާރާތް އަތުލުމުން އެކަމުގެ ބަދަލުގޮތުގައި ދައުލަތުން 200 މިލިއަން ހޯދުމަށް ތައްޔާރުކޮށްފައި. ތި ފައިސާކޮޅު ނުލިބިދާނޭތީވެ އިބުރާ އެ އަނގަގަދަކުރަނީ!

  5. ޙހހހ

    އަސްލު އެމްޑީޕީ އަކީ ޕާޓީ އެއ އްނޫން ، އެއ އީ މަ އުމޫނުގެ އަނިޔާވެރިކަމާ އި ހެދި އަނިޔާ ލިބިފަ އިތިބި އާންމުންނާ އި ވިޔަފާރިވެރިންގެ ފިކުރެ އް ، އެކަމަކު މިކަމުގަ އި ދިވެހިންގެ ތާ އިދު އޮތްކަން އެނގި ބަޔަކު ނާޖާ އިޒްފަ އިދާ ގަނޑެ އް ނަގަންވެގެން ތެޅެމުންދަނީ ، އެކަމެ އްނުވާނެ