20:29

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންހާބުގައި މާލެ އާއި އައްޑޫގެ އިތުރު ގޮނޑިތަކެއް އެމްޑީޕީއަށް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް އެމްޑީޕީން ބުނެފި

19:39

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މިނިވަން ކަމާއި އެކީ ކެމްޕެއިން ކުރެވުނު ނަމަ، ވެރިކަން ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ނުލިބޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ.

16:52

ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފްކުރައްވައިފި

16:22

އިއްޔެ އޮތް ކައުންސިލް އިންތިހާބުގައި މާލޭ ކައުންސިލަރު ކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާ އިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓާއި މައްޗަން ގޯޅި މެދު ދާއިރާއިން ވާދަކުރެއްވި ޕީޕީއެމް ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކޮށްފި

16:12

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭންގައި މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް "ރަނގަޅަށް" އެންޓި ކެމްޕޭން ކުރި ނަމަ އެމްޑީޕީއަށް އެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

15:54

ނާކާމިޔާބީ ކުރިމަތިވިޔަސް ސިޔާސީ މަސައްކަތުންވެސް އަދި ލީޑަރު ކަމުންވެސް ދުރަށް ވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

15:21

އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ނާކާމިޔާބީ ކުރިމަތިވީ އެމްޑީޕީގެ އެތެރޭގެ ކޮރަޕްޝަނުގެ ސަަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

14:28

ހދ. އަތޮޅު ކައުންސިލްގެ ފުރިހަމަ މެޖޯރިޓީއެއް ވެރިކަން ކުރާ އެމްޑީޕީއަށް ނުލިބޭ ކަން އިއްޔެ ކުރިއަށް ގެންދިޔަ ކައުންސިލް އިންތިޚާބުގެ ނަތީޖާ އިން ދައްކައިފި

11:57

އައްޑޫ އިން ގޮނޑިތަކެއް ގެއްލުނީ އެތެރޭގެ ވާދަވެރިކަމުގެ ސަބަބުން - ނިޒާރު

11:36

ހއ.އަތޮޅު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބުނު

10:36

ރައީސް ޞާލީހްގެ އަތޮޅުގެ ވެރިކަން ވެސް އިދިކޮޅު ޕީޕީއެމްއަށް

10:17

ޑރ.މުއިއްޒަށް އެއްބާރުލުން ދޭނަން - ރައީސް ނަޝީދު

09:52

ތ.އަތޮޅާއި ފ.އަތޮޅާއި ރ.އަތޮޅުގެ ވެރިކަމަށް ޕީޕީއެމް ކެންޑިޑޭޓުން

09:30

ނާކާމިޔާބުވީ ރައްޔިތުންގެ އުއްމީދުތަކާއި އެއްވަރަށް މަސައްކަތް ނުކުރެވިގެން - ފައްޔާޒް

09:10

ކައުންސިލް އިންތިހާބަކީ ޑިމޮކްރަސީ ދެކެ ލޯބިވާ މީހުންނަށް ލިބުނު ކާމިޔާބެއް - މާރިޔާ

08:22

އިބުރާގެ ބަހުގެ ހޫނު ހަމަލާތަކެއް އެމްޑީޕީގެ ލީޑަޝިޕަށް.

01:56

ދިއްދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ތެރެއިން އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ޝަފީގަށް 241 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 190 ވޯޓު.

ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 212 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސިރާޖަށް 216 ވޯޓު ލިބިވަޑައިގެންނެވި.

އަންހެނުންގެ ހާއްސަ ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ ޒަހީރާ މުހައްމަދަށް 237 ވޯޓު، އައިޝަތު ނަޒްމާ އަށް ވެސް 237 ވޯޓު، އައިޝަތު ޝަދީލާ އަށް 255 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު ޒުހުދާ އަށް 174 ވޯޓު އަދި ފާތުމަތު އަރޫޝާ އަށް 186 ވޯޓު ލިބިވަޑައިގެންނެވި.

ރަށު ކައުންސިލް އާންމު މެމްބަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަބްދުﷲ މާހިރަށް 223 ވޯޓު، އަބްދުﷲ ވަހީދަށް 219 ވޯޓު، އަބްދުﷲ ރަޝީދަށް 226 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުންގެ ތެރެއިން އަހުމަދު އަބްދުލްގައްޔޫމަށް 137 ވޯޓު، އަބްދުﷲ ރަޝީދަށް 167 ވޯޓު އަދި މޫސާ ލަތީފަށް 173 ވޯޓު ލިބިވަޑައިގެންނެވި.

01:38

ލ.ގަމުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީ އިން ކާމިޔާބު ކޮށްފި.

01:24

ހއ.އިހަވަންދޫގައި 7 - 0 އިން ޕީޕީއެމްއިން އެމްޑީޕީ ބަލިކޮށްފި.

01:22

ރ. މަޑުއްވަރީގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ޝާހިދަށް 229ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ނާސިފަށް 184 ވޯޓު ލިބިވަޑައިގެންނެވި.

މަޑުއްވަރީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަފީއު އަށް 150 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ސޯދިގަށް 236 ވޯޓު ލިބިވަޑައިގެންނެވި. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ޝިހާމަށް 45 ވޯޓު ލިބިވަޑައިގެންނެވި.

މަޑުއްވަރީ ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑި އަށް އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ނާޝިދާ އަށް 153 ވޯޓު، އައިމިނަތު ޒިހުނާ އަށް 167 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ ފާތުމަތު އާސިފާ އަށް 231 ވޯޓު، އައިމިނަތު ނާއިދާ އަށް 235 ވޯޓު ލިބިވަޑައިގެންނެވި.

މަޑުއްވަރީގެ އާންމު މެމްބަރުންގެ ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނިޝާމަށް 172 ވޯޓު، އާޔަތުﷲ ނައީމަށް 166 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު އަޝްރަފަށް 236 ވޯޓު،، ހަސަން އާރިފަށް 219 ވޯޓު ލިބިވަޑައިގެންނެވި.

01:20

ރ. މަޑުއްވަރީގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ޝާހިދަށް 211 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ނާސިފަށް 184 ވޯޓު ލިބިވަޑައިގެންނެވި.

މަޑުއްވަރީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަފީއު އަށް 156 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ސޯދިގަށް 229 ވޯޓު ލިބިވަޑައިގެންނެވި. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ޝިހާމަށް 18 ވޯޓު ލިބިވަޑައިގެންނެވި.

މަޑުއްވަރީ ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑި އަށް އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ނާޝިދާ އަށް 207 ވޯޓު، އައިމިނަތު ޒިހުނާ އަށް 196 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ ފާތުމަތު އާސިފާ އަށް 178 ވޯޓު، އައިމިނަތު ނާއިދާ އަށް 169 ވޯޓު ލިބިވަޑައިގެންނެވި.

މަޑުއްވަރީގެ އާންމު މެމްބަރުންގެ ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނިޝާމަށް 181 ވޯޓު، އާޔަތުﷲ ނައީމަށް 194 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު އަޝްރަފަށް 216 ވޯޓު،، ހަސަން އާރިފަށް 170 ވޯޓު ލިބިވަޑައިގެންނެވި.

01:09

ތިނަދޫ ކައުންސިލްގެ ގޮނޑިތަކެއް ފުރަތަމަ ފަހަރަށް ޕީޕީއެމްއަށް.

01:04

ހއ. މާރަންދޫ އަށް ހާއްސަކޮށް މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އަށް ބަލާއިރު، ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 83 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 65 ވޯޓު.

މާރަންދޫ ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހަސަން ރިޒާ އަށް 75 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަހުމަދަށް ނުވަ ވޯޓު އަދި ޖައިލަމް ހާރޫނަށް 78 ވޯޓު ލިބިވަޑައިގެންނެވި.

މާރަންދޫ އަންހެނުންގެ ގޮނޑި އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން އައިމިނަތު ޒީނިޔާ 83 ވޯޓު، އަފީފާ ހާލިދަށް 77 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓު އައިމިނަތު ޒުހައިނާ އަށް ލިބިވަޑައިގަތީ 16 ވޯޓު. އަމިއްލަ ކެންޑިޑޭޓުން ކަމަށްވާ ނާހިދާ ހާރޫނަށް 49 ވޯޓު އަދި އައިމިނަތު ސިރާނީ އަށް 18 ވޯޓު ލިބިވަޑައިގެންނެވި.

މާރަންދޫގެ އާންމު މެމްބަރުންގެ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރަމީޒަށް 59 ވޯޓު، މުހައްމަދު އިބްރާހިމަށް 58 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން އާދަމަށް 70 ވޯޓު ލިބިވަޑައިގެންނެވި. އަމިއްލަ ކެންޑިޑޭޓުން ކަމަށްވާ ހަސަން އަހުމަދަށް 47 ވޯޓު އަދި އަބްދުލްހަމީދު އަބްދުއްސައްތާރަށް 30 ވޯޓު ލިބިވަޑައިގެންނެވި.

00:58

ށ. ކޮމަންޑޫގައި ބެހެއްޓި އެއް ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝިޔާމް (ޝިޔާންޓޭ) 200 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ހަމީދަށް 92 ވޯޓު ލިބިވަޑައިގެންނެވި.

ކޮމަންޑޫ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ސިނާނަށް 173 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު އަފްރާހް އަށް 120 ވޯޓު ލިބިވަޑައިގެންނެވި.

ރަށު ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ ދިޔާނާ އިސްމާއިލަށް 174 ވޯޓު، ފާތުމަތު އާދަމަށް 160 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު އަބްދުއްރަހްމާނަށް 116 ވޯޓު ލިބިވަޑައިގެންނެވި އިރު، އައިމިނަތު ޝައުފާ އަބްދުއްރަޝީދަށް 89 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އާންމު މެމްބަރު ކަމުގެ ގޮނޑިއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން އާދަމް އަބްދުﷲ އަށް 150 ވޯޓު، ހަސަން ޝާނަށް 162 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ ހަސަން ވަހީދަށް 129 ވޯޓު، މުހައްމަދު ޝުޖުއާނަށް 109 ވޯޓު ލިބިވަޑައިގެންނެވި.

00:57

ށ. ކޮމަންޑޫގައި ބެހެއްޓި އެއް ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝިޔާމް (ޝިޔާންޓޭ) 181 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ހަމީދަށް 136 ވޯޓު ލިބިވަޑައިގެންނެވި.

ކޮމަންޑޫ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ސިނާނަށް 166 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު އަފްރާހް އަށް 151 ވޯޓު ލިބިވަޑައިގެންނެވި.

ރަށު ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ ދިޔާނާ އިސްމާއިލަށް 147 ވޯޓު، ފާތުމަތު އާދަމަށް 138 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު އަބްދުއްރަހްމާނަށް 166 ވޯޓު ލިބިވަޑައިގެންނެވި އިރު، އައިމިނަތު ޝައުފާ އަބްދުއްރަޝީދަށް 141 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އާންމު މެމްބަރު ކަމުގެ ގޮނޑިއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން އާދަމް އަބްދުﷲ އަށް 137 ވޯޓު، ހަސަން ޝާނަށް 145 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ ހަސަން ވަހީދަށް 156 ވޯޓު، މުހައްމަދު ޝުޖުއާނަށް 152 ވޯޓު ލިބިވަޑައިގެންނެވި.

00:49

އއ. މަތިވެރީގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ހުސެއިން އަރުސަލާނަށް 198 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހިމް އިމާދަށް ލިބިވަޑައިގަތީ 191 ވޯޓު.

މަތިވެރި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓު އިސްމާއިލް އާތިފަށް 176 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އަސްލަމަށް ލިބިވަޑައިގަތީ 218 ވޯޓު.

އަންހެނުންގެ ހާއްސަ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ ނާޝިދާ މޫސާ އަށް 180 ވޯޓު ލިބިވަޑައިގެންނެވި އިރު، ޝިފްޒާ އިބްރާހިމަށް 211 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ޝާނިޔާ އާދަމަށް 199 ވޯޓު ލިބިވަޑައިގެންނެވި އިރު ސިފާނާ އިބްރާހިމަށް 170 ވޯޓު ލިބިވަޑައިގެންނެވި.

އާންމު މެމްބަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެެއިން އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނާފިޒަށް 199 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމަށްވާ ހުސެއިން ޝަރީފާއި ހުސެއިން ނިހާނަށް ވެސް 201 ވޯޓު ލިބިވަޑައިގެންނެވި.

00:48

މާލޭގެ މެޖޯރިޓީ ބޮޑު ތަފާތަކުން ޕީޕީއެމް އިން ހޯދައިފި.

00:39

މާލޭގެ ތާއިދު ހޯދަން އެމްޑީޕީގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ- އަނަސް

00:22

ހޯރަފުށީގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު، ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 669 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 631 ވޯޓު.

ހޯރަފުށި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަލީ އާރިފަށް 794 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދަށް 855 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ވަކީލާ އަށް 801 ވޯޓު ލިބިވަޑައިގެންނެވި އިރު، އައިމިނަތު ވިސާމާ އަށް 789 ވޯޓު، އައިމިނަތު ނާސިހާ އަށް 877 ވޯޓު ލިބިވަޑައިގެންނެވި. ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު ޖުލީސާ އަށް 525 ވޯޓު، ސަލާމާ ޝަކީބަށް 616 ވޯޓު އަދި ފާތުމަތު ފަޒުނާ އަށް 707 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ޒަކީ އަށް 745 ވޯޓު، ނަސްމާ ނޫރައްދީނަށް 503 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރައޫފަށް 158 ވޯޓު، އިބްރާހިމް ޝާކިރަށް 951 ވޯޓު، އަހުމަދު އިމްދާހު އަށް 938 ވޯޓު ލިބިވަޑައިގެންނެވި.

00:16

ނ. މާފަރުގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ނ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު ހަމްދާން ނާސިރަށް 132 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ބަޝީރަށް ލިބިވަޑައިގަތީ 275 ވޯޓު.

ކައުންސިލްގެ އާންމު މެމްބަރު ކަމުގެ ގޮނޑި އަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ ނަސްރުﷲ އާދަމަށް 59 ވޯޓު ލިބިވަޑައިގެންނެވި އިރު މުސްލިމް މުހައްމަދަށް 156 ވޯޓު ލިބިވަޑައިގެންނެވި. އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަތޫފް އަބްދުﷲ އަށް 198 ވޯޓު، މުހައްމަދު އާމިރަށް 264 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށްވާ ސިބާ އަބްދުﷲ އަށް 177 ވޯޓު، ސޯބިރާ އަރީޝް 135 ވޯޓު ލިބިވަޑައިގެންނެވި. އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އައިޝަތު އިބްރާހިމަށް 176 ވޯޓު، ރައިހާނާ އަބްދުﷲ އަށް 131 ވޯޓު، އަމިއްލަ ގޮތުން ވާދަކުރެއްވި މަރިޔަމް ލަހުފާ އަށް 79 ވޯޓު ލިބިވަޑައިގެންނެވި.

ކައުންސިލް އިންތިހާބުގެ ނަތީޖާތައް ލިބެން ފަށާފައި ވާއިރު ސަރުކާރުން އެންމެ ބޮޑަށް ކެމްޕޭން ކުރި މާލޭ މޭޔަރުގެ ގޮނޑި ވަނީ ގެއްލިފައެވެ. މާލޭގެ މެޖޯރިޓީ ވެސް އިދިކޮޅު ޕީޕީއެމް އިން ހޯދަފާނެ ކަމަށް މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައެވެ. އެހެންކަމުން އަބަދުވެސް މާލެ ކޮންޓްރޯލް ކުރަމުން އައި އެމްޑީޕީ އަށް މިހާރު ވެސް މާލެ އިން ލިބިފައި އޮތީ ހިތްދަތި ނަތީޖާއެކެވެ.

ދެން އެންމެ މުހިއްމު އައްޑޫ ސިޓީގެ މޭޔަރުކަން ސަރުކާރަށް ލިބުނު ނަމަވެސް މިނިވަން މެންބަރުންނާއި ޕީޕީއެމްގެ މެންބަރުން ހިމެނޭހެން ހަގޮނޑިއެއް ވަނީ ސަރުކާރަށް ގެއްލިފައެވެ. ގއ.އަތޮޅާއި ގދ.އަތޮޅުގެ ކައުންސިލް ރައީސް ކަން ވެސް އެމްޑީޕީ އަށް ގެއްލިއްޖެއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު މިއަދު އޮތް އިންތިހާބުން ސަރުކާރަށް ވަރަށް ބޮޑު ނާކާމިޔާބަކާއި ވަނީ ކުރިމަތިވެފައެވެ.

އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖައްސާށޭއަވަހަށް

    މާލޭ މޭޔަރު ކަން އެމްޑީޕީ އަށް ގެއްލުމުން ރައީސް އިބޫގެ ކެބިނެޓް އެބަޖެހޭ އޯވަރހޯލް ކުރަން އެކަން ރައީސް އިބޫ އަށް ކުރަން ނުކެރޭނަމަ މަޖްލީހުގެ ރައީސް އިސްވެ ހުރެ އެކަން ކުރަން އެބަޖެހޭ ހައުސިންގް މިނިސްޓަރު އަސްލަމް ވަކިކުރޭ ފިނޭންސް މިނިސްޓަރު އަމްރު ވަކިކުރޭ ތިމާވެށި މިނިސްޓަރު ހުސެން ވަކިކުރޭ ޓްރާންސްޕޯރޓް މިނިސްޓަރު ނަހުލާ ވަކިކުރޭ ފޮރިންގް މިނިސްޓަރު ޝާހިދު ވަކިކުރޭ އިކޮން މިނިސްޓަރު ފައްޔާޒު ވަކިކުރޭ މިކަން ކޮށްގެން މެނުވީ އެމްޑީޕީ އަށް ކުރިއެރުމެއް ނުލިބޭނެއޭ އެމްޑީޕީ ނޭވާ ހޮޅި އަށް ނޭޅެނީސް އެމްޑީޕީ ސަލާމަތް ކުރުމަކީ އެއީ އެމްޑީޕީގެ މިލްކް ވެރިފަރާތް ކަމުގައިވާ ކެނެރީގެ ނަޝީދުގެ ޒިންމާ އެކޭ މިކަން ރައީސް އިބޫ ނުކުރާނަމަ އޭނާ ވެސް ވަކިކުރެވޭނެއޭ މަޖްލީހަށް އަދި ނައިބް ރައީސް ފައިސަލް ވެސް ވަކިކުރެވޭނެއޭ...

    29
    11
  2. ސުކުރު

    الحمد لله شكر

    39
    1
  3. މިއަދު

    ރައިސް ސާލިހު ވިދާޅުވާގޮތުންނަމަ މިއިންތިޚާބު ސައްޙައެއްނޫން ވިދާޅުވީ މަޖިލިސްއިންޠިޙާބަށްވުރެ ބޮޑުކާމިޔާބެއްހޯދާ މިއިންތިޙާބުގައި އެމްޑީޕީއިން ހޯދާނެކަމުގަ

    26
    2
  4. Anonymous

    ‎ސަރުކާރަށް މިނަތީޖާއިން އިބުރަތެއް ލިބޭނެކަމަށް ހީކުރަން.. މާލެ މީހުން ބާކީކޮށްފަ ބިކަކޮށްފަ...ޓެކްސި ޑްރައިވަރުންނަށް ޖެއްސުންކޮށް ބޮޑުއަގުގަ ޕާކިންފީނަގާފަ ޖޫރިމަނާކޮށް ސްޓިކާރ ޖެހީމަވާނީމިހެން.. ކޮބާ މާލެމީހުންގެ ގޯތި.. ކޮބާފފްލެޓް..÷ކޮބާ ޕިކްނިކްއއްލެންޑް.. ކޮބާ މާލު-ގުޅިފަލު ބްރިޖް...! ކޮބާ ކަރަންޓް އަގު ކޮބާ އިންޓަނެޓް ކުޑައެއްނުވި.މާލޭމީހުން ބޭނުންވަނީ ގޯތި ވަރަށް ސަފުކޮށް މިބުނަނީ. ކޮވިޑް ތެރޭގައި ސަރުކާރުން ކޮށްދެވަމުން ގެންދަވާ ކަންކަމަށް ސުކުރު އަދާކުރަން! ސަރުކާރާ އމޑ އެބަޖެހޭ ނުތޮޅެ ގުޅިގެން މަސައްކަތްކުރަން!

    24
    3
  5. ކަމަނަ

    އަލްޙަމްދުލިﷲ.

    16
    2
  6. އަލީރާޖާ

    އެމްޑީޕީއަށް ޖުމްލަ 235 ގޮނޑި. ޕީޕީއެމްއަށް ޖުމްލަ 102 ގޮނޑި. ދެން ކޮން މޮޅެއްތަ ވެގެން މި އުޅެނީ؟

    8
    21
    • ލާމަރުކަޒީ

      ލާމަރުކަޒީއޭ ކިޔައިގެން ކުދިކުދި ރަށްރަށުގައި ހާހުން ދަށުން މީހުން ބައިތިއްބައިގެން އުޅެން އެމްޑީޕީން މިޖަހާ ސަކަރާތަކީ ތިޔަގޮތަށް އާރެއް ބާރެއް ނެތް ނަންބަރުތަކެއް ހޯދުން. އެމްޑީޕީގެ ލީޑަރޝިޕްގައި ތިބޭ މީހުން ދަނޭ. ތަނަކަށް ބަޔަކު ގިނަވެ ރައްޔިތުންގެ ބާރުގަދަވެއްޖިއްޔާ އެއީ އެމީހުންނަށް އޮތް ނުރައްކަލެއްކަން. ރައްޔިތުން ބާރުވެރިވުމަކީ އެމީހުން އެދޭ ކަމެއް ނޫން. އެ މީހުން ބޭނުންވަނީ އިނގިރޭސީން ގެންގުޅުން ޑިވައިޑް ރޫލްސްއާ އެއްގޮތަށް ރައްޔިތުން ވަކިވަކިކޮށް ކުދިކޮށްގެން ބައިބައިކޮށްގެން ބައިތިއްބައިގެން އާރެއް ބާރެއް ނެތްގޮތުގައި ގެންގުޅެން.

      3
      1
    • ތޮރާ

      އަލީރާޖާ އަށް ތިޔަހިސާބުހެ އްދެވުނީގޯސްކޮށް
      އތިޔަރީނދޫޕާޓީ އަށްލިބުނީ 10234ގޮނޑި

  7. މާލެ-މާލަމް

    އުފާވެެރި ރައްވެހި ފަތިހަކުން ހިތާ މަވެރި ހެނދުނަކަށް އިރުއަރަ މުންއައީ އުދަރެހުގެކުލަ ގުއިރީނދޫކުލައިން މަޑު މަޑު
    ފިޔާތޮށިކުލައަށްބަދަލުވެގެންނެވެ.
    ހުރިއުފަލެއްގެބޮޑުކަ މާއެވެ.
    ހާހުންނަގަންބުނިގޮނޑިތައް ގެއްލިހުސްވީޔޯ،
    ހުރިހާބޮޑެތިޝަހަރުތަކުންވެސް ރީނދޫކުލަ ފޮހެވިގެންހިނގައްޖެޔޯ،

    14
    2
  8. އަބްސީ

    ﷲ އަށް ޝުކްރު ކުރަން،

    9
    2