މާލޭ ސިޓީގެ ތާއިދު ހޯދަން ބޭނުންނަމަ އެމްޑީޕީގެ ސިޔާސަތުތައް ބަދަލުކުރަން ޖެހޭކަމަށް މާލެސިޓީ ކައުންސިލް ރައީސްގެ މަގާމަށް މުއިއްޒު އާއި އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބަލި ގަބޫލުކުރައްވައި އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ތާއީދު އަލުން ހޯދަން އެމްޑީޕީގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށާއި އިންތިހާބުން ނިކުތް ނަތީޖާ އަށް އެމްޑީޕީން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.

މީގެކުރިން މާލެ ސިޓީގައި އެމްޑީޕީން ކާމިޔާބުކުރި ގިނަ ދާއިރާތަކެއް އިދިކޮޅު ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފައެވެ. ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ ޕީޕީއެމުން މާލޭ ސިޓި ކައުންސިލްގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އެއާއކެު ގިނަ ބަޔަކު މިހާރުވެސް ދަނީ އެމްޑީޕީގެ ބައެއް ސިޔާސަތުތަކަށް މީސްމީޑިއާގައި ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހިތާ

    ސިޔާސަތެއް ނޫން މީނަ މިކަމައް ނެރުނު މީހޫން ބަދަލް ކުރަން ވީ. މޑޕ ޕުރައިމަރީން ބޮންޑޭ އާ ވާދަކޮއް ނުހޮވުނު މީހަކު މާލޭ މޭޔަރު ކަމައް ނެރުނީމަ ހަމަ ހައިރާންވި. މޑޕ ބުޅަލެއް ދެއްކިޔަސް ވޯޓް ލާނޭ ބުނި ޒަމާން ފާއިތު ވެއްޖެ.

    53
    3
    • ކެހިވެރި ފަތިސް

      ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ލާދީނީ ކެހިވެރި ފަތިހަށް މިގައުގާ އިރެއްނޭރި އމޑޕގެ ލާދީނީ ޕޮރޮޕެގެންޑާ ގެ ޖަރީމާތަށް ހިންގުމަށް ވޯޓްދިން މީހުން ވިސްނާފިކުރުކުރާތި ﷲ ރސއވ އަށްފުރައްސާރކޮށް ދީނާދެކޮޅު މީހުންހިމާތްކުރަން ތިޔަ އެހީތެރި ވުމަށް ވޯޓް އެޅިމީހުން އެޖަރީމާގެ ބާވެރިން އަދިވެސް ﷲގެ ރަހުމަތްފުޅުން ނިކަމެތި ކުރައްވާ އެފިކުރު މިގައުމުން ނެތިކުރަށްވާން ދޭވެ

      15
      1
      • ނައިކް

        އީސީ ޝަރީފަށް ނުގޮވަންތަ؟؟ ވޯޓު އޮޅުވާލީއޭ ނުކިޔަންތަ؟؟

  2. އަނަސް

    އަދިވެސް ދޮގުހެދުން އިތުރުކޮށްލަންވީ
    މަކަރު ހެދުނުގޮތަކަށް މަކަރުހަދާ ރައްޔިތުންނަށް އޮޅުވާލާނެ އާގޮތްތަކެއް ހޯދަންވީ
    ކިރިޔާ ކަމެއްވާއިރަށް ޒިންމާތަކުން ބަރީޢަވެ ކުރީ ސަރުކާރު ކުރީ ސަރުކާރު ގޮވާލަ ގޮވާލަ ތިބެންވީ
    ރައްޔިތުންގެ ޚަޒާނާ ހުސްކޮށްލާފާ ކުރީގެ ރައީސް ކައި ހުސްކޮށްލީކަމަށް ބުނަންވީ
    ސަލާންޖަހާ ނާށިގަނޑު ހިފައިގެން ދެއިރު ދެ ދަޅައަށް އަވަށްޓެރި ގައުމުތަކަށް ސަލާންޖަހަންދޭ
    ދިފާޢީ ބާރުތަކުގައި ތިބީ ފިނޑިންކަމަށް ބުނެ މަލާމާތްކުރޭ
    ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަންކުރޭ
    ހުރިހާތަނަކަށް ބުއްޅަބޭ ބާނާ އެއީ ރޯނުއެދުރެއް
    އިގްތިސާދު އާރާސްތުނުކޮށް ސަލާންޖަހައިގެންނާއި ޖޫރިމަނާކޮށްގެން ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން އުޅޭ

    63
    3
  3. ޙެހެ

    ލާދީނީވުން ހުއްޓާލީމަ ހުރިހާކަމެއް ރަނގަޅުވާނެ. ދެން ކުރަންވީ ކަމަކީ ތިތަނުން ދަންނަ ނުދަންނަ އަންނި ބޭރުކުރަންވީ. އަރެމެން އާއިލާ އެއްކޮށް ބަދަލުވީ އަންނި ތިތާ ހުރީމަ

    56
    1
  4. އާދަމުގެދަރި

    އަދި އިތުރަށް ހަދާނެ ދޮގެއް އޮތްތޯ ބަލަންވީ. އަދި އިތުރަށް ދޮގުވެރި މަކަރުވެރި ހީލަތްތެރި ޑިކްޓޭޓަރ ޚުދުމުޚުތާރު ކަލޭގެ ގޮވައިގެން މާލޭގެ މަގުތަކަށް ނުކުންނަންވީ. އެކަލޭގެއާ ނުލައި އަމިއްލައަށް ނުކުތްނަމަވެސް ތިއަށްވުރެ އިތުރަށް ވޯޓު ލިބޭނެ. އެއީ މިހާރު ރައްޔިތުން ބަލައިގަންނަ ޑިކްޓޭޓަރެއް ނޫން.

    49
    1
  5. ނިޔާސާ

    ކަލޭ ނުދަނޭ ގިނަ އެމްޑީޕީ މީހުން ވެސް ދެން ކަލެއައް މާލޭ މީހުން ވޯޓު ދޭނެތަ. ޕުރަިމަރީން ބަލި ވީ މަވެސް މޭޔަރުކަމައް. މިގައުމުގަ ކިހާވަރެއް ވީމަ ތަ ފެއިލް ވާކާމައް ވަނީ. އެއުޅޭ އަލްހާނުވެސް ބާތިލް ވޯޓް އައް ވުރެ މަދުން ލިބުނީ. ދެން އޮންނަ ރިޔާސީ އިންތިހާ ބައްވެސް ލާނެ. ލަދެއް ހަޔާތެއް މި މީހުންގެ ނުހުރޭ. އިބުރާ ޔާ އުމަރު ނަސީރު ޔާ އަލްހާން މީ ބަތިލް އައް ވުރެ މަދުން ވޯޓް ލިބުމުގެ ރެކޯޑް ތިބި މީހުން. އުމަރު އަދި ވެސް ޑުރީމް ޓީމް ހަދާގެން ހަމަ ނުކުނަނީ އެއުޅެ މާޒް ސަލީމް މެން ކަހަލަ ކޮހުން ގޮވާގެން. މީވާ ގައުމެއް.

    35
    3
  6. މާލެމީހާ

    ‎ސަރުކާރަށް މިނަތީޖާއިން އިބުރަތެއް ލިބޭނެކަމަށް ހީކުރަން.. މާލެ މީހުން ބާކީކޮށްފަ ބިކަކޮށްފަ...ޓެކްސި ޑްރައިވަރުންނަށް ޖެއްސުންކޮށް ބޮޑުއަގުގަ ޕާކިންފީނަގާފަ ޖޫރިމަނާކޮށް ސްޓިކާރ ޖެހީމަވާނީމިހެން.. ކޮބާ މާލެމީހުންގެ ގޯތި.. ކޮބާފފްލެޓް..÷ކޮބާ ޕިކްނިކްއއްލެންޑް.. ކޮބާ މާލު-ގުޅިފަލު ބްރިޖް...! ކޮބާ ކަރަންޓް އަގު ކޮބާ އިންޓަނެޓް ކުޑައެއްނުވި.މާލޭމީހުން ބޭނުންވަނީ ގޯތި ވަރަށް ސަފުކޮށް މިބުނަނީ. ކޮވިޑް ތެރޭގައި ސަރުކާރުން ކޮށްދެވަމުން ގެންދަވާ ކަންކަމަށް ސުކުރު އަދާކުރަން! ސަރުކާރާ އމޑ އެބަޖެހޭ ނުތޮޅެ ގުޅިގެން މަސައްކަތްކުރަން!

    25
    2
  7. ތާރީޚުގެ ތެރެއިން : ރިޔަލިޓީ އިލްހާމް

    ދެންދާނީ ނިއުޅެމުން. ކޭކު ދެފަޅި ވެއްޖެ. އޭސީސީގެ ރައީސް އާއި ޕީޖީ ބޭރުކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެގި ވޯޓުން ވަކިކުރަން ވޯޓް ދިނީ އެންމެ 13 މީހުން. ކެނެރީގޭ ނަޝީދުގެ ތާޢީދު ބޮޑުތަނުން ގެއްލިއްޖެ. މިވަރުން ދެން ތާޢީދު އޮތްވަރު އެނގި ހާމަވެއްޖެ.
    މާތްރަސްކަލާނގެ ވާގިފުޅާއެކު އެމްޑީޕީ ދެން ދާނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން. މިއޮތީ ސަރުކާރަށް ތާޢީދު އޮތްވަރު ފެންނަން. މިހާރުވެސް އިންތިޚާބެއް ބާއްވަބަލަ. ބޮޑުތަނުން ނޫނެކޭ ދިވެހިރައްޔިތުން ބުނާނެ.

    27
    1
  8. ބަލާ

    ބަލާ ވެރިކަން ކުރާމީހުން ދުރުކުރުމަށް މިތިބީފޫގަޅައިގެން ވަރަށްރީތިކޮށް ދުރުކުރާނީ

    29
    1
  9. ހަގީގަތަކީ

    ކޮން ބަދަލްތޯ ކުރެވޭނީ ޙުދު ތިމާމީހާޔައް ގާނޫނީގޮތުން ލިބިފައިވާ ހައްގެއް ހޯދަންނޫޅެ ރައްޔިތަކައް ހޯދާދެވޭނެތޯ ޕާޓީގެ ކަރާމަތާ އިއްޒައް ހިފާޓަން އުޅުމުގެ ހިތި ނަތީޖާ މަޖްލިސް ކާމިޔާބް ކުރީ ރައްރަށުގަ ގޯތިދޭހެން ހަމަހަމަ ކަމާއެކު ހޯދާދޭނަމޭ ކިޔާފަ މާލޭގެ ރައްޔިތުން ޅޮސް އުނދޯއްޏައް ލައިގެން އަބަދަކު ނުތިބޭނެ ތިޔަ އުނދޯލި ހެއްލާކައް ރައްޔިތުންނެއް މާލޭގެ ހިއްކިބިމުގެ 3/2 ފަޅައް ހުޅުމާލެ ފޭސް އެކެއް 2 ފަޅައް ބާއްވައިގެން ވިޔަފާރިވެރިންނަށާ ބޭރުގެ ކުންފުނިތަކައް ދީގެން ފުލެޓް އަޅައިގެން ރައްޔިތުން ގެސްޓުންނައް ހަދައިގެން އަޅުވެތި ކުރުމުގެ ހިތިނަތީޖާ ތިޔަފެންނަނީ ވެދުން

    15
    2
  10. ާމުހައްމަދު

    ޢިސްލާމް ދީން އިސްކުރައްވާ އަޅުވެތި ކަމުން ސަލާމަތް ވަމާ

    27
    2
  11. ނާޅ

    މަސްޢޫލިއްޔަތު ލިބުނު މީހުން މަސްޢޫލިއްޔަތު އަދާކުރަންވީ، ދެންތިބި ހެޔުކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާންވީ ! މޮޅުވުމެއް ދެރަވުމެއް ނެތް ދުނިޔެމަތީގައި އޮތީ ކޮންމެ މީހަކުވެސް އޭނަގެ މަސްއޫލިއްޔަތު އަދާކުރުން!

  12. ޞޯ

    ސިޔާސަތެއް ނޫން. ޢަދިވެސް ދެއިރު ދެދަޅަޔަށް މަޖިލިސް ބާއްވާފަ ސިވިލް ސާވިސް މީހުންނާ ފަންނީ މީހުންނަށް އެއްޗެތި ގޮވުން ހުއްޓައި ނުލައި ކުރިޔަށް ގެންދާތި. ޢެއިރުން ހުންނާނީ ދެން އަންނަ އިންތިހާބެއް އަންނަންވާ އިރަށް ހަތަރެސް ކަން ހަ މަވެފަ.

  13. ޙހހހ

    މިފަހަރު ރައްޔިތުން ވޯަޓުދިނީ ޕާޓީއަކަށް މީހަކަށް ބަލާގެންނެއްނޫން ، މިއީ ޤައު މިއްޔަތަށް ވޯޓުން ދިންފަހަރެއް ، މިހާރު ދިވެހިން އެބަހޭއަރާ ،

  14. އަހްމަދު

    އަހަރެ މެން ވޯޓްނުދިނީ އަނަސް ފަހަތުގަ އޮތީ ލާދީނީ އަންނިވީ މަ ދީނަށްފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ

  15. އަދީބު

    ވައްކަން ކުރުން ހުއްޓާލީމަ އެ ނިމުނީ