މިއަދު ބޭއްވު ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާތައް ގުނަމުން ދާއިރު، ގއ. ގެމަނަފުށީގެ ރައްޔިތުން ވަނީ ވަރަށް ހަމަހަމަ ނިންމުމެއް ނިންމާފައެވެ.

މިގޮތުން އެރަށު ކައުންސިލްގެ 5 ގޮނޑީގެ ތެރެއިން 2 ގޮނޑި ޕީޕީއެމް އަށް ލިބިފައިވާއިރު އަނެއް ދެ ގޮނޑި ކައުންސިލްގެ ރައީސް ހިމެނޭހެން ލިބިފައި ވަނީ އެމްޑީޕީ އަށެވެ. ބާކީ އިން ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެކެވެ.

ގެމަނަފުށިން އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ކައުންސިލްގެ މެމްބަރުކަމަށް ޕީޕީއެމްގެ ހުސައިން އިބްރާހިމް އާއި އިބްރާހިމް ޝަރުފާޒެވެ. އަންހެން މެމްބަރުންގެ ގޮނޑި އެމްޑީޕީގެ ފާތިމަތު ސަމިއްުޔަތު އާއި ޖޭޕީގެ ފާތިމަތު މަދީހާ ކާމިޔާބު ކޮށްފައިވާއިރު، ކައުންސިލް ރައީސްކަމުގެ ގޮނޑި ލިބިފައި ވަނީ އެމްޑީޕީގެ އިބްރާހިމް ނާޝިދު އަށެވެ.

ގއ. އަތޮޅު ކައުންސިލް ރައީސްކަންވެސް ޕީޕީއެމްގެ ކެންޑިޑޭޓު ވަނީ ކާމިޔާބު ކޮށްފައެވެ.

މި އިންތިހާބުގައި މީގެ ކުރިން އެމްޑީޕީ އިން އަބަދުވެސް ކާމިޔާބު ކުރަމުން އަންނަ ގިނަ ގޮނޑިތަކެއް މިފަހަރު ވަނީ ޕީޕީއެމް އިން ކާމިޔާބު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި މާލެގެ މޭޔަރުކަމުގެ ގޮނޑިވެސް ހިމެނޭއިރު، ޕީޕީއެމް އިން މިފަހަރު ވަނީ މަލޭ ސިޓީގެ ކައުންސިލް މެޖޯރިޓީވެސް ނަގާފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމު

    ވަރަށް ފުރިހަމަ