މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޅ. ކުރެންދޫ އިން އެރަށު ކައުންސިލްގެ 5 ގޮނޑިވެސް ވެރިކަން ކުރަމުން އަންނަ އެމްޑީޕީ އަށް ދީފިއެވެ.

ބޮޑު ތަފާތަކުން ކުރެންދޫ އިން އެމްޑީޕީގެ 5 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު، އެރަށު ކައުންސިލް ރައީސްކަމަށް ހޮވިފައި ވަނީ އިބްރާހިމް ސިމާއު އެވެ. ކަައުންސިލް މެމްބަރުކަމަށް އިބްރާހިމް މުފީދު އާއި ހުސައިން ޒާހިދު ހޮވިފައިވާއިރު އަންހެނުންގެ ހާއްސަ ގޮނޑިއަށް ހޮވުނީ ވަފިއްޔާ މުހައްމަދު އާއި ޒިފްލާ އިބްރާހިމް އެވެ.

މީގެ އިތުރުން، އެ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އަބްދުލް ރަހްމާން ހުސައިން އަށްވެސް ކުރެންދޫ އިން ވަނީ ގިނަ ވޯޓުތަކެއް ދީފައިކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ޅ. ކުރެންދޫގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީއަށް ދިން އިރު، މިހާރު އެ ރަށުގައި އޮތީ ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެކެވެ.