ނ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ބަޝީރު (ބައްޓެ) ކާމިޔާބު ކުރައްވައިފިއެވެ.

"ވަގުތު" އަށް މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ބައްޓެ ވަނީ 2،000 އަށް ވުރެ ގިނަ ވޯޓް ހޯއްދަވައިފައެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ހަމްދާން ނާސިރަށް ލިބިފައިވަނީ 1،800 އެއްހާ ވޯޓެވެ.

ނ. އަތޮޅު ކައުންސިލްގައި ދެން ހިމެނޭނީ އެ އަތޮޅު ރަށު ކައުންސިލްތަކުގެ ރައީސުންނެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލްތަކުގެ ތެރޭގައި މަނަދޫއާއި ހޮޅުދޫ ހިމެނެއެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުގެ ގޮތުގައި ނ. މާފަރު، ނ. ޅޮހި ފަދަ ރަށް ރަށް ހިމެނެއެވެ. ނ. އަތޮޅުގެ ބައެއް ރަށްރަށުގެ ނަތީޖާ އަދިވެސް ދަނީ ލިބެމުންނެވެ.

ނ. އަތޮޅަކީ ވެރިކަން ކުރާ އެމްޑީޕީއަށް ތާއީދު ބޮޑު ސަރަހައްދެއްގެ ގޮތުގައި އަބަދުވެސް ބެލެވެއެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެސް މި އަތޮޅުގެ ރަށްރަށުން އަޣުލަބިއްޔަތު ދީފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާފަރު މީހާ

    މަރުހަބާ ރައީސް ބައްޓޭ

    1
    1
  2. ކަރީމް

    ކަލޯ ބައްޓޭ ރާއްޖޭގެ ވެރިކަމާ މަޖުލީހުގެ ސުޕަރ މެޖޯރިޓީ އޮތީ ކަލޯމެން އަތުގަ އަދި ކަލޯތީ ކެރަފާ ނަސީދުގެ މާގާތް ސޮރެކޭވެސް ބުނާތީ އަހަން އެހެންވީމަ ތިޔަހުރިވަރެއް ދައްކާލާތޯ ބަލަން މިސޮރު އެބަހުރިން

  3. ސަންފައްތަ

    ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ފަރިތަ މިންވަރެއް ދެން ފެންނާނެ. މާލޭސިޓީއާއި އައްޑޫ ސިޓީގެ މެޖޯރިޓީ ސަރުކާރާ ދެކޮޅު ޕީޕީއެމް އަށް ލިބުމުން ލާމަރުކަޒީ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލަނީތޯ ނުވަތަ ޤާނޫނު އަލުން އިޞްލާޙުކޮށްގެން ބާރުތައް މައިސަރުކާރަށް ނަގަނީތޯ އަހަރުމެން ތިބޭނީ ބަލަން.