ކައުންސިލް އިންތިޚާބު ސަރުކާރަށް ނާކާމިޔާބުވި އެއްސަބަބަކީ ރައްޔިތުންގެ އުއްމީދުތަކާއި އެއްވަރަށް މަސައްކަތް ނުކުރެވުން ކަމަށް ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރު އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

2005 ވަނަ އަހަރު އެމްޑީޕީ އުފެދުނު ފަހުން އިންތިހާބެއްގައި މާލެ އާއި އައްޑޫ ސިޓީން އެންމެ ބޮޑު ނާކާމިޔާބަކާއި އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު އިންތިހާބަކީ އިއްޔެ އޮތް ކައުންސިލް އިންތިހާބެވެ. ކައުންސިލް އިންތިހާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ މާލެ އިން ލިބުނީ ބޮޑު ނާކާމިޔާބެއްކަން ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރަން ޖެހުނު މަސައްކަތްތަކަކީ ވެސް އެކަމުގެ ސަބަބެއް ކަމަށެވެ.

"ސަރުކާރަށް ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ކޮވިޑާއި ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރިމަތިި ކަންތައްތަކާއި (ރައްޔިތުންގެ) އުއްމީދުތައް މާމަތީގައި ހުރުމާއި (އެމްޑީޕީގެ) އެތެރޭގެ މައްސަލަތައް ހިމެނޭ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން ސަރުކާރު ކަންކަން ދަސްކުރާނެއެވެ. އަދި ކަންކަން ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ދެއަހަރާއި ފަސް މަސް ފުރިހަމަވާން ކައިރިވެފައި ވަނިކޮށް ބޭއްވި އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބާއި ގުޅިގެން އަދި މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ. އިންތިހާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެމްޑީޕީ އިން ވެސް އެއްޗެއް ނުބުނެއެވެ.

ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ވަނީ މާލޭ ރައްޔިތުންގެ ތާއީދު ހޯދުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައި ވާއިރު ޕީޕީއެމް އިން ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަސްލަމް

    ކަލޭމެންނަށް ކުރިޔަށް އޮތް ދުވަސްތަކަކީ އަދިމާ ހިތްދަތި ނާކާމިޔާބީއަކާއި ކުރިމަތިލުން ކަމަށް މަށަށް ލަފާކުރެވޭ. ގުރާމު ހަމަނުވާ ވާހަކަ ދައްކަން ނޫޅެ ކުރިން އިސްތިއުފާދޭން ޖެހޭ..

    29
    1
  2. އަފިރިން

    މީއަދި ކުޑަ ނާކާމިޔާބެއް އިންޝާﷲ. ކަލޭމެން ނާކާމިޔާބްވީ، މި ޤައުމިގައި އޮތް އިސްލާމްދީނަށް ނަސްރު ނުދިނުމުން. ފަސްބައި ކިނލަބް ބަޔަކަށް ނަސްރުދޭން މަރުފަލި ޖަހަމުން ދިއުމުން. އިންސާފާއި ހަމަ އޮޅުވާލާ، އައުވާނިއްޔަތު އިސްކުރުމުން. އިންސާފް އޮޅުވާލުމުން. ދިވެހިންގެ ލެޔާއިކުޅެ ދިވެހިންގެ މިނިވަންކަން ގެއްލޭފަދަ ސިއްރު އެއްބަސްވުން ތަކުގައި އިންޑިޔ އާއި އެކު ހަދަމުން ދިޔަ ޑީލްތައް އެމްޑީޕ މެންބަރުން ވެސް ބަލައެއް ނުގަނޭ. ޕާޓީދެކެވީ ލޯބި ބާއްވާ ސިއްރުންވެސް ނޫނެކޭ ބުނަން ޖެހުނީ އެހެންވެ.

    31
    1
  3. ސަބަބު ބަންގާޅީ

    ސަބަބު 1: ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ރައީސް ކުޅޭ ޑްރާމާ ބަލަން ރައްޔިތުން ބޭނުންނުވުމާއި ކޮންމެދުވަހަކު ބޭކާރު ޖަލްސާތައް ބާއްވައިގެން ރައްޔިތުންގެ ފައިސާ ބޭކާރުގޮތުގައި ޚަރަދުކޮށްފައި އެމްޑީޕީގެ 65 މެންބަރުން ވީއައިޕީ ސައިފޮދު ހިއްޕެވުމާއި މަޖިލީހުގެ މެންބަރުންގެ ކަރަޕްޝަން އިންތިހާއަށް ދިއުން. 2. ރައްޔިތުން އެދުނު ގޮތަށް ޖުޑީޝަރީން މަޖިލީހުގެ ރައީސާއި އޭނާގެ ޓީމަށް ނުކުންނަން ނުކެރި މުޅި ޖުޑީޝަރީ ގަޑުބަޑުކުރުން. 3. ސަރުކާރު ޕްރޮމޯޓްކުރާ މީޑިއާ ޓީމު ފެއިލްވުން. 4. ސަރުކާރުގެ ޕޮލިސީތައް ރާވައި ހިންގަން ނުދަންނަ ބަހުލޫލުން ތިބުން. އަދި ވަކިން ޚާއްޞަކޮށް ރައީސަށް ޕޮލިސީ ކަނޑައަޅަން ލަފާދީ މަޢުލޫމާތު ދޭން އަރިހުގައިތިބި މުޅި ޓީމު ފެއިލްވުން. 5. ދައުލަތުގެ މިނިވަން މުވައްސަސާތަކަށް އެކްޓިވިސްޓުންގެ ބަޔަކު ލެއްވުން. 6. ދައުލަތުގެ މުޅި މީޑިއާ މުށުތެރެއަށް ލުމާއި މީޑިއާ ރެގިއުލޭޓްކުރަން އެކްޓިވިސްޓުން ލުން. 7. ބޭކާރު ކޮމިޝަންތައް އުފެއްދުމާއި ބޭކާރު މުވައްސަސާތައް އުފައްދައި އެކްޓިވްސްޓުން ލައްވައިގެން އެއްވެސް ނަތީޖާއެއް ނުނެރެވުން. 8. ސިވިލް ސަރވިސްގެ މުވައްޒަފުން ގޮވައިގެން ޕްރޮޑަކްޓިވް މަސައްކަތެއް ކުރަން ނުދަންނަ ތަޖުރިބާ ނެތް މީހުން އެމީހުންގެ މައްޗަށް އަމުރުކުރަން ލުން. 9. ރާވައިގެން ބޮޑެތި ކުށްވެރިންނަށް މިނިވަންކަމާއެކު އުޅެވޭނެ ފުރުޞަތު ހޯދައިދިނުން. 10. ހަމަޔާއި އިންސާފުން ބޭރުން ބޮޑެތި ކުށްވެރިންނަށް ލުއިގޮތްތައް ހޯދައިދިނުން. 11. ނަތީޖާއެއް ނުނެރެވި ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވުމާއި، ބަދަލުގެ ނަމުގައި ދައުލަތުގެ ބަޖެޓް ވަކިބަޔަކަށް ބަހަމުން ގެންދިޔުން. މައިގަނޑުގޮތެއްގައި ސަރުކާރު ފެއިލްވެ ރައްޔިތުން ފޫހިވީ މިކަންކަން މިހެން ހުރެގެން.

    35
    1
    • އަންނި

      ކޮވިޑުން ވައްކަންކުރުން. ވަގުސަރުކާރު.

  4. ޙވބ

    ކަލޭ އާއިލާ ގެ ވައްކަމާ ހެދި

    20
    1
  5. ގުދުގުދާބެއްޔާ

    ކާމިޔާބުނުވީ މާލޭ މީހުންނަށް އެމްޑީޕީ އިން ހަރާމްކޯރުވީމާ! މާލެއިން ގޯތިބަހައިގެން ޓައިލްގަޑެއް ވަރުގެ ތަންފުއްކޮޅު ލިބިފައިވާ މީހުންނަށް ގޯތި ހޯދަން އިސްވެހުރެ ފުރަހަނި ސުއައިބްމެން އުފެއްދި ވައިބަރ ގުރޫޕުން އަންނި އާއިބައްދަލު ކުރީމާ ބުނީ "މާލޭމީހުންތިބޭހޭ ތިބެނީ ހުސްބަބުރުންނޭ" މިއީވަރަށް ހިތުގަޖެހުނުދުވަހެއް! ވީމާ ގުރޫޕްގެ 3000 މީހުން ގެ ތެރޭގައި ގިނައީ އެމްޑިޕީ މެންބަރުން. ވޯޓްބޮއިކޮޓް ކޮށް ވޯޓްލާން ނުނިކުތީމާ މުއިޒް ހޮވުނީ! މުއިޒްވެސް މާލޭ ރައްޔިތުންނަށް ވީވައުދު ބޮލާލާޖަހައިފިނަމަ ހަމަ މިގޮތައް ކަންތައްވާނީ!

    15
    2
  6. އަހްމަދު

    މުޅިޔަޔަކުން ތިހެނެއްނޫން ވީކީ އަންނި އިސްލާމް ދީނަށްފުރައްސާރަކުރުން އަހަރެމެން ބަލައިނުގަންނަން

    29
    1
  7. އިބްރީމް މުހައްމުދު ސޯލިހާ

    ރައްޔިތުންގެ) އުއްމީދުތައް މާމަތީގައި ހުރިކީ ނޫން ތި އެމްޑީޕީ މީހުން ރައްޔިތުން އެވެނިކަމެއް މިވެނިކައެއް ކޮށްދޭނަމޭކިޔާ ރައްޔިތުން ހައްދާ އެކަންތަން ނުކޮށްދޭތީ ވީގޮތް ރައްޔިތުންގެ އުއްމީދު މަތި ކުރީވެސް ތިޔަ މީހުން

    20
  8. ޢަހުވަ

    އޮފީސް ތަކުގައި ،ސިވިލްސަރވެންޓުން ކަޑާ ،އަނިޔާވެރިކަންނެރެ ،މުވައްޒަފުންނަށް ބިރުދައްކާ ހެދުމުން އެމީހުން ވެސް ފޯރީގައި ނުކުތީ ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި ދެކޮޅަށް .އިމިގުރޭޝަން ވެރިޔާވެސް ތަނުގެ މުވައްޒަފުންނަށް އަހުވަ ދައްކަނީ

    19
  9. އަހުމަދު

    ނާކާމިޔާބުވީ ކޮރަޕްޝަން މައްސަލަތަށް ނުބަލާ ވަކިބަޔަކު ހިމާޔަތް ކުރަން އުޅުނީމަ، އެމްއެމްޕީރސީ މައްސަލަ، ވެންޓިލޭޓަރ މައްސަލަ، މަރުކޮމިޝަނުން ބަލާ މައްސަލަތަށް. އަޑުތަށް އިވޭގޮތުގަ ބައެއް މިނިސްޓަރުންނާ، ކުންފުނިތަކުގަ ތިބި އިދިކޮޅު މީހުންނާ، އެއްކޮޅު މީހުންވެސް ކެންޕޭން ކުރީ އިދިކޮޅަށޯ.

    19
    1
  10. ޖާބެ

    ހައުސިންގ ޔޫ.އެސް.ޕީ (ޕްރިޕޯޒަލް) ތަކުން ކަޓުނަގަން އުޅުނީމަ އިންވެސްޓަރުން ފުހިވެގެން ގިޔައީ އަދި ދިވެހި ބައެއް ކުންފުނިތަކުން ޕްރޮޕޯޒަލް ލިމަ ވަކިން އިންވެސްޓަރުންނާ ބައްދަލުކުރަން މަސައްކަތް ކޮށް ތިމަންނާ މެންނާއެކު ކުރަންހިންގާށޭ ކިޔާފަ ވާހަކަވެސް ދެއްކި މިއީ ކޮރަޕްޝަނާ މާލެ ރައްޔިތުންނައް ގޯތި ނުލިބުމުގެ ނަތީޖާ. ޢިކޮނޮމިކް މިނިސްޓްރީ އިން ކޯލްސެންޓަރު ހަދާ ރައްޔިތުންނައް ވިޔަފާރިކުރެވޭނެ މަގު ހަނިކޮށް ދިގު ދެއްމުމުގެ އިދަރީ ނިޒާމެއް ވަނީ ޤާއިމްކޮށްފައި، މިހާރު ކަމާބެހޭ ތަނަކުންވެސް މީހަކާ ބައްދަލެއް ނުވަނެ.

    15
    1
  11. އިންޑިޔާ އައުޓް

    ނާކާމިޔާބުގެ އަސްލަކީ ކަލޭމެން އިސްލާމްދީނައް ފުރައްސާރަ ކޮއް މިގައުމުގެ އަމަން އަމާންކަން ނަގާލައި މިގައުމުގެ އަމާންކަން ނަގާލަން ކެޑިނޭޅި މަސައްކަތް ކުރަމުންދާ އިންޑިޔާގެ އުގައްވެއްޓުމުގެ ހިތިނަތީޖާ މިފެނުނީ. މިކަންތައްތައް އިސްލާހު ނުކުރާހާހިނދަކު ދެން ދުވަހަކުވެސް ތިމީހުނައް ކުރިއެރުމެއް ނުލިބޭނެ އިންޝާﷲ. މިއީ މިގައުމުދެކެލޯބިވާ ދިވެހިރައްޔިތުންގެ ގައުމެއް. އަހަރެމެންކީ އެހެން ގައުމިއްޔަތެއް ދުވަހަކުވެސް ބޭނުންވާނެ ބައެއްނޫންކަން ކަލޭމެންގެ ލީޑަރު ކައިރީގަބުނޭ އަދި އޭނަގެ އަގަވެސް މައިތިރިކޮއް ހަމަބިމައްތިރިވާން އަންގާ.