އިއްޔެ އޮތް ކައުންސިލް އިންތިހާބުގައި ތ.އަތޮޅާއި ފ.އަތޮޅާއި ރ.އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ތ.އަތޮޅު ކައުންސިލް ރައީސްކަން ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޝަރީފް އަބްދުލްފައްތާހް އެވެ. އޭނާ އާއި ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޤަމަރިއްޔާ އަލީ (ގަމަރު) އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ފ.އަތޮޅު ކައުންސިލް ރައީސްކަން ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޢަލީ މުޙައްމަދުއެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ މުޙައްމަދު ސަހުރީދު އެވެ. އެދެބޭފުޅުންގެ އިތުރުން މިނިވަން ކެންޑިޑޭޓް އިބްރާހީމް ނަޢީމް (ފާއިޒާގެ ނަޢީމް) ވެސް ފ.އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ރ.އަތޮޅު ކައުންސިލް ރައީސްކަން ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ނޫސްވެރިޔާ ޙުސައިން ނާޞިފު އެވެ. އޭނާ އާއި ވާދަކުރެއްވީ އެމްޑީޕީގެ ޢަލީ ޝާހިދު އެވެ.

ތ.އަތޮޅާއި ފ.އަތޮޅާއި ރ.އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ލާފައިވާ ބައެއް ވޯޓްތަކުގެ ނަތީޖާ އަދި ނުލިބެއެވެ. ނަމަވެސް ބާކީ ހުރި ވޯޓްތަކުން އިންތިހާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާޅި

    ހޮވުނު މީހުންނާއި އެއްވަރަށް ނުހޮވުނު މީހުންވެސް ކޮންމެ ބަޔަކު އަދާކުރަން ޖެހޭ މަސްޢޫލިއްޔަތު ތަކެއް އެބަހުރިކަން ދަންނަންޖެހޭ، މަސްޢޫލިއްޔަތު ލިބުނު މީހުންގެ މަސްޢޫލިއްޔަތު ބޮޑުކަން ވެސް ދަންނަން ޖެހޭ، ނުހޮވުނު މީހުންގެ މަސްޢޫލިއްޔަތަކީ ހޮވުނު މީހުނަށް ހެޔު ނަސޭހަތާއި އިރުޝާދު ދިނުން ހެޔުކަން ކަމުގައި ވާޤިވެރިވުން !

    31
  2. ދިލްބަހާރު

    ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޝަރީފް އަބްދުލްފައްތާހް މަރުހަބާ. ގަމަރު ނުހޮވުނީތީ އުފާކުރަން

  3. ކޮވިޑް

    އައު ރައީސަކު ހޮވިގެން ދިޔަ ދުވަހު ތ އަތޮޅުގަ ކޮވިޑްވެސް ފެތުރިއްޖެ. އެކަމަކު އެކަން ބަލާނެ މީހަކު މިހާރަކު ނެތް.

    3
    2