ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިސްބަތްވެ ވަޑައިގަންނަވާ ޅ.އަތޮޅުގެ ކައުންސިލް ރައީސްކަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފިއެވެ.

ޅ.އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ކައުންސިލްގެ ރައީސް ކަން ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާސީން ޢަބްދުﷲ އެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުއްރަޙްމާން ޙަސަން އެވެ. ދެން އިންތިހާބުގައި ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓް މުޙައްމަދު ޙުސައިން އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޔާސީން ޢަބްދުﷲ ވަނީ 1676 ވޯޓް ލިބިފައެވެ. އެމްޑީޕީގެ ޢަބްދުއްރަޙްމާން ޙަސަންއަށް ލިބިފައި ވަނީ 1388 ވޯޓެވެ. މިނިވަން ކެންޑިޑޭޓް މުޙައްމަދު ޙުސައިން އަށް ލިބިފައި ވަނީ 163 ވޯޓެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވަނީ މުހިއްމު ގިނަ ގޮނޑިތަކެއް ގެއްލިފައެވެ. އެންމެ ފާހަގަ ކުރެވެނީ މާލޭގެ މޭޔަރުކަމާއި މާލޭ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ގެއްލުމެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ހަގޮނޑިއެއް ވެސް އެމްޑީޕިއަށް ވަނީ ގެއްލިފައެވެ.

ކައުންސިލް އިންތިހާބުގައި ލިބުނު ނާކާމިޔާބާއި ގުޅޭ ގޮތުން ރައީސް ޞާލިހް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަވިޔަނި

    އައލްޙަމްދުލި އްލާހި

    34
    1
  2. ވާނުވާ

    ރައީސް ސޯލިހުގެ އަތޮޅަކީ އެއް އިރަކުވެސް އެމްޑީޕީ އަތޮޅެއް ނޫން. މައުމޫނު އިރުއްސުރެ ނައިފަރަކީ ޕީޕީއެމް ރަށެއް. ޢަބްދުﷲ ހަމީދުގެ އާއިލާ އޮތީ ނައިފަރުގަ.

  3. ސުލައިމާން

    ރައިސް ގެ އަރިސްބޭފުޅެއްކަމުގައިވާ ހަސަން ސުލައިމާން މީހުންނަށް ބިރުދައްކާތީވި ކަމެއްކަމަށް ފެންނަނީ. ކޮރަށް ޕޮރޮޖެކްޓް ހޯދައި އަހަރެމެން މީ ރަށު މީހުންކަމަށް ނުބެލީމަ ވީގިތް،ބޮޑާވުމުގެ ހިތިކަން

  4. ހުސޭނުބޭ

    އޭ ކީކޭ! ނޫރާނީއާގޭ އަދަރާދަގޮނޑިއޭ!