އިއްޔެ އޮތް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް އިންތިހާބުވި ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް އެއްބާރުލުން ދޭނަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ހޮވުނު ޑރ.މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށާއި މާލޭގެ ކަންކަން ހައްލުކުރުމުގައި މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މާލޭގެ ކަންކަން ހައްލު ކުރުމުގައި މަނިކުފާނު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް. އަޅުގަނޑު ފަރާތުން މަނިކުފާނަށް ދޭންޖެހޭ އެއްބާރުލުން ދޭނަން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެމްޑީޕީ އިން ވަނީ މާލެ ފިޔަވައި އެހެން ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޑރ.މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު ނަޝީދާއި އެމްޑީޕީ އިން ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ވަރަށް ހުތުރުކޮށް މުއިއްޒަށް އެންޓިކެމްޕޭން ވެސް ކޮށްފައެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ މުއިއްޒު ދަށްކޮށްލުމުގެ ގޮތުން "ހޮޅި މުއިއްޒު" އާއި "ވަށަފަރު މުއިއްޒު" ފަދަ ނަންތައް ސީދާ ނަޝީދު ވެސް ބޭނުން ކުރެއްވުމެވެ. މިއީ މީގެ ކުރިން އެއްވެސް އިންތިހާބެއްގައި ފެނުނު މަންޒަރެއް ނޫނެވެ.
އެމްޑީޕީގެ އަނަސް އަބްދުއްސައްތާރު އާއި ވާދަކޮށް މުއިއްޒު މާލޭގެ މޭޔަރުކަން ކާމިޔާބު ކޮށްފައި ވަނީ ބޮޑު ތަފާތަކުންނެވެ. މިހާތަނަށް ގުނި ވޯޓްގެ %61 މުއިއްޒު ވަނީ ހޯއްދަވާފައެވެ. އަނަސް އަށް ލިބިވަޑައިގެންފައި ވަނީ %37 ވޯޓެވެ.
މަކަރުވެރި ދޮގުވެރި ޚުދުމުޚުތާރު ޑިކްޓޭޓަރ ހިޔަޅުކަލޭގެ އަނެއްކާ އަނެއް ދޮގު ހެދީ. ތިޔަކަން ކަލޭ ކުރާނީ ތީގެ އަނެއްކޮޅަށް. މިހާތަނަށް ބުނިގޮތަކަށް ކަމެއް ކޮށްފައި ނެތް މީހަކު މިއަދު މާ ތާހިރު މީހަކަށްވާންވެގެން މަތިއޮމާންކޮށްފައި ރައްޔިތުންނަށް އޮޅުވާލުމަށް އަނެއްކާވެސް ދޮގުހަދަން ފެށީ.
ހާދަ ހީނުވެއޭ. އެކަމަކު ވިސްނަންޖެހޭނެ އިންގޭ! ތި މަޖްލިހުން ރައްޔިތުންނަށް ޖެއްސުން ކުރާ ގާނޫނު ނުހަދާތި! ނުބައިކަމުގެ ނަތީޖާ ވ.ނުބައިވެދާނެ. މުނާފިގުންގެ ބަހާ އަމަލާ ދިމާނުވާނެކަންވެސް އެނގޭ!
މީނަ މިހެން ބުނެފީީޔާ އޭގެ އިދިކޮޅަށް އަމަލުކުރާނީ! މިހާރުން ފެށިގެން މު އިއއއއ އްޒު ކޯޓަށް ދާނަން ފަ އްޓާނެ ތޯ އެޗެ މި އެންމެން ވެގެން.
ރައްޔިތުންގެ ވެރިންނާ ދިމާނުކުރާތި. އަނނިއަކީ 200 އެްްހާ ވޯޓް. މުއިއްޒަކީ މުޅި މާލޭގެ ރައްޔިތުންގެ ވޯޓުން ހޮވި ވެރިއެއް. ހިތިނަތީޖާ ނުކުންނަނީ އަންނި ގެންގުޅޭ ޓޓަލިޓޭރިއަން ސިޔާސަތާހެދި. އަޅުންގެ ގޮތުގައި ރައްޔިތުން ދެކޭތީ އެންމެބޮޑު މައްސަލައަކީ.
އަންނި ދުރުގަ ހުރޭ. ރައީސް އިބޫގެ އެއްބާރުލުން އެކަނި މުއިއްޒުއަށް ބޭނުމީ. އަންނިއާ ހެދި އެމްޑީޕީއަށް ނާކާމިޔާބުވީ ވެސް. ލާދީނީކަލޭގެ ނުބައިކަމުން.
މަށަކީ މޑޕ މީހެއް އެކަމަކު އަންނި އޑޕގެ ލީޑާސިޕްގަ ހުރި ހާހިނދަކު މަގޭ އާއިލާވެސް ރައްޓެއްސަކަށްވެސް ލާހިކެއްނޫން އމޑޕ އަށް ވޯޓެއްދޭކަށް މަށަކީ ﷲ ރސއވ ތަބާވާ ބިރަކާ ނުލާ މަޖާކުރުމަށް ދެކޮޅުހަދާމީހެއް ހެޔޮނުވާނެ މޑޕ ސަލާމަތް ކުރަން ބޭނުމިއްޔާ އަންނި ބޭރުކުރޭ ބޭރު ކުރޭ ބޭރުކުރޭ ތީ ބޮޑު މުސީބާތެއް ވަކަރުގޭ މީހުން އުޅެހެން ތެޅޭ މީހެއް
ކަލޭ ވޯޓު ލީވެސް މުއިއްޒަށް ކަލޭ ގުޅާފަ މީހުން ގާތުގަ ބުނެފަ ވެސް އެބަހުރި.. ދެން ހިފާނީ ޕާޓީ ފަޅިކުރަން ދާއިރާ ވޯޓަށްފަހު.. ތިހުރީ ބޮޑު ވަޒީކަން ކުރެވިފަ ނަޝީދަށް..
ތީ ކަނޑައެޅިގެން ދޮގެއް އެހެދީ ކުރާނަމޭ ބުނެފިތަ ނުކުރާނެ ވެރިކަމުން އިސްތިއުފާދީފަ ނިކުމެ އަނެއްދުވަހު މުޅިގައުމުގާ ހުޅުޖެހީ މިކޮމެންޓް ޖަހާލަދެއްޗެ އަންނިޔަކީ ބަހާ އަމަލާ ދިމާނުވާ މީހެއް .މިހާރުވެސް ބުނެފައެއޮތީ މޑޕ އަށް ނުލިބިއްޖިޔާ ކައުންސިލް އުވާލާނެ ކަމަށް ދެން ކުރާނީ ލާމަރުކަޒީ ނިޒާމް ފުޑާލާފަ ކުރިން ހެދިހެން ހަދާނީ ބަލަންތިބޭ މީ ޔަގީން ކަން ތީމުނާފިގެއް
ބުނާ ބަހާ ދިމާ އިދިކޮޅަށް މަސައްކަތްކުރާނީ! އަންނިއަކަށް އޮޅިގެންވެސް ތެދެއް ނުހެދޭނެ!
ކެެރަފާ އާއިލާމީހުންގެ ފަސްބާގައި ހުރީ ދިވެހިންގެ ގައިން އޮހޮރާަލި ލޭ ، ވެރުކަމެއް އޮތިއްޔާ ބަޣާވާންކުރަނީ ، މީނަ ވަކި ސަހަލުވާނެތާ
މާލޭގެ ކަންކަން ހައްލުކުރަން މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރަން ކަމަށް މަމެންގެ ގޯލްޑެން ޕްލޭޓެޑް ރައީސް މުހައްމަދު ވިދާޅުވުމުން އެއީ މަމެންނަށް އުފާވެރިކަން ލިބިގެންދާ ކަމެކޭ މަމެން މިތިބީ ރައީސް މުހައްމަދާއި އެކު މަސައްކަތް ކުރަން އަތާއި އަތް ގުޅުވާލައިގެން އިނގޭތޭ މިހާރުގެ ދަހާކިމާ އާއި އެކު މަސައްކަތް ކުރަން މަމެން ބޭނުމެއް ނޫނޭ އެއީ މާލެ ސަރަހައްދުގެ ތަރައްގީ އަށް ހަސަދަވެރިވާ ހާކިމާ އެއް ކަން ކޮވިޑް ތެރޭން ސާބިތު ވެއޭ ހުރިހާ ދިމާލަށް ބަލާލުމުންވެސް...
ސައިޒް ވެފަ ހުރޭ ދެން
ޢެއްބާރުލުންނުދީ ކުރާނެކަމެއްނޯއްމާނެ ނަޝިދުއަށްމިހާރު އެގޭނެ ރައްޔިތުން މިހާރުތިބިގޮތް ވަރަށްރަގަޅަށް ކިތައްމެ މަލާމާތެށއކުރިޔަސް ﷲ ސުބުހާނަހޫ ވަތައާލާގެ ނިންމެވުމަކަށް ކުރާނެކަމެއްނޯންނާނެކަން ތިއެއްއގޭނީ ސަރުކާރުގެ ފިއްތުންތަށް އެގޮތަށް ނުގެންގުޅެ މިނިވަން އިންތިހާބެއްބޭއްވިނަމަ އެމްޑީޕީއަށް އެއްގޮޑިވެސް ނުލިބޭނެ ދެންވެސް އެމްޑީޕީ ބައިގަޑު ބިމައްތިރިވެ ﷲ އަށް ތަބާވޭ
ރަގަޅަށް ބަލިވެއްޖެ.
ރައްޔިތުންނަށް ޖެއްސުން ކުރަން ހިޔާ ފްލެޓްތައް ނުދީ ލަސްކޮށްފިނަމަ ރިޔާސީ އިންތިހާބުވެސް ބައިބައި ކިޔަންޖެހިދާން.
ދެން ޖެހޭނީ އެއްބާރުލުން ދޭން ނުދީ ކީއްކުރާނި ރައްޔިތުން އެއޮތީ ގޮތް ނިންމާފަ ދެން ތެޅި ތެޅި ހުރޭ.....
ޢެބުނި އެއްޗެއްގެ މުޅިން އިދިކޮޅަށް އަމަލުތައް ހުންނާނީި ވަރަށް ވިސްނާތި
މަނިކުފާނަށް އެހެން އިތުރު އޮޕްޝަނެއް އެބައޮތްތޯ! ފަހަރެއްގައި މަޖްލީސް މެދިވެރިކޮށް މާލެ ސިޓީ ކައުންސިލް އިވާލަ މަލޭއެރިޔާ ހިންގުން މިނިސްޓްރީތަކާ ޙަވާލު ކުރެވިދާނެ!!!!
ބްލެޑް ބޭންކުން ލޭބޯންތަ އެއްބާރުލުންދެނީ؟ ބަލަ މަނިކުފާނެއްނޫންތޯ ވިދާޅުވީ ޑްރެކިއުލާ އަކާއި ބްލެޑްބޭންކް ހަވާލުކުރުންކަހަލަ ކަމެކޭ މުއިއްޒުއާ މާލެސިޓީގެ މޭޔަރުކަން ދިނުމަކީ؟ ދެން މަނިކުފާނު މުއިއްޒުއާ އެއްބާރުލުންދޭން ރއްޔިތުންގެ ގެއަށް ވަދެ ރައްޔިތުމީހާގެ ކަރުން އަނގަޖަހާ ލޭބޮވޭނެގޮއިތް ތޯ ހައްއްދަވައިދެއްވާނީ؟
މިހާލިން ދެންނިކުންނާނީ ޕީީޕީ އެމް
ކުދިފިޔޮއ އްތަ،،،،
ތި އޮތީބިސް އަޅާފަ ދެންނިކުންނާނީ
ފި އޮއ އްތަ
ކޮންމެ ދުވަހަކު ހެދުނު ހޭލާ ގޮތަށް މިވެނި މީހަކަށް މިވެނި ޖެއްސުމެއް ކޮއްލާށޭ ކިޔާ ލިސްޓު ނެރޭ މީހަކީ މަމްދޫހު ރަމީޒް މިލަންދޫ ހެއްޔެވެ
ބްލަޑްބޭންކް ޑްރެކިޔުލާއާ ހަވާލުވީމާ އެއްބާރުލުން ދެނީ ކީއްކުރަންތަ؟
ކަލޯ އައިޑީކާޑު ނަމްބަރު ހަނދާން އެބަހުރިތަ؟ އެއްވެސް މީހަކު މަގުމަތިން ޓެސްޓްހަދަން ސުންކު ދޭނެކަމެއްނެތް.
ކަލޭގެ އެއްބާރުލުމެއް ބޭނުމެއްނުވޭ މާލޭސިޓީކައުންސިލް ހިންގާކަށް. ތިއުޅެނީ ދަލު ބޭރުން ޖެހިގެން.
އެލެކްސް ދެންވެސް އިސްލާހު ވެބަލަ އަދީ އޮތީ ރިޔާސީ އިންތިހާބު، އަސްލު ސައިޒު ދައްކާލުން 😂
ކޮބާ އޮންނާނެ .. ހޮޅި ޔާ .. ވަށަފަރާ ، އުނބާ.. މަރުމޯލާ ، ކުޑަގޮހޮރޭ ކިޔެފަ..
ބައްލަވަބޭޅާ އެއީ އެއްކަލަ " ވަށަފަރުހޮޅިމުއިއްޒު " ނޫންތޯ މިހާރުމާމާތްމީހަކަށްވާންތިޔަތެޅިއަރުވަނީ ގޮތްހުސްވެވަންނާނެ ހޮޅިއެއްފުޅިއެއްނުލިބި ނާށިފަޅިއަކަށްވަދެއޮތް ބަރަވެއްޔަކާ އެއްފަދަވީތޯ؟ ކިނބޫބުނީތެޅުނުވަރަކަށް ދެންދާނީހުޅުނބޯ؟
ތިޔަދުލުން މިވެނިކަމެއް ކުރަަނަން ބުނެފި ކަމެއް ނުކުރާނެ ކަން މީ އެއްމެން ދަންނަ ހަޤީގަތެއް ނުކުރާނެ ހުސް ދޮގު ހަދާނީ
އަނގަ އޮޅުނީ ކަންނޭގެ ، ނޫނީ އެއްޗެއް ހިތްޕަވައިގެން އިންނެވީ ކަންނޭގެ.