އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ކުރިން ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ބޮޑު ކާމިޔާބީއެއް އިދިކޮޅު ޕީޕީއެމަށް ވަނީ ލިބިފައެވެ. އަދި އައްޑޫ ސިޓީން ވެސް ފުރަތަމަ ފަހަރަށް ޕީޕީއެމަށް ގޮނޑިތަކެއް ލިބުނު ކަމަށް ވަގުތީ ނަތީޖާ އިން ވަނީ ދައްކައިފައެވެ. އެކަމަކު، ނިސްބަތުން ބަލާ އިރު، އިންތިހާބުގައި އެންމެ ގިނަ ގޮނޑިތައް ހޯދާފައި ވަނީ އެމްޑީޕީ އިންނެވެ. އެކަމަކު، އެއީ އެމްޑީޕީ ހިތްހަމަޖެހޭނެ ނަތީޖާއަކަށް ނުވާނެއެވެ.

އެމްޑީޕީ އަށް މާލެ އާއި އައްޑޫ ސިޓީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ދަނޑިކޮށި ގެއްލި، 2023 ވެސް ގެއްލުމުގެ ކުރިން" އިސްލާހް ކުރަން ޖެހޭ ކަމަށާއި ގައުމެއް ހިންގެނީ އިލްމާއި ތަޖުރިބާ އާއި ބުރަ މަސައްކަތުން ކަމަށެވެ.

"ތީނަގެ ބެއްޔާއާއި އޭނަގެ ލޯބިގަނޑާއި މީނަގެ ޖާރިޔާއާއި ކާފަގެ ފުށް މާގަނޑު ލައިގެން ބޮއި ސްޓޯ ވެސް ނުހިންގޭނެ" ދިޔާނާ ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއަށް ބަލައިލާއިރު، ވެރިކަން ކުރާ އެމްޑީޕީއަށް ވެސް ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވިފައިވީ ނަމަވެސް، މުހިންމު ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ގެއްލި ޕީޕީއެމަށް ލިބިފައެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ނަތީޖާއަކީ އެމްޑީޕީ އަށް ލަދުވެތި ނަތީޖާއެކެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަށަވަރުކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާމިރު ނަސީމް ، އއ . އުކުޅަސް

    2023 މިހާރުވެސް ގެއްލިއްޖެ ، ރައްޔިޔުން މިސަރުކާރަށް ނޫނެކޭ ބުނެފި ، ވައްކަން ވައްކަން މި އޮތީ ހައްދުން ނައްޓާފަ 2 އަހަރުވީ ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ، ހެދީ ހަައްތާވެސް ދޮގު ، ޖާބިރު ގާތު ބުނެލާ ކާށިދޫ ދާއިރާ ހަނދާން ނައްތާލާށޭ!

  2. އާކާޝް

    އިންޝާﷲ 2023 އެމްޑީޕީ އަށް ގެއްލިއްޖެ، އަމިއްލައަށް ނުކުމެ އިންތިހާބު ކާމިޔާބު ކުރެވިފައެއްނެތް، ކޮންމެވެސް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން މެނުވީ، ޚާއްޞަކޮށް ރައީސް ނަޝީދު ކުރިމަތިލައިގެން ލިބޭނެ އެއްވެސް ކާމިޔީބެއްނެތް، އެއީ އޭނާގެ މިޒާޖާއި ގޮތްކުޑަ ސިޔާސަތުގެ ސަބަބުން.

  3. ކަނީރު

    2023 ވެސް ގެއްލޭނެ. އެހެންވެ އިންޑިޔާ ސިފައިން ގެނެ އީ

  4. ހުސޭނުބޭ

    ވީމާ 2023 އަންނަންވާއިރަށް ބައިތުލްމާލުން ކައިފާ ހުރި ބައިވަރު ހޮޑަށް ނެރެންވީ! ތިތަނުން ކާކައްތަ އެކަން ކުރެވޭނީ؟

  5. އެމަންޖެ

    ގެއްލުމޭ ނުކިޔާ މޑޕ ގެވަސް ވެސް ފިލުވާލާފަ މިފަހަރު ދޫކުރާނީ.