އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ މޭޔަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގުޅުއްވައި މަރުހަބާ ދަންނަވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މާލެ ސިޓީ ފިޔަވައި ހުރިހާ ސިޓީއެއްގެ މޭޔަރު ކަން ލިބިފައި ވަނީ އެމްޑީޕީއަށެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ މުހައްމަދު އާތިފެވެ. އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އިސްމާއިލް ރަފީގެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންތިހާބީ މޭޔަރުންނަށް ރައީސް ރޭގައި ގުޅުއްވައި މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމްގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ބޮޑު ކާމިޔާބީއެއް އިދިކޮޅު ޕީޕީއެމަށް ވަނީ ލިބިފައެވެ. އަދި އައްޑޫ ސިޓީން ވެސް ފުރަތަމަ ފަހަރަށް ޕީޕީއެމަށް ގޮނޑިތަކެއް ލިބުނު ކަމަށް ވަގުތީ ނަތީޖާ އިން ވަނީ ދައްކައިފައެވެ. އެކަމަކު، ނިސްބަތުން ބަލާ އިރު، އިންތިހާބުގައި އެންމެ ގިނަ ގޮނޑިތައް ހޯދާފައި ވަނީ އެމްޑީޕީ އިންނެވެ. އެކަމަކު، އެއީ އެމްޑީޕީ ހިތްހަމަޖެހޭނެ ނަތީޖާއަކަށް ނުވާނެއެވެ.

އިންތިހާބުގެ ނަތީޖާއަށް ބަލައިލާއިރު، ވެރިކަން ކުރާ އެމްޑީޕީއަށް ވެސް ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވިފައިވީ ނަމަވެސް، މުހިންމު ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ގެއްލި ޕީޕީއެމަށް ލިބިފައެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ނަތީޖާއަކީ އެމްޑީޕީ އަށް ލަދުވެތި ނަތީޖާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ސޯލިހޫ..... ކޮބާ ހީވޭ ކަމެއްހެން. ރައްޔިތުން ލަނޑާލައިފިދޯ ކަންކަށިމަތީ ވޯޓަކުން ރަނގަޅައް؟؟ އިހުސާސް ވާނެކަމައް އުންމީދުކުރަން!!! ހެހެ

  2. Happy

    ‎ސަރުކާރަށް މިނަތީޖާއިން އިބުރަތެއް ލިބޭނެކަމަށް ހީކުރަން.. މާލެ މީހުން ބާކީކޮށްފަ ބިކަކޮށްފަ...ޓެކްސި ޑްރައިވަރުންނަށް ޖެއްސުންކޮށް ބޮޑުއަގުގަ ޕާކިންފީނަގާފަ ޖޫރިމަނާކޮށް ސްޓިކާރ ޖެހީމަވާނީމިހެން.. ކޮބާ މާލެމީހުންގެ ގޯތި.. ކޮބާފފްލެޓް..÷ކޮބާ ޕިކްނިކްއއްލެންޑް.. ކޮބާ މާލު-ގުޅިފަލު ބްރިޖް...! ކޮބާ ކަރަންޓް އަގު ކޮބާ އިންޓަނެޓް ކުޑައެއްނުވި.މާލޭމީހުން ބޭނުންވަނީ ގޯތި ވަރަށް ސަފުކޮށް މިބުނަނީ. ކޮވިޑް ތެރޭގައި ސަރުކާރުން ކޮށްދެވަމުން ގެންދަވާ ކަންކަމަށް ސުކުރު އަދާކުރަން! ސަރުކާރާ އމޑ އެބަޖެހޭ ނުތޮޅެ ގުޅިގެން މަސައްކަތްކުރަން!

    1
    1