މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށައިފިއެވެ.

ހެެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މި ވެކްސިން ދޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށަށާއި، 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތަކަަށް ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށާއި، ފައިޒަ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ.

މި ވެކްސިން ދޭން ނިންމާފައި ވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ.

އޭގެތެރޭގައި ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނާއި އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ މީހުން ހިމެނެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑުން ދިފާއު ވުމަށް ޖަހަމުން ގެންދަނީ ފައިޒާ ވެކްސިން އާއި ސިނޮފާމް ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު