އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލުނީ އެތެރޭގެ ވާދަވެރިކަމުގެ ސަބަބުން ކަމަށް އިއްޔެ އޮތް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރަށް އައްޑޫ މޭޔަރުކަން ކާމިޔާބު ކުރެވުނު ނަމަވެސް ކައުންސިލްގެ ހަ ގޮނޑިއެއް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އިއްޔެގެ އިންތިހާބުން އެމްޑީޕީއަށް މޭޔަރުގެ ގޮނޑި ފިޔަވައި ދެން ކާމިޔާބު ކުރެވުނީ ތިން ގޮނޑިއެވެ. އެމްޑީޕީއަށް އިންތިހާބުގެ ކުރިން އިތުރު ތިން ގޮނޑިއެއް އޮތީ ކަށަވަރު ވެފައެވެ.
މީގެ ކުރިން އެމްޑީޕީ އިން ސްޕަ މެޖޯރިޓީ ހޯދަމުން އައި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ މިފަހަރު އެމްޑީޕީއަށް ލިބުނީ އެންމެ ގޮނޑިއެއްގެ ތަފާތުންނެވެ. އެމްޑީޕިއަށް ހަތް ގޮނޑި ލިބިފައި ވާއިރު އިދިކޮޅު ޕީޕީއެމް އަށް ތިން ގޮނޑި މިނިވަން މެންބަރުންނަށް ތިން ގޮނޑި ލިބުނެވެ.
ނިޒާރު "ވަގުތު" އަށް ވިދާޅުވީ އައްޑޫ ސިޓީގައި ވެސް އެމްޑީޕީގެ މީހުންގެ މެދުގައި ވޯޓުލުމުގެ ފޯރި ހުރި މިންވަރު މަދުކަން ފާހަގަކުރެވުނު ކަމަށެވެ. އެއާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ވޯޓުލުމުގެ ފުރުސަތުގެ ބޭނުން ވަރަށް ބޮޑަށް ހިފާ، ބަދަލަކަށް މަސައްކަތް ކުރި ކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އަމިއްލަ ގޮތުން ހޮވުނު ކައުންސިލަރުންގެ ތެރޭގައި ވެސް އެމްޑީޕީ ފިކުރުގެ މީހުން ހިމެނޭ ކަމަށާއި ބައެއް ދާއިރާތައް އެމްޑީޕީ އަށް ކާމިޔާބު ނުކުރެވުނީ ޕާޓީގެ ވާދަވެރިކަން އޮތް ގޮތުން ކަމަށެވެ.
"އެމްޑީޕީގެ މެމްބަރުންގެ މާޔޫސްކަން ހުރީމަ ވޯޓުތަކެއް ގެއްލުނު. ނަމަވެސް އައްޑޫ އިން ޕީޕީއެމް އަށް ރަސްމީކޮށް ލިބުނީ ދެ ގޮނޑި. ދެން ދިޔައީ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމުގައި ދިޔަ ގޮނޑިތަކެއް. އެއީ މީދޫ ދާއިރާއަށް އެމްޑީޕީއިން ވާދައެއް ނުކުރޭ. ދެން ދިޔައީ ފޭދޫ އަށް. އަމިއްލަ މީހުންނަށް ލިބުނު ގޮނޑިތަކަކީ އެއީ ހަމަ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމުގެ ސަބަބުން ގެއްލުނު ގޮނޑިތަކެއް." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ އަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށާއި، އައްޑޫ އަށް އެކަމުގެ ސަބަބުން ލިބުނު ހީނަރުކަމުގެ ސަބަބުން އާއްމުން މާޔޫސްވި ކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އައްޑޫގައި ހުރި ރިސޯޓްތައް ބަންދުވުމާއި ވަޒީފާ މަދުވުން ފަދަ ކަންކަމުގެ ސަބަބުން ވެސް ރައްޔިތުން ނާއުންމިދުވި ކަމަށެވެ. އެކަމުުގެ އަސަރުވެސް އިންތިޚާބަށް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
" ބައިވަރު ކަންކަން ހުރި. އަޅުގަނޑަށް ގަބޫލުކުރެވެނީ ބޮޑަށް ޕެންޑެމިކްގައި އައްޑޫ އަށް ވަަރަށް ބޮޑެތި ދަތި ކަންތައްތަކެއް އައި. މިސާލަކަށް ޝަންގްރިއްލާ ހެރެތެރެ ބަންދުވުމާއި ވަޒީފާ މަދުވުމާއި، ވަޒީފާގައި ތިބި ރައްޔިތުން އެނބުރި ރަށަށް އައިސް ކަމެއް ނެތި ތިބުމުން ވޯޓުނުލުމުގެ މައްސަލަ ދިމާވި. އެކަށީގެންވާ ވަރަށް ވޯޓު ނުލުމުގެ މައްސަލަ ދިމާވި. އެމްޑީޕީ އަކު ނެތް ވޯޓު ލުމުގެ ރޫހެއް." ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އައްޑޫގެ އިގްތިސާދީ ގޮތުން ބަލިކަށިކޮށް އޮތް އޮތުން ވަރުގަދަކޮށް ސަރުކާރާއި މަޝްވަރާކޮށްގެން ވީހާވެސް އަވަހަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ފެށުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.
އައްޑޫގައި ގިނައީ ގޅނ. ޢެހެންވެ މީނާހޮވުނީވެސް
ނޫން ނިޒާރު! އެމްޑީޕީންވެސް ނާޤާބަލިލް އަދި މިހުން ބަލައިނުގަންނަ މާފޮނި މީހުން ނުހޮވުނީ! އަބަދު މީހުން ބޭނުމެއްނޫން އެމްޑިޕީވެގެން އުޅޭކަށް! އެގިއްޖެތަ!
ކޮވިޑް ސަބަބުން މީސްތަކުންގެ ނަފްސާނީ ހާލަތަށް އައިސްފައިވާ ބަދަލެއްގެ ނަތީޖާއެއްގެ ގޮތުންނޫންނަމަ އެމްޑީޕީއަށް އެންމެ ގޮޑިގަޑެއްވެސް ނުލިބުނީސް! މީލައްކަ ވާހަކަ.
ކީކޭކިޔަން ތިއުޅެނީ ﷲ އިރާދަކުރެއްވިއްޔާ ތިޔަބައިގަނޑުދާނީ ބަލިވަމުން.
ދެން ކޮން ބަހަނާ .ހަމަ ސަރުކާރު އެމްޑީޕީ ކަޑަކަމުން.ހާލިނިކޭ
ލަތީބެ އެއްވެސް ކެމްޕެއިނެއް ހަރަދެެއް ނުކޮައް ، ނިޒާރު އެތަކެއް މިލިއަން ހަރަދު ކޮއް ކެނޑިނޭޅި 1 އަހަރު ކެމްޕެއިން ކުރުމުން ވެސް ލިބުނީ 60 %. ލަދު އިނގޭ. ޙޮވުނި އެމްޑީޕީ 2 ކައުންސަލަރުން އަސްލު. ފަލަކް ޝިނާޒް ނުހޮވޭނެކަން ޔަގީންވުމުން ސީދާ އެމްޑީޕީ އިން އިދިކޮޅު ކެންޑިޑޭޓަށް 500000 ރުފިޔަާ ދީގެން ނަންނެގުވީމަ ޝިނާޒް ވެސް ހޮވުނީ. ޢައްޑޫ ކައުންސިލްގަ އަންނި ކަލްޓް މީހަކު ބަހައްޓަން އަދި އޭނަ ޑެޕިއުޓީ މޭޔަރ އައް އައްޔަން ކުރަން އޭނަ ހޮވަން އަންނި ބޭނުންވީ.
5 އަހަރު ލިބޭނެ ތަފާތު ދައްކަން ،ތަފާތު ކުރުމެއްނެތި ތަފާތު ދައްކާފަ ނުނީ ދެން ކުރިމަތި ނުލާނެ ކަމަށް ހީކުރަން.
ވިލާ ގަނޑެއްގަ އުފެދުނު ލޯވ ޕްރެޝަރެއްގެ ސަބަބަކުން ނޫންތަ!
ފަލަކް ޝިނާޒް އަދި މަރީ ތިދެމީހުންނަކީ ހިތަދޫ ރައްޔިތުން ވޯޓް ދީގެން ހޮވި ބައެއް ނޫން.
މަރީކަޑަ ތައުލީމެއް ނެއް ތަޖުރިބާއެއް ނެއް
މިދިޔަ ލޯކަލް އިންތިހާބުގަ އި ޕީޕީ އެމް ތިބަހަނާ ދެ އްކީމަ އި ފާޑުކީ
2 ކެންޑިޑޭޓުން ކުރިމަތި ނުލާނަމަ ރައްޠިތުންގެ ފެންނަ ނުފެންނަ ވޯޓަކަަށް ދާން ޖެހޭނެ. ޢަހަރުން ދާއިރާއިން ޝިނާޒް އަށް ގޮނޑި ހިލޭ ދީފަ އެއިނީ. އޭނަޔަކީ މީހުންގެ ތާއީދު އޮތް މީހެއް ނޫން. ޢޭނަ ކުރިމަތި ނުލާ އިންތިހާބެއް ނެތް. ދުވަހަކު ނޮހޮވޭ. މިމައްސަލަ ކޯޓަށް ލާންޖެހޭ. ޢަނެއްްކާ މާމޮޅު މީހަކަށް ހެދިގެން އުޅޭއިރު ފެންވަރު ޖި ސީ އިން ފާސްނުވޭ. ހޮޓެލް ސްކޫލް ިނ 1900 ގަ ޑިޕްލޮމާ ގަނޑެއް އޮތީ. ޢަނެއްހެން މެނޭޖްމަންޓް އިން ސުމެއް. ޢެވަރު މީހަކު ޑ މޭޔަރކަން؟؟؟؟
އެހެނެއް ނޫން. ހުޅުޖަހާ ފަނާކުރަނިވި ފިކުރަކީ ފަކުރެއްކަން ރައްޔިތުންނަށް އެނގެން ފެށީ.