އެމްޑީޕީ އަށް ވޯޓު ނުދިނީ "ރޯޔަލް ރޭޕް ކޭސް"ގެ ސަބަބުން ކަމަށް ރާއްޖޭގެ އެންމެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވެއްޖެއެވެ.

ޑރ.ނާޒް އަކީ މީގެ ކުރިން އެމްޑީޕީ އަށް ވޯޓުދެއްވަމުން އައި ބޭފުޅެކެވެ. ޑރ.ނާޒްގެ ވޯޓު އެމްޑީޕީ އަށް ގެއްލުނު ސަބަބު ހާމަކުރައްވަަމުން އޭނާ ވިދާޅުވީ އެމްޑީޕީ އަށް ވޯޓު ނުދޭން ނިންމީ އަންހެންކުއްޖަކު ދަންވަރު މޫދަށް ފުންމާލުމުން، އެކުއްޖާ ފުންމާލަން ޖެހުނު ސަބަބުން ބަދަލުކުރުމަށް ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން އެކުއްޖާއަށް ބާރު އެޅި ހިސާބުން ކަމަށެވެ.

ހުޅުމާލޭގެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ (ޕީޖީ) އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒާ އެކުގައި ކަމަށް ބުނެ މި މައްސަލައިގައި ފުލުހުންނަށް ވަނީ ފާޑު ކިއުން އަމާޒުވެފައެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ފުލުހުންނަށް ކުރިމަތިވެފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙެހެހެ

    ދެން ނޫޅޭނެ މޑޕ އަށް ވޯޓް ދިން މީހަކު ހެހެހެހެހެހެ.

    6
    1
  2. އައްލެ

    އަޅުގަނޑުވެސް ވޯޓުނުދުނީ އަލީވަހީދަ އަދީބު ވެންޓިލޭޓަވަގު ނުހޯދީމާ