އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ދާއިރާއަކަށް ވިލިމާލެ ދާއިރާ ވާނެއެވެ. އެ ދާއިރާއަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ނަހުލާ އަލީއަކީ މީގެކުރިން ދެ އިންތިހާބެއްގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް ކެންޑިޑޭޓެކެވެ. އެކަމަކު، އޭނާ ތިން ވަނަ އިންތިހާބަކަށް ނުކުމެވަޑައިގެންނެވީ މާޒީގައި ލިބިވަޑައިގެންނެވި ނަތީޖާ ތަކުރާރު ނުވާނެ ކަމުގެ ފުރިހަމަ އަޒުމުގައެވެ.
ކިތަންމެ ވަރަކަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ހިތްވަރު އެލުވާނުލައްވާނެ ކަން ނަހުލާ ވަނީ ސާބިތުކޮށް ދެއްވައިފައެވެ.
މީގެ ކުރިން ނަހުލާ ވަނީ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ށ. ކޮމަންޑޫ ދާއިރާއަށް އަދި 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ގަމު ދާއިރާއަށް ވެސް އަމިއްލަ ގޮތުން ވާދަކުރައްވައިފައެވެ.
މި ދެ އިންތިޚާބުގައި ވެސް ނަހުލާއަށް ކުރިމަތިވީ ނާކާމިޔާބީއެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ގަމު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ލިބިވަޑައިގަތީ ވެސް ސަތޭކައެއްހާ ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ޖުމުލައިގެ އެންމެ ހަތަރު އިންސައްތައެވެ.
މި ނާކާމިޔާބީތަކާ އެކު، މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވުމުން ވަރަށް ގިނަ ފާޑުކިޔުންތައް ނަހުލާއަށް އަމާޒުވެގެން އައެވެ.
"ކޮންމެ އިންތިޚާބެއްގައި ވާދަކުރައްވާނެ، އެކަމަކު ވާ ކަމެއް ނެތް، ދެން ކީއްކުރަން ވާދަކުރަނީ،" އާންމުންގެ މީހަކު މީސްމީޑިއާގައި ހިޔާލު ފާޅުކުރަމުން ުބުންޏެވެ.
އެ ފާޑުކިއުންތަކާ އެކީ ވެސް ކައުންސިލަށް ވާދަ ކުރައްވަން ނިންމަވައި ވިލިމާލޭގައި ވަރުގަދަ ކެމްޕޭނެއް ނަހުލާ ކުރެއްވިއެވެ. މިހާރު އެމްޑީޕީގެ މެންބަރެއް ހުންނެވި އެ ދާއިރާ ފުރަތަމަ ފަހަރަށް ކައުންސިލް އިންތިޚާބެއްގައި ޕީޕީއެމްއަށް ލިބިގެން ދިޔައީއެވެ.
"ވަގުތު" އަށް މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ނަޙުލާއަށް 650 އެއްހާ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ޙަމްނާ ވަޙީދަށް 350 އެއްހާ ވޯޓް ލިބިވަޑައިގަތެވެ. އަމިއްލަ ކެންޑިޑޭޓް އައިމިނަތު ރިޔާޝާއަށް 250 އެއްހާ ވޯޓް ލިބިވަޑައިގަތެވެ.
މިއީ ހިތްވަރުގަދަ ޓީމެއްގެ މަސައްކަތުން ލިބުނު ނަތީޖާއެއް
ވިލިމާލެ ދާއިރާގެ އިންތިޚާބީ ކައުންސިލަރު ނަޙުލާ "ވަގުތު" އަށް ވިދާޅުވީ އެ ގޮނޑި ކާމިޔާބު ކުރެވުނީ ވަރަށް ބުރަ މަސައްކަތްތަކެއް އޭނާގެ ކެމްޕޭން ޓީމުން ކުރެއްވީމަ ކަމަށެވެ. ވިލިމާލެ ދާއިރާއަކީ އެހެން ދާއިރާތަކާ ޚިލާފަށް ކެމްޕޭން ހަރަކާތްތައް ހިންގަވަން ވެސް ދަތި ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ކެމްޕޭން ވަރުގަދައަށް ހިންގުނު ސަބަބަކީ އަޅުގަނޑުމެންގެ ޓީމް، މުޅި ނަޙުލާ ޓީމް، މި ލިބުނު ކާމިޔާބީގަ އަޅުގަނޑުގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވަން، މިއީ އެ ޓީމުގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް،" އަމިއްލަ ކެމްޕޭން ޓީމާ މެދު އޮންނެވި ފަޚުރުވެރިކަން ހާމަކުރައްވަމުން ނަޙުލާ ވިދާޅުވިއެވެ.
ދެ އިންތިޚާބެއްގައި ލިބުނު ނާކާމިޔާބީއަށް ފަހު އަނެއްކާ ވެސް އިންތިޚާބެއްގައި ވާދަކުރަން ނިންމެވުމުން އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ނަޙުލާ ވިދާޅުވީ އޭނާ އަބަދުވެސް ބިނާކުރަނިވި ފާޑުކިއުންތައް ބަލައިގަންނާނެ ކަމަށެވެ. އަދި ފާޑުކިއުމަކީ ސިޔާސީ ދާއިރާގައި ކުރިއަށް ދިއުމަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ.
"އިޚްލާސްތެރި ކަމާ އެކު، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނިޔަތުގައި ސިޔާސީ ދާއިރާގައި ކުރިއަށް ދާން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނާނެ،" ނަޙުލާ ވިދާޅުވިއެވެ.
ކަމަނާ އަށް ޝުކުރިއްޔާ
މީނާ މީ ދީނީ މީހެއްތަ؟؟ އާލިމް ޝަކޫރަށް ގުޅާލަބަލަ މީނާގެ ހާލު އެނގޭނެ..
ފުއްޓައްޕެއްހެން ހީވަނީ
ކަމާނާ ހަން އަލީނުންތަ
މަލާމާތް ކުރާކަށް ނުވާނެ
ހެޔޮނުވާނެ
ދީނުގަ ބުމަހެދުން މަނާ ކަމަނާތިހުރީ ބުމަ ހަދާފަ. 😂 ތީ ކަމަނާމެންގެ ފެންވަރު
މިފަހަރު ރަގަޅައް ވިކުނީ ކަމައްވާނީ.
ތީ ފިސާރިކަނބަލެކޭ ފާޑުފާޑު އެއްޗެހިކިޔާފަދިމާކުރިމީހުންމިހާރުކީކޭބާކިޔަނީ
ލޯބިކަން...
ސާބަހޭ ނަހުލާ.ނަހުލާ ހާދަ ރީއްޗޭ.ސީރިއަސްލީ އިނގޭ.