ބ. ތުޅާދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ގެއްލިއްޖެއެވެ.

"ވަގުތަށް" ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ތުޅާދޫ ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގެންފައި ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް އާދިލެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޝާހިދާއި އަމިއްލަ ކެންޑިޑޭޓު އަހުމަދު އަނީސްއެވެ.

ތުޅާދޫއަކީ އެމްޑީޕީ އަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ.

ތުޅާދޫ ކައުންސިލްގެ މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކަށް ބަލާއިރު، އެމްޑީޕީ އަށް ހަތަރު ގޮނޑި، މިނިވަން ދެ ގޮނޑި އަދި އެއް ގޮނޑި ކަށަވަރުވެފައެއް ނުވެއެވެ. އެއީ އެމްޑީޕީ އާއި މިނިވަން ކެންޑިޑޭޓެއް ވާދަވެރިވުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާޑު

    ހައްހައްހައްހައްހައްހައް

  2. އާބިގާ

    ތުޅާދޫގައި ބަފާ ކަށަވަރުނުވާ ގޮޑިއެއްވެސް ވަނީތާއެ!

  3. ލޮލް

    ވަރަށް މަޖާ